ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް
ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް
ގެދޮރުވެރި ކަމުގެ ޕްރޮގްރާމްގެ ދަށުން ގެދޮރު ޢިމާރާތްކުރުމަށް ފަށާފައިވާ ގެއެއް ނިންމުމަށް ބޭނުންވާ މީހުންނަށް "ގެދޮރުވެރިޔާ" ގެ ނަމުގައި ސަރުކާރުން ލޯނު ސްކީމެއް ފަށައިފި އެވެ.

މި ލޯން ސްކީމް ތަޢާރަފް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ހައުސިންގް މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ މި ލޯނު ދޫކުރާނީ، އަމިއްލަ ރަށުގައި އަމިއްލަ ގޯތީގައި ގެއެއް އަލަށް އިމާރާތް ކުރުމަށް ނުވަތަ ނުނިމި ހުރި ޢިމާރާތެއް ނިންމުމަށް ކަމަށެވެ. އަދި ގެދޮރު މަރާމާތު ކުރުމަށްވެސް މިލޯނު ދޫކުރާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މި ލޯނު ސްކީމުގެ ދަށުން 6 ޕަސެންޓް އިންޓަރެސްޓް ރޭޓުގައި އެއްފަރާތަކަށް އެންމެ ގިނަވެގެން ދޫކުރާނީ 700،000 ރުފިޔާ އެވެ. ގްރޭސް ޕީރިއަޑްގެ ގޮތުގައި 12މަހާއި 15 މަހުގެ މުއްދަތެއް ލިބޭއިރު މި ލޯނަށް ޑިޕޮސިޓް ދައްކާކަށް ނުޖެހޭނެއެވެ. އަދި ލޯނު އަނބުރާ ދައްކަން ޖެހެނީ ގިނަވެގެން 20 އަހަރުންނެވެ. ލޯނު ދޫކުރުމުގައި ލިބޭ އާމްދަނީއަށް ބެލޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި ލޯނު ސްކީމު ހިންގައި މެނޭޖްކުރާނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިންނެވެ. ނަމަވެސް އެޕްލިކޭޝަންތައް އެޕްރޫވް ކުރާނީ އެޗްޑީއެފްސީއާއި ހައުސިން މިނިސްޓްރީ ހިމެނޭ ޖޮއިންޓް ކްރެޑިޓް ކޮމިޓީއަކުންނެވެ.

2021 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި ދާއިމީގޮތެއްގައި އަހަރަކު 2000 ހައުސިންގ ޔުނިޓުގެ އިކުއިޓީ ދެވޭނެގޮތަށް ވަނީ ބަޖެޓްކޮށްފައެވެ. އެގޮތުން 2021 ވަނަ އަހަރު އަލަށް ފަށާ ނޭޝަނަލް ސޯޝަލް ހައުސިންގ މަޝްރޫޢަށް 496.1 މިލިއަން ރުފިޔާ އާންމު ބަޖެޓުން އިކުއިޓީގެ ގޮތުގައި ދިނުމަށް ރާވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން