ޑރ. ފައުޗީ
ޑރ. ފައުޗީ
މިއަހަރުގެ ފަހުކޮޅުގައި އަދި އެއްފަހަރު ކޯވިޑް19 ޖައްސާ ވައިރަސް ފެތުރޭނެކަމަށާއި، ދެވަނަ ރާޅަކީ ހުއްޓުވޭނެ އެއްޗެއް ނޫންކަމަށް ބަލިމަޑުކަމާއި ބެހޭ އެމެރިކާގެ އިސް ޑޮކްޓަރެއްކަމަށްވާ ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ.

ސީއެންއެންއަށް ދެއްވި ބަސްދީގަތުމެއްގައި އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިސީޒަސްގެ ޑިރެކްޓަރ ޑރ. ފައުޗީ ވިދާޅުވީ ކޮރޯނާވައިރަސްގެ ދެވަނަ ރާޅެއް މިއަހަރުގެ ފަހުކޮޅު އަދި އަންނާނެ ކަމަށާއި އެއީ ހުއްޓުވޭނެކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް، ވައިރަހާއި ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅުތައް އެހާހިސާބަށް އަންނައިރު އެޅިފައި ވާނަމަ ހާލަތު ރަނގަޅުވާނެކަމުގައި އޭނާ ވިދާޅުވިއެވެ. އެހެން ނޫންނަމަ އަހަރުގެ ފަހު މަސްތައް ހޭދަކުރަން ޖެހޭނީ ވަރަށް ހިތްދަތިކޮށްކަމަށް ޑރ. ފައުޗީ ވިދާޅުވިއެވެ.

ޑރ. ފައުޗީ އިތުރަށް ވިދާޅުވީ އެމެރިކާގެ ސްޓޭޓްތަަށް މާ އަވަހަށް ހުޅުވާލައިފިނަމަ، ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗަށް ހިނގައިދާނެކަމަށާއި، މީގެ މަދު ހަފުތާތަކެއް ކުރިން އޮތް ނުރައްކާތެރި ހާލަތައް އަލުން ވެއްޓިގެން ހިނގައިދާނެކަމަށެވެ. މިހާރު މިސްރާބު ހުރީ ރަނގަޅު ދިމާލަށްކަން ފާހަގަކުރައްވާ ޑރ. ފައުޗީ ވަނީ ސަރުކާރާއި އެކުގައި ސްޓޭޓްތައް މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

މިހާރު އެމެރިކާގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 1 މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު، އެގައުމުން މަރުވި މީހުންގެ އަދަދު އުޅެނީ 61،669 ގައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޙުސޭނު

04-May-2020

ފައުޗީގެ ހިސާބުދިމަލެއްނުވާނެ ފޭކްވާހަކަ ދައްކާމީހެއްއެއީ.


21

ޙަބީބު.

03-May-2020

ރޯނުއެދުރު ނުވެބަލަ ތިހާވަރައް


16

ޅިޔާކު

02-May-2020

ފައުޗީއަކީ ދައްކާވާހަކަ ދިމާނުވާމީހެއް އޭނަ ބުނި އެމެރިކާއިން މިބަލީގައި މަރުވާ މީހުން 60,000 ވެސް ނާރާނޭ. ނޭރިތަ..



ޓްރެންޑިން