ޞާދިރު ޢަލީދީދީ   10 ފެބްރުއަރީ 2021 - 14:39
ވޭނީކަރުނަ
ވޭނީކަރުނަ
44 ވަނަ ބައި

..................

[ބޭޖީއެވެ. ރާނީ ބުންޏެވެ. [މިފެންނަ ރީތިކުލަތައް އެކުލެވިފައިވާ ބާޒާރަށް ހަދާނީ ކިހިނެތްތޯއެވެ. [އެތަން ދެކެފައި ހަމަ ހިތްތެޅެނީއެވެ. ހިތް ދަހިވަނީއެވެ.....]

[އެންމެ ފުރަތަމަ ތިމާގެ ހިތްރުއްސާށެވެ.] މަންމަ ލޯބިން ބުންޏެވެ. [ފިރިމީހާގެ މިންނެތް މަސައްކަތުން ލިބޭ ލާރިކޮޅުން ކޮންމަވެސް މަސައްކަތެއް ފަށާށެވެ.] އެކަމަކު މިތާނގައި މަސްދުވަހަށް ކިހާ ޚަރަދެއް ހިގާތޯއެވެ.] ފަރީހާ ޝައިޚު ބުންޏެވެ.] ވީއިރު އެއިންބާކީ ކުރެވޭނީ ކިހިނެތްތޯއެވެ.

[އަދި ހަމަކޮންމެ މަހަކު ފޮތީގެ ފެޝަންތައް ބަދަލުވެއެވެ. [ފަރީހާ ޝައިޚު ބުންޏެވެ.] ވީއިރު އެއިން ބާކީ ކުރެވޭނީ ކިހިނެތްތޯއެވެ.

[އަދި ހަމަކޮންމެ މަހަކު ފޮތީގެ ފެޝަންތައް ބަދަލުވެއެވެ.] ގުލްނާރު ޒައިދީ ބުންޏެވެ.

އެހެން ނަމަވެސް ވިސްނާލައިގެން ލިބޭ ލާރިކޮޅު ބައިބަޔަށް ބަހާލައިގެން ކަންތައްތައް ހަމަ ޖައްސާށެވެ. ކަލޭމެން މިކޮލޮނީގެ ހުރިހާ އަންހެނުން އެއްބައިވެގެން ކޮންމެ މަހަކުވެސް ކޮންމެވެސްވަރެއް ބާކީކޮށްގެން އަވަށުގެ ފަގީރު މީހަކަށް އެހީވެދިނުން ކީއްހެއްޔެވެ.] [މިވާހަކައަށް ދޭނެ އެއްވެސް ޖަވާބެއް އެއްވެސް މީހަކު ކިބައަކު ނުވެއެވެ.

ރަމްލާ ތަށިތައް ގެންގޮސްލާފައި އައިސް އިށީނދެއްޖެއެވެ.

[މިހާރު ވަރަށް ލަސްވެސް ވެއްޖެއެވެ.] ދީނާ މުނީރު ބުންޏެވެ. [ބޭޖީގެ ވާހަކައިގާ ޖެހިއްޖިއްޔާ ވަގުތު ދާނުދާ ގޮތެއްވެސް ނޭގެއެވެ. ކަލޭމެން ތިތިބީ ދެން ނުދާން ކަމުގައި ހެއްޔެވެ.]

އޭނާގެ ވާހަކަ މުޅިން ފުރިހަމަ ނުކުރެވެނީސް ކުރިމަތިން މުޢާޒު ދައްކާލައިފިއެވެ. އޭނާ ކައިރިއަށް އައިސް އެންމެންނާ ސަލާންކުރިއެވެ. ދެން އިސް އޮބާލައިގެންހުރެ ގޭތެރެއަށް ވަދެއްޖެއެވެ.

އެންމެން ތެދުވެގެން ދިއުމުން ރަމްލާވެސް ތެދުވެއްޖެއެވެ. ދެން ޚުދާ ހާފިޒް ބުނެފައި ރަމްލާވެސް މުޢާޒު ފަހަތުން ކޮޓަރިއަށް އަތުވެއްޖެއެވެ.

މުޢާޒު ޓައީގެ ގޮށް ދޫކޮށްލިއެވެ. ކޯޓްބޭލިއެވެ. ދެން ވަރުބަލިވެފައިވާ ގޮތަކަށް ސޯފާގައި އިށީނދެއްޖެއެވެ.

[ސައި ގެންނަންތޯއެވެ؟ ރަމްލާ އަހާލިއެވެ.

[ސައި ހަދާފައި ހުރިއްޔާ ގެންނާށެވެ.]

ބަދިގޭގައި ސައިހަދާފައި ހުއްޓެވެ. ރަމްލާ ހޫނު ސައިތައްޓެއް ހަދައިގެން އަތުވެއްޖެއެވެ. ސައިތަށި ހިފައިގެންގޮސް މުޢާޒުގެ އަތަށް ދިނުމާއެކު އޭނާގެ މޫނަށް ބަލާލާފައި މުޢާޒު ބުންޏެވެ.

[ރަމްލާގެ މެހްމާނުން އަންނަނީ ކޮންއިރަކު ހެއްޔެވެ.]

ރަމްލާގެ ހިތް ފީނައިގަތެވެ. އަޑި ނޭގޭ ކަނޑެއްގެ ތެރެއަށެވެ. ދެން އަނެއްކާވެސް މައްޗަށް އެރިއެވެ. އޭނާގައިގެ ކުލަވެސް ފަނޑުވެގެން ދިޔަކަމުގައި އިޙްސާސް ކުރެވުނެވެ. މުޢާޒު އޭނާގެ ހިތުގެ ސިއްރު އަތުލައިގަތް ކަހަލައެވެ. އޭނާ ތުންފަތުގައި ދޫކާއްތާލަމުން ބުންޏެވެ.

[ހައެއް ޖަހާއިރުއެވެ...........]

ޖައްޔިދާއަކީ އޭނާގެ ކުޑައިރުގެ ރަޙްމަތްތެރިއެއް ކަމުގައި މުޢާޒު ގާތުގައި ބުނީ އިއްޔެގައެވެ. އަދި އޭނާގެ ފިރިމީހާ މުޢާޒުއާއި ބައްދަލުކުރުމަށް އަންނާނެކަމާ އެވަގުތަށް އޭނާ ގޭގައި ހުރުމަށް އޮތީ ބުނެފައެވެ...... މުޢާޒު ހީލާފައި އޭނާގެ ލޮލަށް ބަލާލަމުން ބުންޏެވެ.

[އަހަރެން ވަގުތަށް ހާޒިރު ވެއްޖައީމެވެ.......... އަދި އެޖެހީ ފަހެކެވެ.

[ލައްބައެވެ.] ރަމްލާ މަޑުމަޑުން ބުންޏެވެ.

[ނިކަން ދެކެބަލާށެވެ. އަހަންނަކީ ކިހާ އަދަބުވެރި ފިރިއެއް ހެއްޔެވެ؟]

[ލައްބައެވެ.] ރަމްލާ ހަމަ އެރާގުގައި ބުންޏެވެ. އެއާއެކު މުޢާޒު ބާރަށް ހީނގަތެވެ. ދެންކޮޅަށް ތެދުވެއްޖެއެވެ. އަދި ތަންކޮޅެއް ކައިރިއަށް ޖެހިލާފައި ބުންޏެވެ.

[ތިޔަވަރަށް ސިހެނީ ކީއްވެގެން ހެއްޔެވެ........ ރަމްލާއަށް އެއްވެސް ގެއްލުމެއް ދޭކަށް އަހަރެން ގަސްދެއް ނުކުރަމެވެ.] އޭނާ ރަމްލާގެ ކޮލުގައި އިނގިލި ޖައްސާލަމުން ބުންޏެވެ. އެއާއެކު ރަމްލާ ބިރުގެންފައި ފަހަތަށް ޖެހިލައިފިއެވެ.... މުޢާޒު މޯޅިއަކަށް ދެމިލާފައި ބުންޏެވެ.

[އަހަރެންގެ ގަމީހާއި ޝަލްވާރު ނަގާބަލާށެވެ. ފެންވަރާ ލައިގެން ހެދުން ބަދަލު ކޮށްލާނަމެވެ. ރަމްލާގެ ރަޙްމަތްތެރިޔާ އަންނަންވާއިރަށް ރީތިވެލަންވާނެ ނޫން ހެއްޔެވެ؟]

ގަމީހާއެކު ޝަލްވާރު ނުލާށޭ އޭނާ ގާތުގައި ނުބެފާނަމޭ ރަމްލާގެ ހިތައް އެރިއެވެ. ދެންވެސް ތަންކޮޅެއް ރީތިވާނީ ކޯޓުގައި ހުރުމުންނެވެ. އެކަމަކު ޝަލްވާރާއި ގަމީހުގައި ހުންނައިރު ހީވާނީ ފައްކާ ޖަނަވާރެއް ހެންނެވެ. ނަމަވެސް އޭނާ އެއްވެސް އެއްޗެއް ނުބުނެއެވެ. މުޢާޒު ފެންވަރަން ވަނުމާއެކު ހެދުންނަގާ އެނދުމަތީގައި ބޭއްވިއެވެ.

މުޢާޒު ފެންވަރައިގެން އައިސް ހެދުން އަޅާލައިފިއެވެ. ދެން ލޯގަނޑުގެ ކައިރިއަށްގޮސް ބޯ އޮމާންކުރަން ފަށައިފިއެވެ. އޭނާގެ އިސްތަށިގަނޑުން ވިއްސައިގެންދާ ފެންތިކިތަކަށް ބަލަހައްޓައިގެން ރަމްލާ ހުއްޓެވެ. ކުއްލިއަކަށް މުޢާޒު އެނބުރިލާފައި ރަމްލާގެ ވީރާނާވެފައިވާ ދެލޮލަށް ބަލާލަމުން ބުންޏެވެ.

[އަނެއްކާ ރަމްލާގެ ރަޙްމަތްތެރިޔާ އަހަރެން ދެކެފައި މިއީ ހާދަ ސިފަހުތުރު މީހެކޭ ނުބުނާނެ ބާވައެވެ. އެހެންވެގެން އަހަރެން މިއުޅެނީ ކުޑަކޮށް މޭކަޕްވެސް ކޮށްލަން ކަމަށެވެ.]

ރަމްލާ އިސްދަށަށް ޖަހާލިއެވެ. އޭނާގެ ލޯ ހުރިހާސިއްރެއް މުޢާޒަށް ކިޔައިދިނީ ނޫންކަމެއް ނޭނގެއެވެ. ނުވަތަ މިއީ މުޢާޒު ކޮށްލި ސަމާސާއެކެވެ.

ރަމްލާ އެތަން މިތަނުން އެކި އެއްޗެހި ހިފައިގެން ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ. އޭރު މަޢޫޒުވެސް ހޭލައިފިއެވެ. އޭނާ އެނދުގައި ކުކުރާލަ ކުކުރާލަ އޮތެވެ. މައިދައިތަ ވީ ޢަޞްރު ނަމާދަށް ގޮހެވެ.

ރަމްލާ މަޢޫޒު އުރައިގެން ކޮޓަރިއަށް އަތުވެއްޖެއެވެ. މުޢާޒު އެނބުރިލާފައި ބަލާލުމާއެކު އޭނާގެ ކަޅުމޫނު އަލިވެގެން ހިނގައްޖެއެވެ. ލޮލުގައި ލޯބީގެ ބައްތިތައް ދިއްލިގެން ދިޔައެވެ. އޭނާ ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށް ރަމްލާގެ އަތުން މުޢޫޒު އަތުލައިފިއެވެ. އޭނާ ހަމަ އުރާލުމާއެކު މަޢޫޒު ބާރަށް ރޯން ފަށައިފިއެވެ.

[އަސްތާއެވެ. ދަރިފުޅުވެސް އަމިއްލަ ބައްޕަދެކެ ބިރުގަންނަނީ ހެއްޔެވެ؟]

މުޢާޒު އެހެން ބުނެލިގޮތުން ރަމްލާގެ ހަށިގަނޑުގައި ވާހާ ލެއެއް މޫނު މައްޗަށް ޖަމާވި ކަހަލައެވެ. މިވަނީ ކީއްކަމެއް އޭނާއަކަށް އެއްގޮތަކަށްވެސް ނޭގުނެވެ. އެއީ އޭނާ ލޯބިން ބުނި އެއްޗެއް ކަމުގައިވެސް ވެދާނެއެވެ. އެހެންނޫނީ އޭނާގެ މަޤްޞަދަކަށްވަނީ ރަމްލާގެ ހިތުގައިވާ އެއްޗެއް އޮޅުން ފިލުވުމެވެ.

[މީނާ ހީސްލަވަނީއެވެ. އެހާވަރަކަށް އެރޮނީ އެހެންވެގެންނެވެ.]

ހަމަ އެވަގުތު ގޭގާއުޅޭ އަންހެން ނޯކަރަކު އައިސް ބުންޏެވެ.

[ރަމްލާގެ މެހްމާނުން ދުރުވެ އެބަ ތިއްބެވިއެވެ.]

ރަމްލާގެ ހިތް ޑަންޑަންލާފައި ތެޅިގަތެވެ. މިކުރިމަތިވީ ވަރަށްބޮޑަށް ހާސްވާން ޖެހޭފަދަ ކަމެކެވެ. އެމީހުން ބަރާބަރު ގަޑިއަށް އައީއެވެ. ރަމްލާ މުޢާޒުއާއި ދިމާއަށް ބަލާލަމުން އާދޭހުގެ ރާގެއްގައި ބުންޏެވެ.

މުޢާޒު އެމީހުންގެ ގާތަށް ދުރުވެ ދެއްވަންވީ ނޫންތޯއެވެ. އަޅުގަނޑު މަޢޫޒުގެ ނެޕީ ބަދަލުކޮށްލައިގެން މިދަނީއެވެ.

ޙަޤީޤަތުގައި އޭނާ މުޢާޒުއާއެކު ދިއުމަށް ހިތްނޭދުނީއެވެ. އަދި އަމިއްލަ އަނގައިން އަމިއްލަ ފިރިމީހާގެ ތަޢާރަފް ކޮށްދޭން ބޭނުން ނުވަނީއެވެ.

މުޢާޒު ބޭރަށް ނުކުމެއްޖެއެވެ. އެއާއެކު ރަމްލާ ފިނިނޭވާއެއް ދޫކޮށްލިއެވެ. ދެން މަޢޫޒު ގޮވައިގެން ފާޚާނާއަށް ވަދެއްޖެއެވެ.

ރަމްލާއަށް އެތަނަށް ދެވުނުއިރު ތަޢާރަފްގެ މަރްޙަލާ ކަޑައްތު ކުރެވިއްޖެއެވެ. އާދައިގެ މަތިން މުޢާޒު ވަރަށް މަޖާވެފައި ވާހަކަ ދައްކަމުން ދިޔައެވެ. ޖައްޔިދާ ވަރަށް ޙައިރާން ކަމާއެކު އޭނާގެ މޫނަށް ބަލަންއިނެވެ. އަދި ޔާދިރު އޭނާގެ އާދައިގެ މަތިން ސުއްޓާގެ އަވާގައި ޖެހިފައި އިނެވެ. އޭނާގެ ވަށައިގެން އެނބުރެމުންދަނީ ސުއްޓާގެ ދުންތަކެވެ. އޭނާ މުޢާޒުގެ ވާހަކަ ވަރަށް ފަރުވާތެރި ކަމާއިއެކު ކަނުލާ އަޑުއަހަން އިންކަން ދޭހަވެއެވެ. ރަމްލާ އެތަނަށް ދިއުމާއިއެކު މުޢާޒާއި ޔާދިރު އެއްފަހަރާ ކަހަލަ ގޮތަކަށް ކޮޅަށް ތެދުވެއްޖެއެވެ. އޭނާ އެދެމީހުންނަށް ބަލާލާފައި ސަލާންކުރިއެވެ. ދެން ކުއްލިއަކަށް ގޮނޑީގައި އިށީނދެއްޖެއެވެ.

[ރަމްލާގެ ފިރިމީހާއަކީ ވަރަށް މަޖާމީހެކެވެ.] ރަމްލާ އިށީނުމާއިއެކު ޖައްޔިދާ ބުންޏެވެ. އޭނާގެ އަޑުގައި އެއްވެސް ކަހަލަ ތަފާތެއްނެތެވެ. އެކަމަކު މޫނުމަތީގައިވާ މަލާމާތުގެ އަސަރު ރަމްލާއަށް ރަނގަޅަށް އިޙްސާސް ކުރެވެއެވެ. ރަމްލާ އިރުކޮޅަކު ވާހަކަ ދައްކަން އިނދެލާފައި ސައި ހެދުމުގެ ބަހަނާއާއިއެކު ބޭރަށް ނުކުމެއްޖެއެވެ.

ސައިހެދުމާ ގެންދިއުމާދެމެދު އޭނާ ވަގުތުކޮޅެއް ހޭދަކުރިއެވެ. އޭނާ ގަސްތުގައި ޔާދިރާއި ދިމާއަކަށް ނުބަލައެވެ. އެއީ ފަހަރެއްގާ ދެމީހުންގެ ނަޒަރު މަގުއޮޅުވާލަ ފާނެތީއެވެ. އެކަމަކު މިއަދު ޔާދިރުވެސް އިނީ ވަރަށްބޮޑަށް މައިތިރި ވެފައެވެ. އިސްދަށަށް ޖަހައިގެންނެވެ. ބައެއް ފަހަރަށް އޭނާ މުޢާޒަށް ބަލާލައެވެ. ދެން އަނެއްކާވެސް އިސް ދަށަށް ޖަހާލައެވެ. އެހެންނަމަވެސް ޖައްޔިދާ އަނގަ ހަލުއިކަމުން ހީވަނީ ތެއްޔަކަށް ފޯއް ގުނާހެންނެވެ.

ރަމްލާ ކަންބޮޑުވެފައި ބޭރަށް ނުކުމެއްޖެއެވެ. ދެން މައިދައިތަ ގާތުގައި ބުންޏެވެ.

[މަންމާއެވެ. އެތެރެއަކަށް ނުދުރުވަމުތޯއެވެ؟]

[އައީ ކާކު ހެއްޔެވެ؟] މަންމަ ބުންޏެވެ.

[އަޅުގަނޑުގެ ރަށްޓެހި ކުއްޖަކާ އޭނާގެ ފިރިމީހާއެވެ.]

[އެހާގާތް ބައެއް ކަމަށްވަންޏާ އަހަރެންވެސް މިދަނީއެވެ.] މައިދައިތަގެ މިއާދަ ރަމްލާއަށް ވަރަށް ކަމުދިޔައެވެ. ފަހަރެއްގައިވެސް އެއްވެސް ކަމަކާ އިންކާރެއް ނުކުރެއެވެ.

[މަންމަވެސް އަވަހަށް ހިންގަވާށެވެ.] ރަމްލާ ކުރިޔަށް ޖެހިލާފައި މަޢޫޒު އުރަންވެގެން އުޅެނިކޮށް މައިދައިތަ ބުންޏެވެ.

[ބައިންދާށެވެ. އަހަރެން ގޮވައިގެން ހިނގައިދާނަމެވެ.]

މިއަދު ރަމްލާ ނިވާފަތްގަޑެއް ހޯދަންވެގެން މިއުޅެނީ ކީއްވެގެން ކަމެއް އެއްގޮތަކަށްވެސް ނޭގެއެވެ.

މައިދައިތަގެ ފަހަތުގައި ހުރެގެން ރަމްލާ އެތެރެއަށް ވަނުމާއިއެކު ޖައްޔިދާ އެއިން ގޮތަށް އިނދެ ސަލާންކުރިއެވެ. އެހެން ނަމަވެސް ޔާދިރު އަނެއްކާވެސް ކޮޅަށް ތެދުވިއެވެ.

[މީ......] ރަމްލާ އަޅައަޅައި ގަންނަމުން ބުންޏެވެ. [މިއީ އަޅު...... އަޅުގަނޑުގެ މައި......... މިއީ] މުޢާޒުގެ މަންމައެވެ.] އޭނާ މައިދައިތައޭ ބުނަން އުޅެފާ ހުއްޓާލީއެވެ. އެއީ އެއްގޮތަކަށްވެސް މައިދައިތައެއް ނޫނެވެ. މަންމައެކެވެ.

މަންމަ އިށީނުމާއެކު ގޭތެރޭގެ އެކިކަންތައްތަކާ ބެހޭގޮތުން ވާހަކަ އަޅުވާލިއެވެ. އަދި މިކަމުން ރަމްލާއަށް ހިތްހަމަ ޖެހުމެއް ލިބުނެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން