ކޯވިޑް-19 ގެ މި ނާޒުކު ދަނޑިވަޅުގައި ދިރިއުޅޭ ގޭގެ ކުލި ދެއްކޭނެ ފަދަ މާލީ ތަނަވަސްކަން ނެތް މީހުން އެ މީހުން ދިރިއުޅޭ ތަނުން ނެރޭނަމަ އެކަން ރިޕޯޓު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެދިއްޖެއެވެ.
އެޗްއާރުސީއެމުން މިގޮތަށް އެދިފައި މިވަނީ، ކުލި ނުދެއްކިގެން ގެއިން ނެރެލި ދެ ކުއްޖަކަށް ސަރުކާރުން ވަގުތީ ހިޔާވަހިކަންދީ ބަލަހައްޓަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެފައިވަނިކޮށެވެ. މިނިސްޓަރ މިއަދު ވިދާޅުވެފައިވަނީ 80 އަށް ވުރެ ގިނަ މީހުންނަށް އެ މިނިސްޓްރީން ބޯހިޔާވަހިކަން ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.
އޭގެ އިތުރުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވެސް ވިދާޅުވީ ކުލި ނުދެއްކިގެން ކުއްޔަށް އުޅޭ ތަނުން ނެރޭކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ.
އެޗްއާރުސީއެމުން މިއަދު ކުރި ޓުވީޓެއްގައި ވަނީ ކުލި ދެއްކޭނެ ފަދަ މާލީ ތަނަވަސްކަން ނެތް މީހުންނަށް އެހީތެރިކަންދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތަށް އިލްތިމާސް ކޮށްފައެވެ.
އަދި އެފަދަ މައްސަލަތައް އެ ކޮމިޝަނަށް ރިޕޯޓް ކުރުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު