ރައްޔިތުންގެ މަޖިިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
މި ޖީލުގެ ކާމިޔާބާއި، ހަލާކު ބިނާވާނީ މިއަދު މަޖިލީހުގައި ބަހުސްކުރެވޭ މައްސަލައިގައި މެމްބަރުން ނިންމަވާ ގޮތެއްގެ މައްޗަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މަޖިލީހުގައި މިއަދު ކުރިއަށް ދަނީ، އެމްއެމްއޭއިން ދައުލަތަށް އިތުރަށް ފައިސާ ނެގުމުގެ ހުއްދަ ދިނުމަށްޓަކައި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން ފަސް ކުރުމަށް ކުރެވޭ ބަހުސެވެ.

"މި ބަހުސަކީ، ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އަންނަ އެންމެ މުހިއްމު އެއް ބަހުސް. މިއަދުގެ ބަހުސްގެ ހަގީގީ ޔައުމިއްޔާ ވެގެންދާނީ އަޅުގަނޑުމެންގެ ޖީލުގެ ކާމިޔާބަށް ނުވަތަ ހަލާކަށް." ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ދަޢުލަތުގެ މާލީ ވަޒީރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައިވަނޯ ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. އަށް އަމަލުކުރުން އެއް އަހަރު ދުވަހަށް މަޑުޖައްސައިލުމުގެ ހުއްދައަކަށެވެ.

"ގާނޫނު ނަމްބަރު 7/2013 ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ފިސްކަލް ހަމަތަކަކީ އެއަށް މި މިނިސްޓްރީން އަމަލުކުރުން ލާޒިމު ހަމަތަކެއް ނަމަވެސް މިވަގުތު ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސް، ކޯވިޑް-19 ގެ ސަބަބުން ގައުމުގެ އިގުތިސާދީ އަދި މާލީ ހާލަތަށް ދިމާވެފައިވާ ގޮންޖެހުންތަކާ އެކު މިގާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބައެއް ފިސްކަލް ހަމަތަކާ އެއްގޮތަށް އަމަލުކުރުމަކީ އިގުތިސާދީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ،" މާލީ ވުޒާރާއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައި ވެއެވެ.

މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، ދަޢުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ހުރި ބައެއް ކަންތައްތަކަށް ޢަމަލު ކުރުމަކީ މި ދަނޑިވަޅުގައި ކުރެވޭނެ ކަމެއް ނޫން ކަމަށް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން