ކުޑަކުއްޖަކު ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ...
ކުޑަކުއްޖަކު ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ...
މި ފަހަކަށްއައިސް ކުޑަކުދިންނަށް ކޮވިޑް ޖެހޭ އަދަދު އިތުރުވަމުން އަންނަ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ބުނީ، ދިހަ އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޖުމްލަގޮތެއްގައި މިހާރު ކޮންމެދުވަހަކު 52 ކުދިން ކޮވިޑަށް ޕޮޒިޓިވްވާކަމަށެވެ. މިއީ ކަންބޮޑުވާ އަދަދެއްކަން ފާހަގަކުރަމުން އެޗްޕީއޭއިން ވަނީ، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

ކުޑަކުދިން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިތުރުވަމުން އަންނަކަމަށް އެޗްޕީއޭއިން ރިޕޯޓުކޮށްފައިވާއިރު، ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލްވެސް ވަނީ، މިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިގޮތުން ޕޮޒިޓިވްވާއިރު ގިނަ ކުދިންގެ ފަރާތުން އަލާމާތްތައް ނުފެންނަކަންވެސް ޑރ ފައިސަލްވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ ކުޑަކުދިންގެ އަދަދު އިތުރުވަމުން އަންނައިރު، ރާއްޖޭގައި އަދި މިހާތަނަށް ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ކޮވިޑް ވެކްސިން ދޭން ނުފަށައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން