ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދު އޭގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިންމު އެއް ސިނާއަތެވެ. ރާއްޖެއަށް ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކޮށް ކުރިއަރުވައި އާ ކަންކަން ތައާރަފް ކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންދިޔުމަށް މިވަގުތު ކުރަންޖެހިފައި އޮތް އެންމެ މުހިންމު އެެއްމަސައްކަތެވެ. މިކަމުގައި ސަރުކާރާއިއެކު ޓޫރިޒަމް ދާއިރާގެ މަޝްހޫރު ބޮޑެތި ވިޔަފާރިވެެރިންގެ ހިއްސާވެސް ބޮޑެވެ. އެގޮތުން ޔޮޓްޓްއާސްގެ ޗެއާމަން އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲޖާބިރަކީ ޓޫރިޒަމް ދާއިރާގައިވެސް ފާހަގަކޮށްލެވޭ އެދާއިރާގައި ވަރަށް ވެސް ޚިޔާލު ތަނަވަސް ބޭފުޅެކެވެ.

ރާއްޖޭގެ ފަތުވެރިވެރިކަން މުޅިން އާ ހަރުފަތަކަށް ގެންދިޔުމުގައި ޖާބިރު ގެންގުޅުއްވާ ތަސައްވަރު ވަރަށްވެސް ފުރިހަމައެވެ. "ޖާބިރު ވެލްނަސް ކްލަބް"ގެ ނަމުގައި ވަޓެވެއްރަހާގައި ރިސޯޓެއް ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ. މިއީ އެތަށް ގޮތަކުން ފަަތުވެރިންނަށް ގިނަ ޚިދުމަތްތަކެށް ލިބޭގޮތަށް ފަރުމާކޮށް ތަރައްގީކުރާ ރިސޯޓެކެެވެ. ޖާބިރުގެ ވެލްނަސް ކްލަބާއެކު ރާއްޖޭގެ ޓޫރިޒަމް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށް ޖާބިރު ވިދާޅުވެއެވެ.



"ރަސްއޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޔޮޓް ޓްއާސްގެ ޗެއާމަން އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ވިދާޅުވީ، ދުނިޔޭގެ ޓޫރިޒަމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަަމަށާއި، އެެހެން ނަމަވެސް ރާއްޖޭގެ ޓޫރިޒަމް އޮތީ ވަރަށް ފަހަތުގައި ކަމަށެވެ. އެގޮތުން ޓެކްނޮލެޖީގެ ގޮތުން ރާއްޖޭގެ ޓޫރިޒަމް އޮތީ ވަރަށް ފަހަތުގައި ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ތަސައްވަރަކީ "ޖާބިރު ވެލްނަސް ކްލަބްގައި" ރާއްޖޭގައި ފުރަތަމަ ފަހަރަށް ގޭމިން އެންޑް އެންޓަޓެއިންމަންޓް ޓޫރިޒަމް ތައާރަފްކުރުމެވެ. ރަސްެއޮންލައިން އަށް މައުލޫމާތު ދެއްވަމުން އަބުދު ﷲ ޖާބިރު ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޅާ ގޭމިން އެންޑް އެންޓަޓެއިންމަންޓް ސެންޓަރު އަޅާނީ މޫދުގައި ކަމަށާއި، އެއީ ސަތޭކަ މީހުންގެ ޖާގައިގެ ތަނެއް ކަމަށެވެ.

"ހަޔަރ ކްލާސް އަދި އެންމެ ހަޔަސްޓް ކްލާސް، އެ ސެންޓަރުގައި ހިމެނެނޭ ސިންގަޕޫރުގެ މެރީނާބޭ ކޮލިޓީއަށް ހެދިފައި އިންނަ ކުޑަ ޔުނިޓެއް މިތާގައި އިންނާނީ. އެއަށް ކިޔާނީ ގޭމިން އެންޑް އެންޓަޓެއިންމަންޓް އެ ކްލަބްގައި އޮޕަރޭޓްކުރަން ބޭނުންވާ ހުރިހާ މެޝިންތަކާއި ފެސިލިޓޭޓް ކުރުމަށް ސިޓީ މިހާރު ވާނީ ޓޫރިޒަމް މިނިސްޓްރީ އަށް ފޮނުވާފައި" ޖާބިރު ވިދާޅުވިއެވެ.

ކަނޑު އަޑީގައާއި ފަޅުތައް މަތީގައި ސިޓީތައް ގާއިމްކޮށް ގޭމިން ވަސީލަތްތައް ގާއިމް ކުރުމަކީ ވެސް ޖާބިރުގެ ވިސްނުންފުޅެކެވެ. އަދި ގޭމިން ފަންނާނުން ރާއްޖެ ގެނެސް ފަތުރުވެރިން އެ މުބާރާތްތައް ބެލުމަށް ގެނައުމާއި އެ ވަސީލަތްތައް ބޭނުން ކުރުމަށް ފަތުރުވެރިންނަށް އެ ތަކެތި އިޝްތިހާރު ކުރުމަކީ ޖާބިރު ގެންގުޅުއްވާ ތަސައްވަރުގެ ތެރޭގައި ހިމެނޭ ކަންކަމެެވެ.



ވަޓެވެއްރަހާގައި ހުޅުވާ ޖާބިރުގެ ވެލްނަސް ކްލަބާއި އެސަރަހައްދުގައި އޮންނަ ވާދޫއާއި ކޭބަލް ކާރުން ގުޅާލުމަށްވެސް ޖާބިރު ވަނީ ނިއްމަވާފައެވެ. ޗެއާމަން ޖާބިރު ވިދާޅުވީ ވާދޫގައި އޮތް ހުސް ބޮޑުބިމުގައި ގޮލްފް ކޯސްއެެއް އަޅަންޖެހޭ ކަމަށެވެ. އަދި ގދ. ވާދޫއާއި ޖާބިރު ވެލްނަސް ކުލަބާއި ގުޅާލުން އެއީ ޓޫރިޒަމް އާ ލެވެލަކަށް ގެންދިޔުމަށް ކުރަންޖެހޭ ކަމެއް ކަމަށެވެ.

"ވާދޫއާއި މިދޭތެރޭގައި ދުރުމިނަކީ 2.5 ކިލޯ މީޓަރު. ގޮލްފް ކޯސް ވާދޫގައި އަޅަން ޖެހޭނީ. ވާދޫގައި އެ އޮތް ބިމަކީ އެއްވެސް ބޭނުމެއް ނެތި އޮންނަ ބޮޑު ބިމަކަށްވެފައި މިތާ ކައިރީގައި ޖާބިރު ވެލްނަސް ކްލަބް އަޅާއިރު، ސިން ޓެކްނިކާ ކިޔާ އިޓާލިއަން ޓެކޮންލޯޖިކަލް ކުންފުންޏަކުން މިހާރު ދަނީ މަސައްކަތް ކުރަމުން ވާދޫ އާއި ޖާބިރު ވެލްނަސް ކްލަބް ވަޓެވެއްރަހާއިއާއި ދޭތެރޭގައި ކޭބަލް ކާރުން ގުޅާލުމަށް. މިއީ ޓޫރިޒަމް އަނެއް ލެވެލަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތެއް." ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވެލްނަސް ކްލަބްގައި ހޮޓެލް ސުކޫލެއް ހެދުމުގެ މަސައްކަތް ފެށުމަށް ނިއްމައި އެމަސައްކަތް ފެށުމުގެ ތައްޔާރީތަށް މިހާރު ވަނީ ފަށާފައެވެ. ޖާބިރު ވިދާޅުވީ ހޮޓެލް ސުކޫލް އެޅުމަށް ދުނިޔޭގެ އެންމެ މަޝްހޫރު އެފަދަ އެއް ކުންފުނި ކަމަށްވާ ދުޝިތާނީ ހޮޓެލްސް މެނޭޖްމަންޓާއި ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ.

"ދުޝިތާނީ ހޮޓެލްސް ގަބޫލުކުރާ އެކްސްޕެކްޓް ކުރާ މެނޭޖްކުރާ ހޮޓެލްސް ސުކޫލެއް އިމާރަތް ކުރުމަށް މާސްޓަރ ޕްލޭން ހެދި އެޕްރޫވަލަށް އެދޭނެ ވާހަކަ ދަންނަވަން." ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަށް ހެލިކޮޕްޓަރ ގެނެސް އޮޕަރޭޓް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. އެގޮތުން އެކަމުގެ ހުއްދައަށް އެދި ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ އެ ހެލިކޮޕްޓަރުތައް ބޭނުންކުރެވޭނީ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށާއި، ފަތުރުވެރިން އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ކަމަށެވެ. އެއާއެކު ދިވެހިންނަށް ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި ހެލިކޮޕްޓަރު ގެނެސް އޮޕަރޭޓްކުރާނީ އިތުބާރާއި ތަޖުރިބާ ހުރި ސަޕްލަޔަރުން މެދުވެރިކޮށް ކަމަށް ޖާބިރުގެ ޓްރާންސްޕޯޓަށް ހުށައެޅުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

"ހެލިކޮޕްޓަރު ބާއްވާނީ ވައްޓެވަރެހާގައި، ނަމަވެސް އެހެން ރިސޯޓްތަކުގައި ހެލިކޮޕްޓަރު ޖެއްސޭނެ ފަދަ ހެލިޕޭޑްތައް ގާއިމް ކުރެވިއްޖެނަމަ އެ ރިސޯޓްތަކަށް ވެސް ދަތުރުކުރެވޭނެ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވެލްނަސް ކްލަބްގައި 15 ބުރީގެ ޓަވަރެއް އެޅުމަށް ވެސް ވަނީ ނިންމާފައެވެ. އެއީ 250 ކޮޓަރި ހިމެނޭ އެއް ޓަވަރެވެ. އަދި ބިއްލޫރި މާލަންތަކާއި ބިއްލޫރި ޖެޓީއާއި ގަނޑުވަރެއް އެޅުމަކީ ޖާބިރުގެ ތަސައްވަރެކެވެެ. އެހެންކަމުން ޖާބިރުގެ މިމަސައްކަތް ހަގީގަތަަކަށްވެ ނިމޭއިރު ވެލްނަސް ކްލަބާއެކު ޖާބިރު ގެންގުޅުއްވާ ޓޫރިޒަމްގެ އާ ކޮންސެޕްޓް ވެގެންދާނީ އަނެއްކާވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ އާ ތަޖުރިބާ އަކަށެވެ.


ކިޔުންތެރިންގެ ހިޔާލު


0

މުހައްމަދު ޖާބިރު (ޖާބިރު ދަރި)

22-Jun-2021

ބައްޕާ ބައްޕަ އަށް ގޮރުވެސް ހެނޑޭނެ.



ޓްރެންޑިން