ކާއިނާތުގެ ދީނަކީ މާތް ﷲ އަށް ކިޔަމަންތެރިވުމެވެ. މިތާނގައި ކޮންމެ އެއްޗެއްމެ ހިނގަމުންދަނީ މާތް ﷲ ކަނޑައަޅުއްވާފައިވާ ޤަވާޢީދެއްގެ މަތީންނެވެ. ގަސްތައް ހުންނަނީ ކޮޅަށެވެ. ނަމަވެސް އޭގެ ހިޔާ ބިންމަތީގައި ފަރުރައިލައެވެ. ވައިޖެހެމުންދެއެވެ. ނަމަވެސް އެއްވެސް އެއްޗަކާ ފުށެއްނާރައެވެ. އިރު އޭގެ އަލިކަން ރައްދުކުރެއެވެ. ނަމަވެސް މޮޅުމީހެއް ދެރަމީހެއްގެ ފަރަޤެއް ނުކުރެއެވެ. ވިލާތައް ވާރޭ ވެއްސަވަތެވެ. ނަމަވެސް ގާތް މީހެއް ދުރުމީހެއްގެ ތަފާތެއް ނުކުރެއެވެ. ދޫނި ސޫފާސޫއްޕާއި ފަނިފަކުސަ އެތަކެތީގެ ރިޒުޤު ހޯދުމުގެ މަސައްކަތުގައި މަޝްޣޫލުވެ އުޅެއެވެ. ނަމަވެސް އެއްބަޔަކަށް ލިބެންވާ ބައި އަނެއްބަޔަކު ފޭރިއެއް ނުގަނެއެވެ.
މިއީ ކާއިނާތަށްޓަކައި މާތް ﷲ ކަނޑައަޅުއްވާފައިވާ ދީނެވެ. އިންސާނާވެސް އުޅެންޖެހޭނީ މިގޮތަށެވެ. މާތް ﷲ ގެ ހަޟަރަތުގައި ލޮބުވެތި އަޅުންނަކީ ގަސްގަހާގެހީގެ ހިޔާފަދައިން ތަވާޟުޢުވެރިވެގެން އުޅޭ މީހުންނެވެ. އެހެންމީހުންގެ މެދުގައި އުޅޭއިރު ލުއި ވައިރޯޅިއެއްފަދައިން އެއްވެސް މީހަކަށް އުނދަގުލެއް ބުރައެއް ކުރިމަތިކުރުމެއްނެތި އުޅޭ މީހުންނެވެ. އެމީހެއްގެ ދީލަތިކަމާއި އޯގާތެރިކަން ވާރެއެކޭ އެއްފަދައިން ހަމަ ކޮންމެ މީހަކަށްވެސް ޢާއްމުވެފައިވާ މީހުންނެވެ. ކޯރެއްގެ ފެންގަޑެކޭ އެއްގޮތަށް މީހާގެ ޒާތަށް ބެލުމެއްނެތި އެންމެންގެ އަލާކަނޑުވައިލަދޭ މީހުންނެވެ. އިރުގެ ދޯދިތައް ފަދައިން ކޮންމެ މީހަކަށްމެ އަލި ހަދިޔާކުރާ މީހުންނެވެ. އެމީހެއްގެ ޙަޔާތުގެ މަސައްކަތްތަކުގެތެރޭގައި އުޅޭއިރު އަނެކުންނަށް އެއްވެސްކަހަލަ އުނދަގުލެއް ތުރާލެއް ނުފޯރުވާ މީހުންނެވެ.
ސުވަރުގެއަކީ އިސްވެދެންނެވިފަދަ ޠާހިރު ފުރާނަތަކުގެ އާބާދީއެކެވެ. ސުވަރުގެއަކީ އިންސާނާއަށް އޭނާގެ އަވަށްޓެރީންގެ ފަރާތުން މާމެލާމެލީގެ މީރުވަސްފަދަ އުފާވެރި ސުލޫކުތައް ތަޖުރިބާކުރެވޭ އަޑުރީތި ދޫންޏެއްގެ ގޮވުންފަދަ ފޮނި ބަސްތައް އިވޭ ހިތްގައިމު ތަނެކެވެ. އެތާނގައި އެކަކު އަނެކަކާ ބައްދަލުވުމަކީ ފިނިވައިރޯޅިއެއްގެ ބައްދަލުވުންފަދަ ކަމެކެވެ. އެހެންވީއިރު ސުވަރުގެއަކީ ކިހާ އަޖައިބުކުރުވަނިވި ތަނަކަށް ވާނެތޯއެވެ. ސުވަރުގޭގެ އަވަށްޓެރީންނަކީ ކިހާ އަޖައިބުޖުރުވަނިވި އަވަށްޓެރީންތަކަކަށް ވާނެތޯއެވެ؟
* މިލިޔުމަކީ އަލްޢުސްތާޛް އަބްދު ﷲ ފާރޫޤު ހަސަން ލިޔުއްވާފައިވާ "ސީދާވެގެންވާ ތެދުމަގު" ފޮތުން ނަގާފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު