45 ވަނަ ބައި
..................
މައިދައިތަގެ ފަހަތުގައި ހުރެގެން ރަމްލާ އެތެރެއަށް ވަނުމާއިއެކު ޖައްޔިދާ އެއިން ގޮތަށް އިނދެ ސަލާންކުރިއެވެ. އެހެން ނަމަވެސް ޔާދިރު އަނެއްކާވެސް ކޮޅަށް ތެދުވިއެވެ.
[މީ......] ރަމްލާ އަޅައަޅައި ގަންނަމުން ބުންޏެވެ. [މިއީ އަޅު...... އަޅުގަނޑުގެ މައި......... މިއީ] މުޢާޒުގެ މަންމައެވެ.] އޭނާ މައިދައިތައޭ ބުނަން އުޅެފާ ހުއްޓާލީއެވެ. އެއީ އެއްގޮތަކަށްވެސް މައިދައިތައެއް ނޫނެވެ. މަންމައެކެވެ. މަންމަ އިށީނުމާއެކު ގޭތެރޭގެ އެކިކަންތައްތަކާ ބެހޭގޮތުން ވާހަކަ އަޅުވާލިއެވެ. އަދި މިކަމުން ރަމްލާއަށް ހިތްހަމަ ޖެހުމެއް ލިބުނެވެ.
ޔާދިރުއާއި މުޢާޒު އެއްފަރާތަށް ޖެހިލާފައި ވާހަކަ ދައްކަން ފަށައިފިއެވެ. އަނެއްކޮޅުން ރަމްލާއާއި މަންމަ އަދި ޖައްޔިދާ ވާހަކަ ފަށައިފިއެވެ.
[ކަލޭމެންގެ ކައިވަންޏަށް ކިހާ ދުވަހެއްވެއްޖެ ހެއްޔެވެ.] މަންމަ ސުވާލު ކުރިއެވެ.
[ހަތްއަހަރު ވެއްޖެއެވެ............] ޖައްޔިދާ ބުންޏެވެ.
[ކިތައް ކުދިން އެބަ ތިބި ހެއްޔެވެ؟]
[އަދި އެއްވެސް ދަރިއަކު ނުލިބެއެވެ.] ޖައްޔިދާ އިސްދަށަށް ޖަހާލަމުން ހިތާމަވެރި ރާގެއްގައި ބުންޏެވެ.
[ކުއްޖަކު ނުލިބެނީ ހެއްޔެވެ؟ ނޫނީ ހޯދަން ބޭނުން ނުވަނީ ހެއްޔެވެ.] މައިދައިތަ ބުންޏެވެ.
ޖައްޔިދާ އިސްއުފުލާ ބަލާލިއެވެ. ދެން ފިނި ނޭވާއެއްލާފައި ބުންޏެވެ. [މިހާރު ދެން އަޅުގަނޑަށް ހީވަނީ ނަސީބުގައި ދަރިއަކު ލިބެންނެތީ ހެންނެވެ.]
[ނަސީބާ ބެހޭގޮތުން އެއްޗެއް ބުނާކަށް ނޭގެއެވެ. އެކަން އެނގޭނީ ހަމައެކަނި ﷲ އަށެވެ.] މައިދައިތަ އޯގާވެރި ކަމާއެކު ބުންޏެވެ. [ފަހަރެއްގައިވެސް ތިޔަކަހަލަ ކަންތަކާމެދު ކުރެވޭ އުއްމީދުތަކަށް ބަދަލުގެންނާކަށް ނުވާނެއެވެ. މިހާރުގެ ޒުވާން ކުދިން އެކަހަލަ ކަންތައްތަކުގައި ގޯސްވެސް ހަދައެވެ. އަދި ފަހުން އެކަމާދެރަވެ ހާސްވާން ޖެހެއެވެ.]
ރަމްލާ ޙައިރާން ކަމާއެކު މައިދައިތަގެ މޫނަށް ބަލާލިއެވެ. އެކަހަލަ ކަންތައްތަކުގެ ސިއްރު އޭނާއަށް އެނގޭނީ ކިހިނެތް ހެއްޔެވެ؟
ޖައްޔިދާ ހީގެންފިއެވެ. ދެން ބުންޏެވެ.
[ތިޔައީ ވަރަށް މާތް އިސްނާކެވެ..... ހެޔޮލަފާ ރަނގަޅު މީހެކެވެ..... ދައްތައަށް ހުރިހާކަމެއް އެގިލައްވައެވެ. ދައްތައަށް ސިއްރުކުރަންވީ ކީއްކުރަންތޯއެވެ....؟ އެކަހަލަ ގޯހެއް ހެދުނީއެވެ..... އެކަމަކު މިހާރު.... ދެން މުޅި ޢުމުރުގައި އެކަމުގެ ހިތާމަ ކުރަންވީއެވެ.] މިހެން ބުނުމާއެކު ޖައްޔިދާގެ ލޮލަށް ކަރުނަ އަތުވެއްޖެއެވެ. މަންމަ ކުރިޔަށް ޖެހިލާފައި އޭނާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.
[އިރާދަ ކުރެއްވިއްޔާ ކޮއްކޮއަށް ދަރިއަކު ލިބިދާނެއެވެ. ފަހަރެއްގައިވެސް އިންސާނުންނަކީ، އެއްވެސް ކަމަކާ އުއްމީދު ކަނޑާލަންވީ ބައެއްނޫނެވެ. އެކަހަލަ މީހުންނާމެދު މާތް ރަސްކަލާނގެ ރުހިވޮޑިގެނެއް ނުވާނެއެވެ. ބޭސް ފަރުވާއާއެކު ދުޢާވެސް ކުރާށެވެ. ފަސްވަގުތު ހަމައަށް ނަމާދު ކުރާށެވެ.]
ޖައްޔިދާ އިސްދަށަށް ޖަހާލިއެވެ. އޭނާ ފިކުރު ބޮޑުވެއްޖެއެވެ. އޭނާ ނަމާދު ނުކުރާތާ ވީދުވަހެއް އޭނާއަކަށްވެސް ނޭގެއެވެ. ކަލާނގެ ރަސްކަންފުޅު ހަނދާނަކަށް ނުގެނެއެވެ. ޔާދިރާއި އެކުގައި އުޅެއުޅެ އޭނާއަށް މިވީ ކިހިނެއް ކަމެއްވެސް ނޭގެއެވެ. އޭނާ ފަހަރެއްގައިވެސް އަމިއްލަ ޙާލަތާމެދު ވިސްނާފައެއް ނެތެވެ.
ދިއްލާފައިހުރި ހޮޅިބުރި ފެނުމުން މަޢޫޒު އަޑުލައްވަން ފަށައިފެއެވެ. މިހާރު ގާތްގަނޑަކަށް ދެމަސް ވެއްޖެއެވެ. މިހާރު އޭނާއަށް ރަނގަޅަށް ފެނެއެވެ. ރަމްލާ މިގެއަށް އައިފަހުން މަޢޫޒުގެ ހުރިހާކަމެއް ބަލަހައްޓަނީ މައިދައިތައެވެ. ކާންދެނީ އޭނާއެވެ. ދުވާލަކު އެއްފަހަރު ގިތެލުން މާލިޝްކޮށް ހޫނުފެނުން ފެންވަރުވައެވެ.... ރަމްލާ ހަމަ ހެލިލަ ހެލިލާ ހުންނަނީއެވެ. މަޢޫޒު ރޭގަނޑު ނިންދަވަނީވެސް މައިދައިތަގެ ކޮޓަރީގައެވެ.
ފުރަތަމަ ކޮޅުގައި މުޢާޒު މިކަމާ ދެކޮޅު ހެދިއެވެ. އޭނާ ބުނެއެވެ.
[މަންމާއެވެ. މަންމަ އަބަދުވެސް ތިޔައުޅުއްވަނީ ބަލިވެއެވެ. މިއީ މަންމަ އަރާމުކުރަންވީ ޢުމުރެވެ. ދުވާލު ހަތަރުދަމު ތިޔައުޅުއްވަނީ ގޭތެރޭގެ ކަންތަކުގައެވެ. އަދި މީގެ އިތުރުން މިކުއްޖާފުޅާއެކު ހޭލާ އިންނަންވީ ތޯއެވެ.]
[އެކަމުން ވާނީ ކީއްހެއްޔެވެ؟] ދަރިފުޅު ކުޑައިރު މަންމަ ހޭލާ ނުހުންނަނީ ހެއްޔެވެ؟]
[ތިޔަ ބުނުއްވަނީ މާކުރީގެ ވާހަކައެކެވެ. އެއީ މަންމަގެ ޒުވާން ދުވަސްވަރެވެ. އެހެން ނޫނަސް ހަމަކޮންމެ މައަކު ތިމާގެ ދަރިންގެ ޙައްޤުގައި ހޭލާ އިނދެއެވެ.]
[ދަރިފުޅާއެވެ. ތިޔަ ދައްކަނީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ. މަޢޫޒަކީ އަހަރެންގެ ދަރިއެއް ނޫން ހެއްޔެވެ؟]
[މިއީ މަންމަގެ ދަރިއެއް ނޫނެކޭ އަޅުގަނޑު ނުބުނަމެވެ........] މުޢާޒު ލަދުގަތެވެ.
[ރަމްލާއަކީވެސް އަދި ޅަކުއްޖެކެވެ. ރޭގަނޑު ކުދިންނާއިގެން އުޅެން ޖެހޭނީ ކިހިނެތް ކަމެއްވެސް އޭނާއަށް އެނގޭނީ ކިހިނެތް ހެއްޔެވެ؟ ރޭގައިވެސް އިރުއިރުކޮޅާ ތެދުވެގެން ބުއްޖައްސާ ހެދިއެވެ. އެހެން ހެދުމުން ކުދިންގެ ބަނޑު ސަކަރާތް ވެދާނެއެވެ. ރަނގަޅުގޮތަކީ ރޭގަނޑު ހަތެއް ޖަހާއިރު ބުއްދީފައި ނިންދެވުމެވެ. ދެން އަނެއްކާވެސް ބުއްޖައްސަން ވާނީ ހެދުނު ހަޔެއް ޖަހާއިރުއެވެ. ހަމަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ރޭގަނޑު ހަތަރުދަމު އަހަރެންގެ ކޮނޑުމަތީގައި އޮވެގެން ނިދަން އޭނާއަށް ދަސްކޮށް ދޭނަމެވެ.]
[މަންމާއެވެ.... ބަލިވެ އުޅުއްވަމުންގޮސް ގޯހެއްނުވާނެ ބާވައެވެ.]
[އަހަރެން ބައްޔެއް ނޫނެވެ..... ތިޔަހެން ކިޔާކިޔާ އެންމެފަހުން އަހަރެން ބަލިކުރުވާނެއެވެ.]
[އަޅުގަނޑުމެންގެ ކޮޓަރިވެސް ޒީނަތްތެރި ކުރަން ބޭނުންވާނެ ނޫންތޯއެވެ؟] މުޢާޒު އެންމެފަހުގެ ތީރު ދޫކޮށްލިއެވެ.
[އެހެން ހެއްޔެވެ؟...] މަންމަ ކަޅިއަޅާލިއެވެ. [ކަލޭމެން އަދި އެހެން ކުއްޖަކު ހޯދާށެވެ.]
މަންމަ މިހެން ބުނުމާއެކު މުޢާޒު ބާރަށް ހޭން ފަށައިފިއެވެ. ދެން އެތަނުން ނުކުމެގެން ހިނގައްޖެއެވެ.
މަޢޫޒު އަތްފައި ހަލުވާތަން ފެނިފައި ޖައްޔިދާ ޙައިރާންވެފައި އިން ކަހަލައެވެ.
[އަމެވެ. އުރާލާށެވެ....] މަންމަ އޭނާއާއި ދިމާއަށް މަޢޫޒު ދިއްކޮށްލިއެވެ. [ކުޑަކުދިން އުރާލާއުޅޭށެވެ. އޭރުން ހިތުގައި މައިވަންތަކަމުގެ ލޯބި އުފެދޭނެއެވެ.]
ޖައްޔިދާ ބިރުން ކަހަލަ ގޮތަކަށް އިނދެފައި މަޢޫޒު އުރާލައިފިއެވެ. ދެން އިރުކޮޅަކުން އަނެއްކާވެސް މަންމަގެ އަތަށް މަޢޫޒު ދީފިއެވެ.
[އަސްތާއެވެ. ހާދަމަޑެވެ. އަޅުގަނޑު ބިރުގަނެއެވެ. ރަމްލާއެވެ. މީނާގައިން ހާދަ މީރުވަހެއް އެބަދުވައެވެ. ކޮންމެ ކުއްޖެއްގެ ގައިގާވެސް ހަމަ މިހާވަރަށް މީރުވަސް ދުވާނެ ހެއްޔެވެ.]
[އާއެކެވެ.....] ރަމްލާގެ ބަދަލުގައި މައިދައިތަ ބުންޏެވެ. [ކުޑަކުދިން ކާއެއްޗެހި ނުކާހާ ހިނދަކު އެކުދިންގެ ހަށިގަނޑުން މީރުވަސް ދުވާނެއެވެ.] ކާނާއަކީ ކުޑަކުދިންގެ އަސްލު މީރުވަސް ފޭރިގަންނަން އުޅޭ އެއްޗެކެވެ. ގޮދަނުގެ ބާވަތްތައް އަނގައިގާ ޖައްސަން ފަށާއިރަށް ފާޑުފާޑުގެ އިންސާނީ ބަލިތައް ކުއްޖާއަށް ޖެހެން ފަށައެވެ.]
ޖައްޔިދާއަކަށް މިބުނި އެއްޗެއް ނޭގުނެވެ. އޭނާ ރަމްލާއާއި ދިމާއަށް ބަލާލައި ބުންޏެވެ.
[މިއަދު ރަމްލާ ހީވަނީ މާބޮޑަށް ވަރުބަލިވެފައިވާ ހެންނެވެ. ރޭގައި ހޭލާ ހުރިދޯއެވެ.]
[ނޫނެކެވެ....] ރަމްލާ އޭނާގެ ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން ބުންޏެވެ.] މަޢޫޒު ނިންދަވަނީ މަންމަގެ ކޮޓަރީގައެވެ.]
[ތެދެއް ހެއްޔެވެ؟] ޖައްޔިދާ ޙައިރާން ކަމާއިއެކު ލޯބޮޑު ކޮށްލަމުން ސުވާލުކުރިއެވެ. [ރަމްލާގެ މައިދައިތަ ކިހާ ރަނގަޅު ހެއްޔެވެ. އަހަރެންގެވެސް މިކަހަލަ މަންމައެއް އިންނަނަމަ ޔާދިރާމެދު އެއްވެސް ފަރުވާލެއް ނުބަހައްޓާނަމެވެ.]
ރަމްލާއާއި މަންމަ ހީނގަތެވެ.
[ޑާރލިންގއެވެ.] ކުއްލިއަކަށް ޔާދިރުގެ އަޑުއައެވެ.
[އަށެއް ޖަހާއިރަށް ކާންދާންވެފާ އެބައޮތް ނޫން ހެއްޔެވެ؟]
[ލައްބައެވެ. އަދި މިހިރީ އަޅުގަނޑު ހަނދާން ނެތިފައެވެ.....] ޖައްޔިދާ ކޮޅަށް ތެދުވެއްޖެއެވެ.
[ރަމޫއެވެ. ދެން އަހަރެމެން ދިޔަދޭށެވެ. މުޢާޒު ގޮވައިގެން ރަމޫ އަހަރެމެންގެ ގެއަށް ދާންވާނެއެވެ.]
[ރަމްލާވެސް ކޮޅަށް ތެދުވެއްޖެއެވެ. އެއާއެކު މުޢާޒާއި ޔާދިރުވެސް ކޮޅަށް ތެދުވެއްޖެއެވެ. ވަކިވުމުގެ ވާހަކަކޮޅު ދެކެވެމުން ދިޔައިރު ރަމްލާ ވަގުލޮލަކުން ޔާދިރާއި ދިމާއަށް ބަލާލިއެވެ. އޭނާވެސް އެވަގުތުހުރީ ރަމްލާއާއި ދިމާއަށް ބަލަހައްޓައި ގެންނެވެ. އޭނާގެ ބެލުން ބުނާ ކަހަލައެވެ.
[އަހަރެން ކަލޭގެ ހިތުގެ ރިހުން ދެނެގެންފީމެވެ. ކަލެޔަކީ ކަޅު ރަޖާގަނޑެއްގެ އަސީރަކީމުއެވެ. ތިޔަމަޅިން ސަލާމަތް ކޮށްދިނުމަކީ އަހަންނަށް ކުރެވިދާނެ ކަމެކެވެ.
ރަމްލާގެ ހިތުގައި އަނދަމުންދާ އަލިފާންގަނޑު މިއަދު އަނެއްކާވެސް ނިވިއްޖެއެވެ. އެހިތަކީ ރޯވެ ނިވެމުންދާ އަލިފާންގަނޑެއްގެ ޝިކާރައެކެވެ. އެއީ އޭނާގެ ނަސީބުގައި ލިޔެވިފައިވާ ގޮތެވެ. އެހެން ނަމަވެސް ޖައްޔިދާއާއި ޔާދިރު ދިއުމަށްފަހު، އަނެއްކާވެސް ހިތުގައި ވަސްވާސްތައް އުފެދިގަތެވެ..... މިއަދު އަނެއްކާވެސް ބަންޑުން ވެއްޓިގަނެގެން އޮވެ ރޯންވީ ހެއްޔެވެ؟..... ނުވަތަ މޫނުމަތީގައި ބާލީސްއަޅައިގެން އަނދިރި ހޮހަޅައަށްވަދެ ގެއްލެންވީ ހެއްޔެވެ؟.... އެކަމަކު މިއީވެސް އެކަށީގެން ނުވާކަމެއް ކަމުގައި އޭނާއަށް ފެނުނެވެ.
މަޢޫޒު ވިހޭފަހުން މިގޮތަށް ހޭދަކޮށްލާނެ ވަގުތެއް ރަމްލާއަކަށް ނުލިބެއެވެ.... އަބަދުވެސް ކުދިކުދި ކަންތައް ތަކުގައި އަވަދިނެތި އުޅެއެވެ. ސައްވީސް ގަޑިއިރު މަޢޫޒުއާއިގެން އޮޅުލައެވެ..... ދަރިންނަކީ ރަން ހިލިހިލާގަނޑެކޭ ބުނަނީ އެހެންވެގެންނެވެ.
ބައެއް ފަހަރު، އެކަނިވާނެ ނަމައޭ އޭނާގެ ހިތަށް އަރައެވެ........ ކައިރީގާ އެއްވެސް މީހަކު ނޫޅޭނެނަމައޭ ހިތް ބުނެއެވެ. ބޭނުން އިރެއްވަންދެން މުޅި ދުނިޔެއަށް ސިއްރުން ރޮވިދާނެއެވެ. މިއީ ކޮންކަހަލަ ދުނިޔެއެއް ހެއްޔެވެ. އޭނާ ވިސްނާލިއެވެ. ރޯނެ ވަގުތެއް ނުލިބޭތާގައި ދިރިއުޅުމުގައި ހަމަޖެހުމެއްވެސް ލިބެނީއެއްނޫނެވެ.
ޙަޤީޤަތުގައި ކުއްޖަކު ލިބުނު ފަހުން އޭނާ މުޅި ދުނިޔެދެކެވެސް ފޫހިވެއްޖެއެވެ. ކޮންމެހެން ކުރަންޖެހޭ ކަންތައްތައްވެސް ކުރަނީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު