މިހިނގާ އޭޕްރީލް މަހާއި މެއި މަހުގެ ކަރަންޓު ބިލާއި ފެންބިލު ހިލޭ ކުރަން، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް އިދިކޮޅު މެންބަރަކު ހުށައެޅުއްވުމުން އެ މެންބަރުގެ ނިޔަތާއި މެދު އެމްޑީޕީގެ މެންބަރު މުހައްމަދު ނާޝިޒު ސުވާލު އުފައްދަވައިފިއެވެ.
މިހިނގާ އޭޕްރީލް މަހާއި މެއި މަހުގެ ކަރަންޓު ބިލާއި ފެންބިލު ހިލޭ ކުރަން، ރެކޮމަންޑޭޝަންއެއްގެ ގޮތުގައި ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ރޭ ވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް ހުށަހެޅުމެއް ހުށަހެޅުއްވާފައެވެ. ނަމަވެސް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ވަނީ މި ހުށައެޅުން ފާސްނުކޮށް ފެއިލް ކޮށްލާފައެވެ.
މި ހުށައެޅުމާމެދު ވާހަކަ ދައްކަވަމުން ކިނބިދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އެހެންބައެއް ފަރާތްތަކުންވެސް ބައެއް ރަށްރަށުގައި ކަރަންޓުގެ ހިދުމަތްދޭއިރު، ކަރަންޓްބިލާއި ފެންބިލު މުޅިން ހިލޭ ކުރަން މަޝްވަރާކުރާއިރު، ކޮމެޓީއަށް އެދެވެނީ ކިހާ ހިސާބަކަށްތޯ ވިސްނައިލަން ޖެހޭނެ ކަމަށެވެ.
"ކުރީގެ ސަރުކާރުގައި އާރާއިބާރު ލިބިފައި އޮތްއިރު އެފަދަ ކަމަކަށް މަސައްކަތް ކުރުމެއްނެތި މިދަނޑިވަޅުގައި ސަރުކާރަށް ނުވާނެ ކަންކަން ކަނޑައެޅިގެން އެނގިތިބެ މިފަދަ ދަނޑިވަޅެއްގައި އެފަދަ ކަންކަން ހުށަހެޅުމުން ޝިޔާމުގެ ނިޔަތާމެދު ސުވާލު އުފެދޭ." މެމްބަރު ނާޝިޒް ވިދާޅުވިއެވެ.
ކޯވިޑް-19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން ރައްޔިތުންގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމްތައް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، އެސްއޯއީ ކޮމިޓީން އެކުލަވާލަންޖެހޭ ރިޕޯޓްގައި ހިމަނާ ރެކޮމަންޑޭޝަނެއްގެ ގޮތުގައި ހިމަނަން އެ ހުށަހެޅުން ހުށަހެޅުއްވީ ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމެވެ. އެހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އިސްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހަމީދެވެ.
މި މައްސަލާގައި ވާހަކަދައްކަވަމުން ފޭދޫ ދާއިރާގެ މެންބަރު މުހަައްމަދު ނިހާދު ވިދާޅުވީ، ސަރުކާރާއި ކުންފުނިތަކުން މިހާލަތުގައި ވަކި ސިނާރިއޯއަކަށް ބައްލަވައިގެން ހިދުމަތްތައް ދިނުން ކުރިއަށް ގެންދާއިރު، ސިޔާސީ މަންފާއެއް ނެގުމަށް ފިތުނަ ފަސާދަ އުފެއްދުމަށް ޝިޔާމު ހުށަހެޅުއްވި އެ ހުށަހެޅުއްވުމަށް ތާއީދު ނުކުރައްވާ ކަމަށެވެ.
ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަހީދު ވިދާޅުވީ، ޝިޔާމުގެ އެހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ކަމަށާއި، ނަމަވެސް މިވަގުތު ސަރުކާރުގެ ހާލަތު ދެނެނުގަނެ މިހާލަތުގައި އެކަމަށް ތާއީދު ކުރެއްވެން ނެތް ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން މުޅި ގައުމުގެ އިގްތިސާދު ހުއްޓި ގިނަ ރައްޔިތުންނަށް ލިބެމުންދިޔަ އާމްދަނީ މުޅިން ހުއްޓިފައިވާއިރު މި ހާލަތުގައި ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައި ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ އެހީދޭ އެކި ޖަމާއަތްތަކާއި އިދާރާތަކުން އަންނަނީ ސަރުކާރުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިފަދަ އެހީތައް ދިވެހި ރާއްޖެއަށްވެސް ވަނީ ލިބިފައެވެ.
ބާރަ މެންބަރުން ހިމެނިވަޑައިގަންނަވާ މި ކޮމެޓީގައި އެމްޑީޕީގެ އަށް މެންބަރުން ތިއްބަވައެވެ. ދެން ތިއްބަވަނީ، ޖޭޕީގެ މެމްބަރަކާއި، ޕީއެންސީގެ މެމްބަރަކާއި، ޕީޕީއެމްގެ މެމްބަރެއްގެ އިތުރުން އަމިއްލަ މެންބަރު ތުލުސްދޫ ދާއިރާގެ އިބްރާހިީމް ނަސީމެވެ.

ކިޔުންތެރިންގެ ހިޔާލު