(ކުރީގެ އަދަދާއި ގުޅޭ)
[ބަޝީރު....މިހުރީ ގީތާ. ދެން މިހުރީ މި މަންޖެގެ ފިރިމީހާ އިޔާދު...] ޝަޒާދާ ފުރަތަމަ ބަޝީރަށް ގީތާއާއި އިޔާދު ތަޢާރަފްކޮށްދިނެވެ.
[ކޮބާ ޒާހިރު....ކީއްވެ ޒާހިރު ނައީ؟] އެންމެން ފައިބައި ނިމުނުއިރުވެސް، ޒާހިރު ނުފެނުމުން، ބަޝީރު އެއްސެވެ. ވަގުތުން އެންމެންގެ މޫޑު ބަދަލުވެއްޖެއެވެ. ގީތާއާއި އިޔާދަށް އިސްޖެހުނީއެވެ. ޒާހިރަށް ކޮންމެވެސް ކަމެއް ވެއްޖެކަން، ޝަޒާދާމެންގެ ޙަރަކާތްތަކުން ބަޝީރަށް އެނގުނެވެ.
[ކިހިނެއްތަވީ؟ ޒާހިރަށް ކަމެއްވީތަ؟] ބަޝީރު އަނެއްކާވެސް އެއްސެވެ. އެއަށްފަހު، އަންނާށޭ ބުނެފައި އޭނާ ހިނގައިގެންފިއެވެ.
[ގެޔަށްދިޔަ މަގުމަތީގައި، ޒާހިރާބެހޭ ހުރިހާ ވާހަކައެއް ޝަޒާދާ ކިޔައިދިނެވެ.
[ފިސާރި ތެދެއް؟ މީހަކު ހީވެސް ނުކުރާނެ، ޒާހިރަކީ އެކަހަލަ މީހަކަށް ވެދާނެޔޭ....ކީއްކުރާނީ...އަހަރެމެން ހީކުރިކަހަލަ މީހަކަށް، ޒާހިރުވެސް ނުވިތާ.] ގެޔަށް ވަންނަމުން ބަޝީރު ބުންޏެވެ. ޙަޤީޤަތުގައި އޭރުވެސް ގީތާ ހުރީ އޭނާގެ އުފަން މަންމަ ދުށުމަށްޓަކައި ކެތްމަދުވެފައެވެ.
[ބަޝީރު....އަހަރެމެން ކޮންމެހެންވެސް މިދަތުރު މިކުރީ، މިދަރިފުޅުގެ އަޞްލު މަންމަ، މި މަންޖެއަށް ދައްކަންދޯ؟ ދަރިފުޅާ...] ޝަޒާދާ ބަޝީރާ ވާހަކަ ދައްކަމުން، ގީތާއަށް ދޯއެއްލިއެވެ. ގީތާ ބޯޖަހާލިއެވެ.
[އަންނަންތަ ޝާރިޔާ ގޮވައިގެން.] ބަޝީރު ބުންޏެވެ. ޝަޒާދާއާއި ގީތާ ބޮލުގެ އިޝާރާތުން އާއެކޭ ބުންޏެވެ. ބަޝީރު ނުކުތެވެ. މާގިނައިރުތަކެއްނުވެ، ޝާރިޔާ ފުރަތަމަ ވިހޭ ދަރިފުޅު، އެރަށަށް އައިސް ހުރި ޚަބަރު މުޅި ރަށަށް ފެތުރި، ރަށުގެ ގިނަބަޔަކު ގީތާ ދުށުމަށްޓަކައި އެގޭދޮށަށް އެއްވާން ފަށައިފިއެވެ. އެހެންކަމުން، ގީތާ ހުރީ ކޮޓަރިން ބޭރަށް ބޯދިއްކޮށްލަންވެސް ނުކެރިފައެވެ. ހީވާކަހަލައެވެ. އޭނާގެ އުނިކަން އިޙްސާސް ކުރެވި، އޭނާ ލަދުގަންނަނީއެވެ.
[އެ އެންމެން ކީއްވެތަ، އަހަރެން ދުށުމަށް މިގޭދޮށަށް އެއްވަނީ....އަދި ކިރިޔާ، އަހަރެންގެ ނިކަމެތިކަން އަހަންނަށް އިޙްސާސް ކުރެވެނީ....] ގީތާގެ ލޮލުން ކަރުނަ ހިލުނެވެ.
[ގީތު...ގީތުއަކީ ނިކަމެއްޗެކޭ ހީނުކޮށްބަލަ...ނިކަމެތިވެގެން ގީތުއަށް ނުލިބެނީ ކޮން އުފަލެއްތަ؟] އިޔާދު ގީތާއަށް ވިސްނައިދީ ހިތްވަރު ދިނެވެ.
[ގީތު އަމިއްލައަށް އެދިގެން މިރަށަށް މިއައީ. ކީއްވެތަ ގީތު ދެރަވާންވީ؟] އިޔާދު ގީތާގެ ބޮލުގައި ފިރުމާލިއެވެ. އެއީ ބަޝީރުގެ އަންހެނުން ޖަމީލާ ސައި ހަދައި ނިންމުމަށްފަހު، އެ ކޮޓަރިއަށް އައިސް ވަން ވަގުތެވެ.
[ޝަޒާދާ އަންނަންވީނު، އެ މަންޖެމެން ގޮވައިގެން ސައިބޯން....] ޖަމީލާ ކޮޓަރިއަށް ވަންނަމުން އެދުނެވެ.
[ތެދެއް، ދަރިފުޅާ، ހިނގާ ސައިބޯން ދާން.] ޝަޒާދާ ހިނގައިގެންފިއެވެ. އިޔާދުވެސް ބުނުމާއެކު، ގީތާވެސް ގޮސް ކާގެޔަށް ވަނެވެ. އޭރު ބަޝީރުވީ ޝާރިޔާ ބަލައި އޭނާ އުޅޭ ގެޔަށް ގޮހެވެ. ދޫދޫމަތިން އިވޭގޮތުން ގީތާގެ ބައްޕަ ކަމަށް ޝާރިޔާ ބުނާ މީހަކުވެސް އެރަށުގައި އުޅެއެވެ. އެއީ ޝާރިޔާއަށްވުރެން މާ ހަގު، ރަށުގެ ރަނގަޅު ޢާއިލާއެއްގެ މީހެކެވެ. ނަމަވެސް، ރަށު އޮފީހަށް ގެންދެވި، ސުވާލު ކުރުމުން، އޭނާވަނީ އެކަމަށް އެއްބަސްނުވެފައެވެ.
[ޝާކިރު ކިތަންމެ ޙަވާލުނުވާން އުޅުނަސް، އެއީ ޝާކިރުގެ ދަރިއެއް...ޝާކިރާ ހާދަ ވައްތަރޭ.] އެދުވަހު ގީތާ ދުށުމަށް އެއްވި މީހުންތަކުގެ ތެރެއިން މީހަކު ބުނި އަޑު ގީތާއަށް އަޑު އިވިފައިވެއެވެ. އެހެންކަމުން، އެ ބުނި ޝާކިރަކު ދުށުމުގެ ޝައުޤުވެސް ގީތާގެ ހިތުގައި ބޮޑުވިއެވެ.
[މަންމާ، ކޮން ޝާކިރެއްގެ ވާހަކަތަ؟ އެމީހުން އެދެއްކީ....] ގީތާއަށް ރޮވުނެވެ. އޭނާގެ ނިކަމެތިކަން އިޙްސާސް ކުރެވިގެންނެވެ.
[ދެރަނުވޭ...ދަރިފުޅާ...ބައްޕައެއް ކީއްކުރަން، މަޔަކު ނެތަސް، މި މަންމަ ދަރިފުޅަށް ލޯބިދޭނަން.] ޝަޒާދާ ގީތާ ގެނެސް، އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. ގީތާ ކުޑަކުއްޖަކު ފަދައިން މަންމަގެ މޭގެތެރެއަށް ރަނގަޅަށް ބޮނޑިވެލިއެވެ.
[މަންމާ....އަހަރެން ބޭނުމީ، މިރަށުން ދާން. އަހަންނަކަށް މިރަށުގައި އެންމެ ހިނދުކޮޅަކަށްވެސް ކެތެއްނުވާނެ...ކެތެއްނުވާނެ...] ގީތާ ގިސްލަ ގިސްލާފައި ރޯންފެށިއެވެ.
އެފަދަ ގޮތެއް މެދުވެރިވެ، އެފަދަ އަޑުތައް އިވޭހިނދު، ކޮންމެ މީހަކުވެސް ދެރަވާނެއެވެ. ކޮންމެ ކުއްޖަކަށްވެސް މައިންބަފައިންގެ ލޯތްބަކީ ނުހަނު ބޭނުންތެރި އެއްޗެކެވެ. ދަރިންގެ މުސްތަޤްބަލް ބިނާކުރުމަށް މައިންބަފައިންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެކެވެ.
[ނުރޮއި ހުއްޓާލާ....ޒާހިރުގެ ތުރާތަކަށްވެސް ދަރިފުޅު ނުހަނު ކެތްތެރިވީމެއްނު. އަދިވެސް ދަރިފުޅަށް ލިބިފައިވާ ކެތްތެރިކަން ސާބިތުކޮށްދީބަލަ.] ޝަޒާދާގެ ދެލޯވެސް ފެންކަޅިވެއްޖެއެވެ.
[މަންމާ، އަހަންނަށް ލައްކަ ދުވަހު ހިތްވަރު ކުރެވިއްޖެ. މިހާރު އެ ހިތްވަރު ހުސްވެއްޖެ.] ގީތާ އަދިވެސް ރޮނީއެވެ.
[ދަރިފުޅު ދެރަނުވޭ، މި މަންމަގެ ހުރިހާ އުފަލެއްވެސް ދަރިފުޅަށްޓަކައި ޤުރްބާން ކުރަންވެސް މަންމަ މިިހުރީ ތައްޔާރަށް. ދަރިފުޅަށް ޒާހިރުގެ ފަރާތުން ބައްޕައެއްގެ ލޯބި ނުލިބުނު ކަމުގައިވިޔަސް، މި މަންމަ ދަރިފުޅަށް ހުރިހާ ލޯތްބެއްވެސް ދިނީމެއްނު.] އެއީ ޝާރިޔާގެ އަތުގައި ހިފައިގެން، ބަޝީރު އައިސް ވަން ވަގުތެވެ.
[ގީތާ....މިފަރާތަށް ބަލައިލަބަލަ، ކާކުތަ މިހުރީ؟] ކޮޓަރިއަށް ވަންނަމުން ބަޝީރު ގީތާގެ ސަމާލުކަން ހޯދިއެވެ. ގީތާ ދެލޮލުގައި ހުރި ކަރުނަތައް ފޮހެލުމަށްފަހު، ތެޅިގެންފައި ކަހަލަ ގޮތަކަށް އެނބުރިއްޖެއެވެ. އެއާއެކު، ހިނިއައިސްފައި އޭނާއާ ދިމާއަށް ބަލަންހުރި އަންހެން މީހާ، އާދެ! ޝާރިޔާއާ ދިމާއަށް އޭނާގެ ކަޅި ހުއްޓުނެވެ.
އެއްފައި ކޮރު އެ އަންހެން މީހާއަށް މަންމާއޭ ކިޔާ ގޮވައިލާން ހިތް އެދުނު ނަމަވެސް، އެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.
[ދަރިފުޅާ....ވާހަކަ ދައްކަބަލަ....ތީއޭ ދަރިފުޅު ވިހޭ މަންމައަކީ....] ޝަޒާދާ ގީތާގެ ބޮލުގައި ފިރުމާލިއެވެ. އެހިނދު ގީތާ ހުރީ ފުން ޚިޔާލެއްގައިކަމުން، އޭނާ ދިޔައީ ސިއްސައިގެންނެވެ. އޭރު ޙަޤީޤަތުގައި ޝާރިޔާވެސް ހުރީ ގީތާއަށް ދަރިފުޅާއޭ ކިޔާ ގޮވާލައި، ގާތަށް ގެނެސް މެޔާލާ ބޮނޑިކޮށްލަން ބޭނުންވެފައެވެ. އަމިއްލަ ކުށް އިޙްސާސް ކުރެވޭތީ، އޭނާއަށް ހިތްވަރު ނުލިބުނީ ކަމަށް ޤަބޫލު ކުރެވެއެވެ.
[މަން...މަންމާ...] ގީތާ ނިކަން ހިތްވަރު ކޮށްފައި، މަންމައަށް ގޮވާލިއެވެ. ގީތާ މަންމާއޭ ކިޔާ މުޚާޠަބު ކުރުމުން، ޝާރިޔާއަށް ލިބުނު އުފަލާއި ހިތްހަމަޖެހުން ބަޔާންކުރަންވެސް ދައްޗެވެ. ހީވީ އޭނާ ހަމަ ކުއްލިއަކަށް ގަނޑުވިހެންނެވެ.
[ދަރިފުޅާ....މަންމަގެ....] ޝާރިޔާއަކަށް އިތުރަކަށް ހިތްވަރެއް ނުކުރެވުނެވެ. އޭނާގެ އަޑުބެދި، ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ.
[ދަރިފުޅާ، އެ މަންމައާ ތަންކޮޅެއް ގާތަށް ދޭބަލަ...] ގީތާގެ އުފާތަކަށް މަރްޙަބާ ކިޔާތީ، ޝަޒާދާ ގީތާ ގާތު ދާށޭ ބުނާފަދަ ގޮތަކަށް ގީތާގެ ބުރަކަށީގައި ފިރުމާލިއެވެ. ގީތާ މަޑުމަޑުން ކުރިއަށް ހިނގައިގެންފިއެވެ. އޭރު ޝާރިޔާގެ ދެލޮލަށްވެސް ކަރުނަ ޖަމާވާން ފަށައިފިއެވެ.
[މަންމާ....] ގީތާ އައިގޮތަށް އައިސް ޝާރިޔާގެ މޭގައި ލައްވެލިއެވެ. ޝާރިޔާ ރަނގަޅަށް ގީތާ މެޔާލާ ބޮނޑިކޮށްލިއެވެ. އޭރު އޭނާއަށް ރޮވެނީއެވެ. މަންޒަރު ބަލަން ތިބި ޝަޒާދާއާއި އިޔާދުވެސް ފެންކަޅިވިއެވެ.
[ދަރިފުޅާ....] ޝާރިޔާއަށް ހަމަ ރޮވެނީއެވެ. އިތުރަށް ވާހަކަ ދެއްކޭހާ ހިތްވަރެއް އޭނާގެ ނެތް ކަހަލައެވެ.
އެރޭ ޝާރިޔާ ގީތާގެ ގާތުގައި އޭނާގެ ބައްޕައަކީ ކާކުކަން ބުނެދިނެވެ. ނަމަވެސް، އެ ބައްޕަ އޭނާއާ ޙަވާލުނުވާ ކަމާއި، އޭނާގެ ދިރިއުޅުން ހުންނަގޮތް ގީތާއަށް ކިޔައިދިނުމުން، އެރ ގީތާ އިންތިހާއަށް ރުޔެވެ.
[އަހަރެން ބޭނުން، އޭނައާ ބައްދަލުކުރަން. އަހަރެން އޭނައާ ކުރިމަތިލާނަން.] ޝާކިރަކީ އޭނާއަށް ހެޔޮއެދޭ މީހެއް ކަމަށްނުވިޔަސް، ޝާކިރާ ބައްދަލުކުރަން ގީތާ ބޭނުންވެއެވެ. ނަމަވެސް، ޝާރިޔާ އެކަމާ ދެކޮޅުހެދިއެވެ.
ޝާރިޔާއަކީ ނުކުޅެދޭ މީހަކަށްވާ ޙާލުގައި، ޝާކިރު އޭނާއަށް ޖެއްސި ނިކަމެތި ޙާލުގެ ވާހަކަ އެއީ މުޅި ރަށަށްވެސް މަޝްހޫރުވެފައިވާ ވާހަކައެކެވެ. ރަށުގެ ހުރިހާ މީހުންވެސް ޝާކިރުގެ އެ މުޑުދާރު ޢަމަލު ކުށްވެރި ކުރިއެވެ.
[އޭނަ އަހަންނަށް ކެހިނުދިންނަމަ، އަދިވެސް މި މަންމަ ހުރީހީ ޢިއްފަތްތެރިއެއްގެ ގޮތުގައި.] ޝާރިޔާ ރޮއިރޮއިފައި ބުންޏެވެ. ޝާރިޔާގެ ވާހަކަތަކުން މަންމައަށްޓަކައި އޭނާގެ ހިތުގައި ހަމްދަރުދީގެ ޝުޢޫރުތައް އުތުރި އަރަން ފެށިއެވެ. މަންމަގެ ޙަޔާތުގެ ބާކީއޮތް ދުވަސްތައް، ސީދާ ގީތާއާއެކު ހޭދަކުރުވުމަށް އޭނާގެ ހިތް އެދުނެވެ.
[މަންމަ...ހިނގާ އަހަރެމެންނާއެކު ރަށަށް ދާން.] ގީތާ އޭނާގެ ނުއުފަން މަންމަގެވެސް ލަފަޔާއެކު ބުންޏެވެ. ޝަޒާދާ ލަފާދިނީ، ގީތާ އަމިއްލައަށް ސީދާ ޝާކިރާވެސް ބައްދަލުކުރާށެވެ. ނަމަވެސް، ގީތާ ޝާކިރާ ބައްދަލުކުރަންދާކަށް ނުޖެހުނެވެ. ރަށުގެ އެތައް ބައެއްގެ ނަޞޭޙަތުގެ ސަބަބުން ވިސްނި، ޖެހިގެން އައި ދުވަހު ޝާކިރު އައިސް، ޝާރިޔާގެ ދެމައިންގެ ކިބައިން މަޢާފަށް އެދުނެވެ.
ޝާރިޔާ މަޢާފް ނުކުރި ނަމަވެސް، ގީތާ ބައްޕައަށް މަޢާފްކުރިއެވެ. އޭގެ ފާއިތުވެދިޔަ ދުވަސްތަކުގައި، ޝާކިރު ދަރިފުޅާ ޙަވާލުވެ، އެކަމަށް ކަނޑައެޅިފައިވާ އަދަބުވެސް ލިބިގަތެވެ. ނަޞީބު ދިމާކުރިގޮތުން، ޙުކުމް ތަންފީޛު ކުރުމަށްޓަކައި އޭނާ ފޮނުވީ އައްޑުއަތޮޅަށެވެ. އެއީ އެމީހުން އެދުނުވެސް ގޮތެވެ. އޭގެކުރިން ޝާރިޔާވެސް ގޮވައިގެން ގީތާމެން އެނބުރި ރަށަށް ދިޔައެވެ.
އެހެންކަމުން، ޙަޤީޤީ މަންމައާއި ބައްޕަގެ ލޯބި އެންމެ ބޭނުންވި ދުވަހު ނުލިބުނު ކަމުގައިވިޔަސް، މިހާރު އޭނާއަށް އެވަނީ މަންމައާއި ބައްޕަގެ ލޯތްބާއި ހިތްހަމަޖެހުން ލިބިފައެވެ.
މިހާރު ޝާކިރު ބޭނުންވަނީ، ޝާރިޔާއާ ކައިވެނިކޮށްގެން، ދަރިފުޅު ގީތާއާއެކު ދުވަސްތައް ހޭދަކުރާށެވެ.
ދުވަސްތައް ހިތްހަމަޖެހުމާއެކު، ފާއިތުވަމުންގޮސް، އިޔާދާއި ގީތާގެ ޒަވާޖީ ޙަޔާތަށް ދެއަހަރު ފުރުނުއިރު، އެދެމަފިރިންނަށް ކުއްޖަކު ލިބެން އުޅޭ ކަމުގެ ނިޝާން ފެންނަން ފަށައިފިއެވެ. ދެވަނަފަހަރަށް އިޔާދުގެ ދިރިއުޅުމަށް މަލަކާ ތިލަވީ، އެ އުފާވެރި ދުވަސްކޮޅުގައެވެ. އިޔާދުގެ އުނަގަނޑުގައި އަޅާފައި އޮތް ތަވީދު، މޫދަށް އެރި އުޅެނިކޮށް، ކަނޑައިގެން ދިޔައީއެވެ. އެހެންކަމުން، މަލަކާއާއި އިޔާދާ ދެމެދު ލެވިފައިވާ ފާރު އުދުރަކަށް (އިސާހިތު) ފުނޑުފުނޑުވެއްޖެއެވެ. އެހެންކަމުން، ފުރަތަމަރޭވެސް އޭނާ އިޔާދާ ކުރިމަތިލިއެވެ. ނާމާންކަމުގެ ސިގްނަލް ދެމުންނެވެ. ބިރުވެރިކަމުގެ އިންޒާރު ދެމުންނެވެ.
އިޔާދު ނިދީގައި އޮވެ ފުރޮޅިލީ، އޭނާގެ މޫނުމަތީގައި މީހަކު އަތްއެޅިހެން ހީވެގެނެވެ. ނަމަވެސް، ދެންވެސް ހަމަ އެ އިޙްސާސް ކުރެވުނެވެ. އޭނާ ދެލޯ ހުޅުވައި، ވަށައިގެން ހޯދަން ފަށައިފިއެވެ. ކުއްލިއަކަށް އަލިގުޅައެއް ކަހަލަ އެއްޗެއް މުޅި ކޮޓަރިތެރޭ އެނބުރެން ފަށައިފިއެވެ. އިޔާދު ފުންމައިގެން ތެދުވިއެވެ. އޭރު އޭނާވަނީ ބިރުން ގޮސް މާނޭވާލެވިފައެވެ. އެ އަލިގުޅަ ދިހަވަރަކަށް މިނިޓް ވަންދެން އޭނާގެ ލޯމަތިން ގެއްލިއްޖެއެވެ. ނަމަވެސް، އެ ގެއްލުމަކުންވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ދެން އިވެންފެށީ ބިރުވެރި އަޑުތަކެކެވެ. އަންހެނެއްކަން ފިރިހެނެއްކަން ނޭނގޭކަހަލަ ކުރަކި އަޑެކެވެ.
[ކާކު....!؟] އިޔާދުގެ އަޑު ތުރުތުރިލިއެވެ.
[ލައްކަ ދުވަހު އަހަންނާ ދުރުގައި އުޅެވިއްޖެއެއްނު. އަހަންނަށްވެސް އެކަނިވެރި ޙާލުގައި ނިކަމެތި ދުވަސްތަކެއް ލައްކަ ދުވަހު އުޅެވިއްޖެ. އެކަމަކު ދެން ކެތެއްނުވާނެ. ކަލޭ އަހަރެންގެ ދިރިއުޅުމަށް ގެނެއްސަ ނޫނީ ދެން ދުލެއް ނުދޭނަން.] މިފަހަރުވެސް އިވުނީ އެ އަޑެވެ. އެއްވެސް ތަފާތެއް ނެތެވެ. އެއީ ބަރުހެލި، އެހާމެ ނާމާން އަޑެކެވެ.
[ނޫން..ނޫން...] އިޔާދަށް އޭނާގެ އުނަގަނޑުގައި އަތް ކާއްތާލެވުނީ ފިސާރި ބިރުގެންފައި ހުރެއެވެ. އޭނާ ބޮޑަށް ބިރުގަތީ އުނަގަނޑުގައި އޮތް ތަވީދު ވީތަނެއް ނޭނގި، އެ ނާމާން އަޑުގެ ވެރިޔަކީ ސީދާ މަލަކާކަން ޔަޤީންވީމައެވެ.
[މަލަކާ....] އިޔާދަށް މަޑުމަޑުން ބުނެވުނެވެ.
[އާނ މަލަކާ.] މިފަހަރު އައީ އާދައިގެ އަންހެން އަޑެކެވެ. ނަމަވެސް މީހަކު ފެންނާކަށް ނެތެވެ.
[މަލަކާއޭ....އަދިވެސް ދުނިޔޭގައި އެބައުޅެމުތަ.] އިޔާދު ބިރުގަތެވެ.
[ހީކުރީތަ މަލަކާ މަރުވީއޭ....] މިފަހަރު އަޑުއިވުނީ ސީދާ އިޔާދުގެ ފައިދަށުންނެވެ. އިޔާދަށް ތެޅިގެންފައި ފައިދަށަށް ބަލައިލެވުނެވެ. ހަމައެޔާއެކު، ހަޅޭއްލަވައިގަނެވުމާއެކު، އޭނާއަށް ދުރަށް ޖެހިލެވުނެވެ. އާއެކެވެ. އޭނާގެ ފައިބުޑުގައި އޮތީ އަތްބުރިއެކެވެ. އެ އަތްބުރީގެ ވަކި ހިސާބަކުން އަނގައެއްވެސް ފަޅާފައި ހުއްޓެވެ.
[ބިރުނުގަނޭ، އަހަންނާ ކައިވެނި ކުރުމަކުން، އިޔާދަށް އެއްވެސް ގެއްލުމެއް ނުވާނެ.] ވާހަކަ ދެއްކީ އަތްބުރިއެވެ. އިޔާދު ބިރުން ފަހަތަށް ޖެހެން ފެށިއެވެ.
[ހެޔޮނުވާނެ، މަލަކާ އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ނުވަދޭ. އަހަރެން ކިހިނެއްތަ، މަލަކާއާއެކު އުޅޭނީ؟] ގެންފައިވާ ބިރެއްގެ ސަބަބުން އިޔާދަށް ކޮޓަރިން ނުކުމެގެން ދުއްވައިގަނެވުނީއެވެ.
[ކިތަންމެ ބާރަށް ދުވިޔަސް، މިހާރު އަހަންނާ އިޔާދާ ދޭތެރޭ އެއްވެސް ހުރަހެއް ނެތް. އަހަރެންގެ ޙަޔާތަށް އައުމަށް އެއްބަސްވީމަ ނޫނީ، މިރޭ އިޔާދު ދުލެއް ނުކުރާނަން.] އިޔާދު ބޭރަށް ނުކުތްއިރުވެސް ބޭރުގައި އެ އަތްބުރި އޮތެވެ.
[އަހަރެން ވިސްނަން ވަގުތުދީ....] އިޔާދު ވަގުތީގޮތުން ނަމަވެސް، މަލަކާގެ ކިބައިން ސަލާމަތްވާން ބޭނުންވިއެވެ.
[ވިސްނަން ވަގުތު ދީފާނަން...އެކަމަކު އޭގެ ފައިދާ ނަގައިގެން، އަހަންނަށް ފަންޑިތައެއް ހައްދައިގެން ނުވާނެ.] ބިރުވެރި އިންޒާރަކަށްފަހު، މަލަކާ ގެއްލިއްޖެއެވެ. އިޔާދު ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އޭރު އޭނާ ހުރީ ބިރުން ތުރުތުރުއަޅައަޅައެވެ. އޭނާ ދުވެފައި އައިސް ވަން އަޑަށް، ނިދާފައި އޮތް ގީތާއަށްވެސް ހޭލެވިއްޖެއެވެ.
[އިޔާދު...ހާދަ ހާސްވެފައި، އަނެއްކާ ކިހިނެއްވީތަ؟] ގީތާ ފިރިމީހާގެ އިޙްސާސްތައް ދަނެގަތްކަހަލައެވެ. ނަމަވެސް، ގެންފައިވާ ބިރެއްގެ ސަބަބުން އިޔާދަކަށް ޖަވާބެއްވެސް ނުދެވުނެވެ.
[އެއްވެސް ކަމެއްނުވޭ....] އިޔާދަށް ވާހަކަ ދެއްކުނީވެސް އިރުކޮޅެއްވީފަހުންނެވެ.
[ނޫން...ކޮންމެވެސް ކަމެއް ވެއްޖެ އިޔާއަށް. އަހަރެން ގާތު ބުނެބަލަ.] ގީތާ އިޔާދުގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.
[އެއްވެސް ކަމެއްނުވެޔޭ ބުނެފީމެއްނު...މިވަގުތު އަހަރެން ބޭނުމީ އަރާމުކޮށްލަން....ކަމެއްވިޔަސް އަހަރެން ގީތާއަށް ސިއްރެއް ނުކުރާނަމޭ.] އިޔާދު އެނދުގައި އޮށޯވެއްޖެއެވެ. ގީތާވެސް އޮށޯތެވެ. ނަމަވެސް، ފަހަކުން ގީތާ އިޔާދަކާ އެއްވެސް ސުވާލެއް ނުކުރެއެވެ.
އެފަދަ ވަގުތެއްގައި ރުޅި އިސްކޮށްފިއްޔާ، ފިރިހެނުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން ގީތާއަށް ވިސްނެއެވެ. އެއީ ބައެއް ފިރިހެނުންގެ ޠަބީޢީ ސިފައެކެވެ. އެފަދަ ފިރިންނާއެކު، އުފާވެރި ޒަވާޖެއް ހޭދަކުރެވޭނީ، ވިސްނުންތެރި އަންހެނުންނަށެވެ. ގައިމެވެ. ގީތާއަކީ އޭގެ މިސާލެކެވެ. އޭނާ ދިރިއުޅުމުގެ ކޮންމެ ފިޔަވަޅެއްވެސް އަޅަނީ، ފިރިމީހާގެ އިޙްސާސްތައް ދަނެގެންނެވެ. ކޮންމެފަދަ މިޒާޖެއްގެ ފިރިހެނަކާ ޖެހުނަސް، އެމީހެއްގެ މިޒާޖް ދަނެގަނެ، އެއަށް ހޭނުމަކީ، އޭނައަށް މާބޮޑު ބުރަޔަކަށްވާނެހެނެއް ހިއެއްނުވެއެވެ.
ދުވަސް ބަދަލުވެއްޖެއެވެ. ހެނދުނުވުމާއެކު، ފިރިމީހާގެ ފިކުރުތައް ދެނެގަތުމަށް ގީތާ ކެތްމަދުވިއެވެ. އެހެންވެ އިޔާދު ތެދުވެ ފެންވަރައިގެން ނާސްތާއަށް ތައްޔާރުވުމާއެކު، ގީތާ އޭނާގެ ސުވާލު ތަކުރާރުކުރިއެވެ.
[އިޔާ....މިހާރު ތިހުރީ އަހަރެންގެ ސުވާލަކަށް ޖަވާބުދެވޭ ޙާލަތެއްގައިތަ؟] ގީތާ އިޔާދަށް ސައިތަށި ގިރައިދެމުން އެހިއެވެ. އިޔާދު ހީލިއެވެ.
[އާނ، އަހަން ތިއުޅެނީ ރޭގެ ވާހަކަދޯ؟] އިޔާދު ތައްޓަށް މަސްކޮޅެއް އަޅަމުން ބުންޏެވެ.
ގީތާ ބޯޖަހާލިއެވެ. އިޔާދު ވިސްނާލިއެވެ. ކޮންމެ ގޮތެއްވިޔަސް، ޙަޤީޤަތަށް ކިޔައިދީފިއްޔާ، ގީތާ ބިރުގަނެ ހާސްވާނޭވަރު އޭނާއަށް އިޙްސާސް ކުރެވެއެވެ.
[ނިކަން ބިރުވެރި ހުވަފެނެއް ފެނުނީ...ކިރިޔާ ބިރުން ހަލާކުނުވީ.] އިޔާދު ހެދީ ދޮގެވެ. ތެދު ބުނެގެން ފަރުޖެހެން ނެތްކަން ގައިމުވާތީއެވެ.
[ތިބުނީނު ހުވަފެނެކޭ....ހުވަފެން ފެނިގެންވެސް އެހާވަރަށް ބިރުގަނޭތަ؟] ގީތާ ހީގަތެވެ. އިޔާދަށް މަލާމާތްކުރާފަދަ ގޮތަކަށެވެ.
[ހުވަފެނެއްކަމަކު، ހީވީ ހަމަ ޙަޤީޤަތުގައިވެސް ފެނުނުހެނޭ.] އިޔާދު ބުންޏެވެ. އެހެން ބުނިއިރުވެސް އޭނާ ހުރީ ބިރުގެންފައެވެ. ނަމަވެސް، އެކަމެއް ގީތާއަކަށް ފާހަގައެއް ނުކުރެވުނެވެ. އެއަށްފަހު، އިޔާދު ގީތާއަށް ހުވަފެނެއްގެ ގޮތުގައި، އެ ޙަޤީޤަތް ކިޔައިދިނެވެ.
އެދުވަހު ވިއްސާރައިގެ އަސަރު ދުނިޔެމައްޗަށް ވެރިވެގަތީ ކުއްލިއަކަށެވެ. އިސާހިތު ވާރޭވެސް ވެހެން ފަށައިފިއެވެ. ތެމިހިކަރި (ތެމިފޯ) ވެގެން ފިރާޒް އައިސް ވަނީ އެވަގުތެވެ.
[އައްސަލާމް ޢަލައިކުމް....] ދޮރުމައްޗަށް ހުއްޓި ފިރާޒް ނާސްތާ ކުރަން ތިބި އިޔާދުމެންގެ ސަމާލުކަމަށް ގޮވިއެވެ. އިސްލާމީ އާދަކާދައިގެ މަތިންނެވެ.
[ވަޢަލައިކުމުއްސަލާމް...އާދޭ ސައިބޯން. މަގުމަތިން ވިއްސާރަޔާ ލައިގަތީދޯ؟] އިޔާދު ތެމިހިކަރިވެގެން ހުރި ފިރާޒާ ދިމާއަށް ބަލަން ހުރެފައި ބުންޏެވެ.
[ގީތު ތުވާލި ގެނެސް ފިރާޒަށްދީބަލަ.] އިޔާދު ބުންޏެވެ. ގީތާ ހިނގައިގަތެވެ.
[ލީނާ ކޮބައިތަ؟ މިހާރު މިގެޔަށް ނާންނަތާވެސް ދުވަސްކޮޅެއް ވެއްޖެހެން ހީވަނީދޯ ގީތާ؟] ތުވާލި ހިފައިގެން އައިސް ހުއްޓުނު ގީތާއަށް ދޯދެމުން އިޔާދު ބުންޏެވެ.
[ރޭގައި ގުޅާފައި ބުނި، މިއަދު ހަވީރު މިގެޔަށް އެބަ އަންނަމޯ. ތިމަންނަ އަންނަންވާއިރަށް ސައި ހަދާށޯ. މިއަދުވާނެ، ރަނގަޅު ލަނޑެއްދޭން....ލީނާ އަންނަންވާއިރަށް، ފިރާޒް އެކަނި ބަހައްޓާފައި، އަހަރެމެން ފިލާނީ.] ގީތާ މޮޅުގޮތެއް ރާވާލިއެވެ.
[ވަރަށް ރަނގަޅު ކަމެއް...އެކަމަކު އެ ނުވާނެދޯ އޭނައަށް ދެވޭ ލަނޑަކަށް...ލިބޭނީ އުފަލާއި ހިތްހަމަޖެހުމެއްނު....] އިޔާދު ބުންޏެވެ.
އެދުވަހު އިޔާދުމެނަށް ސައިދީފައި، ގީތާވަނީ ފެންވަރަން ފާޚާނާއަށެވެ. ތަވީދު ކަނޑައިގެންދިޔަ ވާހަކައާއި، އަލުން މަލަކާގެ ތުރާތަކާ ކުރިމަތިލާން ޖެހުނު ވާހަކަ، ލިބުނު ފުރްޞަތުގައި އިޔާދު ފިރާޒަށް ކިޔައިދިނެވެ. އެހެންވެ ފިރާޒް ލަފާދިނީ، އަނެއްކާވެސް ޙަސަންބެއްޔާ ލައްވާ ތަވީދެއް ވަގުތުން ހެއްދުމަށެވެ. މަަލަކާ ފަންޑިތަ ނެހެއްދުމަށް އިންޒާރު ކޮށްފައިވާ ހަނދާންވެ، އެވާހަކަ އިޔާދު ފިރާޒް ގާތު ބުނީ ދެނެވެ.
[ވަރިހަމަ....އޭތި ބަލާނީ އޭތީގެ ސަލާމަތަށް. އަހަރެމެން ބަލާނީ އަހަރެމެންގެ ސަލާމަތަށް.] ފިރާޒް ބޭނުންވީ، ވަގުތުން ވަގުތަށް ފިޔަވަޅު އަޅާށެވެ.
[ފިރާޒް...އެކަމަކު އަހަރެން މިހާރު ވަރަށް ބިރުގަނޭ....] ޙަޤީޤަތުގައިވެސް މިހާރު އިޔާދު އެހުންނަނީ ނިކަން ބިރުގެންފައެވެ. މަލަކާ އޭނާއާއި އޭނާގެ ޢާއިލާއަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.
[އޭއްޗަކަށް އެއްކަމެއްވެސް ނުކުރެވޭނެ. ހަމަ މިހާރު ހިނގާ ޙަސަންބެއްޔާގެ ގެޔަށް ދާން....[ ފިރާޒް ތެދުވެއްޖެއެވެ. ހަމަ ލޮލަށް މަންޒަރު ނުފެންނާތީ ކަމަށްވެސް ވެދާނެއެވެ. އޭނާ ބިރެއްނުގަނެއެވެ. އެހެންކަމުން، ބޭނުން އެއްޗެއް ކިޔުމުގެ ފުރްޞަތު އޭނާއަށް އެބައޮތެވެ.
ފިރާޒާއެކު އިޔާދު ހިނގައިގަތީ، މަލަކާ ކޮންމެ ދިމާއަކުންވެސް ދިމާކޮށްފާނެހެން ހީވާތީ، ފިސާރި ބިރުގެންފައި ހުރެއެވެ.
[ފިރާޒް...އެއީ އިންސާނެއް ނޫނޭ...އޭނަ ކޮންމެ ދިމާއަކުންވެސް ދިމާކޮށްފާނެ. ފުރަތަމަ ޙަސަންބެއްޔާއަށް ގުޅާފައި ބުނަންވީކަންނޭނގެ.] އިޔާދު ހުއްޓުނެވެ.
[އިޔާދު ބިރުނުގަނެބަލަ....ދުވާލު ގަޑީގައި އަހަރެމެން އިންސާނުންނަށްވުރެން ބާރުގަދައެއް ނުވާނެ. ހުރިހާވެސް މައްސަލައަކީ އިޔާދު ބިރުގަތުން.] ފިރާޒް އިޔާދުގެ އަތުގައި ހިފައި އަންނާށޭ ބުނާފަދަ ގޮތަކަށް ދެމިއެވެ. އިޔާދު ހިނގައިގެންފިއެވެ. އިންތިހާއަށް ބިރުވެރިކަން އިޙްސާސް ކުރަމުންނެވެ.
ނަޞީބު ދިމާކުރިގޮތުން، ޙަސަންބެއްޔާގެ ގެޔާ ހަމައަށް ސަލާމަތްކަމާއެކު ދެވުނެވެ. ނަމަވެސް، އެގެޔަށް ދެވުމާއެކު، އިޔާދުމެން ގޮތް ހުސްވެ މާޔޫސްވެއްޖެއެވެ. ފިރާޒްގެ ހިތަށް ބިރުވެރިކަން ވަނީ އެއަށްފަހުގައެވެ.
ޙަސަންބެއްޔާގެ ގޭގެ ގޯތިތެރެއާއި ގެ ކައިރި މަގުގައިވެސް ވަނީ މީހުންތައް ތޮއްޖެހިފައެވެ. އިޔާދުމެން ފުރަތަމަ ހީކުރީ، އެއީ ހައްތަހާވެސް ޙަސަންބެއްޔާގެ ގާތަށް ބޭސްވެރިކަމު ނޫނީ ފަންޑިތަވެރިކަމު އައިސް ތިބި މީހުން ކަމަށެވެ. ވެގެންއުޅޭ ގޮތް އެމީހުންނަށް މޭރުންވީ، އެތެރެއަށް ބޯދިއްކޮށްލެވުނީމައެވެ.
ގޭގެ ފެންޑާގައި ހުރި ދިގު މޭޒެއްގެ މަތީގައި އޮތީ ޙަސަންބެއްޔާގެ ޤަބުރެވެ. ހިނަވާ ކަފުންކޮށް ނިމިފައިވާ ޙަސަންބެއްޔާގެ ޤަބުރު ފެނުމުން، އިޔާދާއި ފިރާޒްގެ ބިރުވެރިކަން އިންތިހާއަށް ދިޔައެވެ. އެހެންކަމުން، ފިރާޒަށް އެ ގޭގައި އެންމެ ހިނދުކޮޅަކަށްވެސް މަޑުކުރާކަށް ނުކެރުނެވެ.
[އިޔާދު....އަވަހަށް ހިނގާ ދާން. އަހަރެން ވަރަށް ބިރުގެންފި.] އިޔާދުގެ އަތުގައި ހިފައިގެން ފިރާޒް ހިނގައިގަތެވެ.
[ދެން ނުހުންނާނެތަ، ދަންނަ މޮޅު މީހަކު؟] އެގެއިން ނުކުމެގެން ހިނގައިގަންނަމުން އިޔާދު އެއްސެވެ.
[ދެން ޖެހޭނީ މަންމަ ގާތު އަހާލަން؟] ފިރާޒް ބިރުންހުރެ ބުންޏެވެ. އިޔާދު ދެން ދިޔައީ ގެޔަށެވެ. މާޔޫސްވެފައި ހުރެއެވެ. އެހެންކަމުން، ނިކަން ފަސޭހައިން ގީތާވެސް އެކަން ދަނެގަތެވެ.
[އިޔާ ދޮގު ނުހަދާ، ތެދަށް ބުނެބަލަ....އިޔާގެ މޫނުމަތިން ތި ފާޅުވާ މާޔޫސީކަމަކީ ކޮބައިތަ؟ އަހަންނަށް ސިއްރުނުކޮށް ބުނެދީބަލަ.] އިޔާދާ ޖެހި ފިތިގެން ގީތާ އިށީނދެއްޖެއެވެ.
[އެއްވެސް ކަމެއްނުވޭ....ގީތާ އަހަންނާ ދޭތެރޭ މާބޮޑަށް ވިސްނާތީ، ހީވާ ހީވުމެއް ތިޔައީ.] މިފަހަރުވެސް ގީތާ ގާތު އިޔާދު ހެދީ ދޮގެވެ.
[ދޮގުދޯ އިޔާ ތި ހަދަނީ؟] ގީތާއަށް ޝައްކުވިއެވެ.
[އަހަރެން ތަންކޮޅެއްފަހުން ގީތާއަށް ކިޔައިދޭނަން.] އިޔާދު ބުންޏެވެ. ގީތާއަށް ކިޔައިދޭން ބޭނުންވިޔަސް، އޭނާ ފަސްޖެހެނީއެވެ. ގީތާގެ ހިތުގައި ބިރުވެރިކަން އުފެދިދާނެތީއެވެ. ނަމަވެސް، އެދުވަހު ގީތާ ކުރުނުކުރުމުން، މަލަކާ (ޖިންނި)ގެ ކިބައިން އިޔާދަށް އަދި މިންޖުނުވެވޭ ވާހަކަ އޭނާ ކިޔައިދިނެވެ.
[އަދިވެސް އޭތީގެ ފުށުން ސަލާމަތް ނުވެވެނީއޭ!؟] އެހެންނުވާނީ، އެ ތަވީދުވެސް ގެއްލުވާލީވިއްޔަ.] ގީތާގެ ހިތަށް ބިރުވެރިކަން ވަނެވެ.
[އަޅެ އަވަހަށް ތަވީދެއް ހައްދަންވީނު....] ގީތާގެ ހިތް އަވަސްވިއެވެ.
[ތަވީދެއް ހައްދަން ގޮއްސައޭ މިއައީ...ދިޔައިރު...ޙަސަންބެއްޔާގެ ކަށުކަމާކެމީގެ ކަންތައް ކުރިއަށްދަނީ...ވަރަށް ކުއްލި ގޮތަކަށް ޙަސަންބެއްޔާ މަރުވީ....ކަރުގެ ދެފަރާތުން ހުރީ ވަރަށް ބޮޑަށް ރަތްއަރާފައި. ލަފާކުރެވެނީ އެއީވެސް އެ މަލަކާގެ ކަންތައް ކަމަށް.] މާޔޫސީ ރާގަކަށް، އުންމީދު ގެއްލިފައިވާ އިޙްސާސަކާއެކު އިޔާދު ބުންޏެވެ.
[އާނ!؟ ޙަސަންބެއްޔާ މަރުވީއޭ....ތިހެންވީއިރު އޭނާ އަހަންނަށްވެސް.....] ގީތާ ބިރުން ތުރުތުރުއަޅަން ފަށައިފިއެވެ.
[އެކަމަކު ހިއެއްނުވޭ، އޭތި އަހަރެމެންގެ ތެރެއިން މީހަކަށް ގޯނާއެއް ކޮށްފާނެހެނެއް.....] އިޔާދު ގީތާގެ ހިތްހަމަޖައްސައިދިނެވެ. ގީތާ އެވާހަކަ އޭނާގެ މަންމަ ޝަޒާދާއަށާއި، އުފަން މަންމަ ޝާރިޔާއަށްވެސް ކިޔައިދިނެވެ. ބައްޕަ ޝާކިރަށް އެވާހަކަ ކިޔައިދިނީ ޝާރިޔާއެވެ. ޝާކިރުވެސް ލަފާދިނީ ވީހާވެސް އަވަހަކަށް ފަންޑިތަވެރިއެއްގެ އެހީ ހޯދުމަށެވެ.
[ޝަޒާދާއަކަށްނު، މިރަށުގައި އުޅޭ ފަންޑިތަވެރިން އެނގޭނީ....ޝަޒާދާ ހޯދަންވީނު މީހަކު.] ޝާކިރު ޝަޒާދާއާ ވާހަކަ ދެއްކިއެވެ.
[މިރަށުގައި ހުރި ކަމަށް ބުނާ އެންމެމޮޅު މީހާއޭ، ޙަސަންބެއްޔާއަކީ. ޙަސަންބެއްޔާވެސް އޭތީގެ ޝިކާރައަކަށްވީވިއްޔަ.] ޝަޒާދާ ބުންޏެވެ.
[ފަންޑިތަވެރިން ތިބެނީ ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތްވެގެނެއް ނޫންތަ؟] ޝާރިޔާ ބުންޏެވެ. އެއީ ތެދެކެވެ. ގިނަފަހަރަށް ފަންޑިތަވެރިން އުޅޭނީ، ޢާންމު ދިރިއުޅުމުގައި ހަށި ރައްކާކޮށްގެނެވެ.
[ޙަސަންބެއްޔާ މަރުވެފައި އޮއްވާ ފެނުނީ، އެގެޔާ ދިމާ އަތިރިމަތީގައި އޮއްވަޔޯ....] އިޔާދު އޮޅުންފިލުވައިދިނެވެ.
އެދުވަހު އެވާހަކަ ވަރަށް ގިނައިރު ވަންދެން ދެކެވުމަށްފަހު، މަލަކާގެ ކިބައިން އިޔާދު ސަލާމަތް ކުރާނެގޮތްވެސް ޝާކިރުމެން ރޭވިއެވެ.
އެމީހުން އެހުރިހާ ނިންމުމެއް ނިންމައި، ރޭވުންތަކެއް ރޭވިއިރު، އެމީހުނާ ދާދި ކައިރީގައި، މަންޒަރު ބަލަން މަލަކާ ހުއްޓެވެ. އޭނާވެސް ދިޔައީ، ޝާކިރުމެންގެ ރޭވުމާ ދެކޮޅަށް ރޭވުންތަކެއް ރާވައި، އެމީހުންގެ މަޅީގައި ނުޖެހި ސަލާމަތްވެވޭނެ ގޮތް ވިސްނަމުންނެވެ. ނަމަވެސް، މަލަކާގެ އެއްވެސް ހިލަމެއް އިޔާދުމެނަކަށް އޭރަކު ނުވެއެވެ.
ދުވަސް ބަދަލުވެ، އަނެއް ދުވަހުންވެސް ދުވާލުގެ ވަގުތު ފާއިތުވެއްޖެއެވެ. ނަމަވެސް، އިޔާދުގެ ފިކުރުތަކެއް ހުހެއްނުވެއެވެ. އޭނާގެ ހުރިހާވެސް ފިކުރަކީ މަލަކާއެވެ. [މަލަކާގެ ކިބައިން އޭނާ މިންޖުވެ، މިނިވަންވާނީ ކޮން ދުވަހަކުން ހެއްޔެވެ. މަލަކާ އެދޭގޮތަށް މަލަކާއާ ކައިވެނިކޮށް، ޙަޔާތުގެ އެއްބައިވެރިޔަކަށް މަލަކާ ޚިޔާރުކުރުން ނޫންގޮތެއް ނެތީހެއްޔެވެ؟] މިއީ މިހާރު އޭނާގެ ހިތުގައި އުފެދޭ ސުވާލުތަކެވެ. އެއީ ގީތާއާއި ގޭގެ ހުރިހާ އަންހެންވެރިން ބާޒާރު ކުރަން ގޮސް އުޅޭ ވަގުތަށްވުމުން، އިޔާދު އޮތީ ކޮޓަރީގައި އެކަނިމާއެކަންޏެވެ. އެކަނިވާ ކޮންމެ ވަގުތަކު، މަލަކާގެ ޚިޔާލުތައް ކުރެވި، މަލަކާއާ ދޭތެރޭ ވިސްނައި، ފިކުރު ކުރެވުމަކީ، މިހާރު އޭނާގެ އާދައެކެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު