އިންޑިއާގެ މަޝްހޫރު ވެޓެރަން އެކްޓަރ ރަންދީރް ކަޕޫރް ކޮވިޑަށް ޕޮޒިޓިވްވެ ހާލުބޮޑުވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ރަންދީރު ކަޕޫރް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއަށްފަހު އޭނާގެ ހާލު ގޯސްވަމުން ދިއުމާއިއެކު ހޮސްޕިޓަލުގައި އެޑްމިޓް ކުރެވި މިހާރު ވަނީ އައިސީޔޫގައި ފަރުވާދޭން ފަށައިފައެވެ.

މިކަން ޔަގީންކޮށްދެމުން ރަންދީރު ވަނީ އޭނާގެ ހާލުބަޔާންކޮށްދިީ އިންޑިއާގެ ބޮމްބޭ ޓައިމްސްއަށް އިންޓަރވިއުއެއްވެސް ދީފައެވެ. މިގޮތުން ކޮކިލާބެން އަމްބާނީ ހޮސްޕިޓަލުގެ އައިސީޔޫގައި ކޮވިޑަށް ފަރުވާ ހޯދަމުން ދާކަމަށާއި، އަދި ހުރިހާ ކަމެއްވެސް ކޮންޓްރޯލް ކުރެވިފައިވާކަމަށް ރަންދީރު ވަނީ ފާހަގަކޮށްފައެވެ.

ރަންދީރް ކަޕޫރަކީ 70 އަދި 80 ގެ އަހަތުތަކުގައި އިންޑިއާގެ ސިނަމާ ތަކުގައި އެންމެ ވިދާލީ އެއްތަރިއެވެ. އުމުރުން 74 އަހަރުގެ ރަންދީރް ކަޕޫރަކީ އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ކަރިޝްމާ ކަޕޫރް އަދި ކަރީނާ ކަޕޫރްގެ ބައްޕައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން