އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހައިޑްރޮކްސިކްލޮރޮކުއިންގެ ފަންސާސް ހާސް ޔުނިޓް، ހިލޭ އެހީގެ ގޮތުގައި ހަދިޔާކޮށްފި ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ، މި ބޭހަކީ ކޯވިޑް-19 އާއި އެނޫންވެސް ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރެވޭ ބޭހެެއް ކަމަށެވެ.

މި ބޭސް ރާއްޖެއަށް ގެނެސްފައިވަނީ މިރޭ އިންޑިއާގެ ޗެންނާއީ އިން އައި ޤައުމީ އެއަރލައިން މޯލްޑިވިއަންގެ މަތިންދާބޯޓުގައެވެ.

އިންޑިއާގައި ކޮންޓްރޯލްކޮށްފައިވާ މިބޭސް ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ދެޤައުމުގެ މެދުގައި އޮންނަ ގާތްގުޅުމުގެ ރަމްޒެއްގެ ގޮތުން ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ޚާރިޖީ ވުޒާރާއިން ވަނީ، މިފަދަ ދަނޑިވަޅެއްގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް މިފޯރުކޮށްދިން އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށާއި އިންޑިއާ ސަރުކާރަށް ދިވެހި ރައްޔިތުންގެ ނަމުގައި ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން