މީގެ އަހަރުތަކެއް ކުރީން އަހަރަމެންނަކީ، އަމިއްލަވަންތަ ބައެއްގެ ގޮތުގައި އަމިއްލަ ޤައުމުގެ މީހުން އެމީހުންގެ އަތްތަކުން ހުރިހާ ކަމެއްކޮށްގެން ފުދުންތެރިކަމާއެކު ދިރިއުޅެމުން އައިބަޔަކީމުއެވެ. ދިވެއްސަކަށްވީތީ ފަޚުރުވެރި ވާން، އޭރުޖެހެނީ މިދެންނެވި ބީދައިން އަހަރަމެންގެ ކަންކަން އަހަރަމެން އަމިއްލަައަށް ނިންމާތީއެވެ. ނަމަވެސް ޒަމާނާއެކު ބަދަލުވެގެންދިޔަ ދުނިޔޭގެ އިޤްތިސާދުގެ މައިހަބް ތަކުން މަސައްކަތްފެށީ، އިންޑިޔާ، ސްރީލަންކާ އަދި ބަގްލަދޭޝްގެ މަސައްކަތު ފޯހާއެކުގައިކަން ޤަބޫލުކުރާންޖެހެއެވެ. ޚާއްސަކޮށް މެދުއިރުމައްޗާ، އޭޝިޔާގެ ޤައުމުތަކުގައި ބަގްލަދޭޝްއަށް ނިސްބަތްވާ ގިނަޢަދަދެއްގެ "ލޭބަރުން" ޙަރަކާތްތެރިވާންފެށުމުގެ ނަތީޖާއަކަށްވީ ދިވެހި ރާއްޖޭގެ އިޤްތިސާދީ ނާރެހުގައިވެސް މަސައްކަތުމީހުންގެ ގޮތުގައި ބޭރުމީހުން ގިނަވާންފެށުމެވެ.
އިމިގްރޭޝަންގެ ތަފާސް ހިސާބުތަކަށްބަލާއިރު 17 ފެބްރުއަރީ 2019 އާއިހަމައަށް 144،607 މީހުން ވޯކްވިސާގައި ރާއްޖެ އެތެރެވެފައި ވާއިރު އޭގެތެރެއިން 63،000 މީހުންނަކީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވަރަށް ފާޅުކަންބޮޑުކޮށް އުޅެމުންދާ ބައެއްކަމަށާ، އަދި މީގެއިތުރުންވެސް ޤަވާޢިދާ ޚިލާފަށް ކޯޓާ ހޯދައިގެންއުޅޭ 63،000 ހާހެއްހާ ބިދޭސީން ރާއްޖޭގައި ތިބިކަމަށް 2019 ވަނަ އަހަރުތެރޭ އިމިގްރޭޝަނުންވަނީ ބުނެފައެވެ. އެހެންކަމުން މިއީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވީހިނދު، މިނުރައްކާތެރި މައްސަލަ އާއިމެދު އެޅުނު ފިޔަވަޅަކީ ކޮބައިތޯ ބަލާލުމަކީވެސް މުހިއްމުކަމެކެވެ. ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުގައި، ޤަވާޢިދާ ޚިލާފަށް ތިބި މިފަދަ ބިދޭސީން އަލުން ރީ ރަޖިސްޓްރީކޮށް ހަމަ މަގަށް އެޅުވުމަށް ފުރުސަތު ހުޅުވާލައި ކޮންމެވެސް ވަރަކަށް އެކަންކޮށްފައިވާކަން ފާހަގަކޮށްލަމެވެ. ނަމަވެސް ސުވާލަކީ، ރާއްޖޭގައި ހިންގާ ބޮޑެތި ޖަރީމާތަކުގެ މުގުލުގައި މިފަދަ ފަރާތްތައް ތިބިކަން ސަރުކާރަށް ފަހުމް ނުވަނީތޯއެވެ. ކުޑަކުދީންގެ ޖިންސީ މައްސަލަތަކާ، މަސްތުވާތތަކެއްޗާ، އަދި "ނާސިގެ" ހިންގުންފަދަ މިދިވެހި އިސްލާމީ މުޖުތަމަޢު އާއި ނުގުޅޭ އެތަށްކަމެއްގެ މޭސްތިރިންގެ ގޮތުގައި މިދެންނެވި ބޭރުގެ މަސައްކަތުމީހުން މިރާއްޖޭގައި ހޭބޯނާރާއުލޭކަން ނޭނގެނީތޯއެވެ. ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާ، ޤަވާޢިދުތަކަށް ކަނޑައެޅިގެން ކޮޅުފައިން ޖެހުމަށްފަހު ރާއްޖޭގައި ވަގުވިޔަފާރި "ހެސްކިޔާފައި" ކުރާކަން ނޭގެނީތޯއެވެ. ކަންމަތީ ފިހާރަތަކާ، މާރުކޭޓްތަކާ، ރާއްޖޭގައިހައްދާ، ފަލަމަޑީގެ ބާވަތްތަކާ، ކުދިކުދި ގާރމެންޓް ފިހާރަތަކުގެ "އޯނަރުން" ގެ ގޮތުގައި މިއަދު ޙަރަކާތްތެރިވަނީ ކޮންމެވެސް ކުންފުންޏަކުން ވަޑާމުގެ މަސައްކަތަށް ނުވަތަ ރޭނުމުގެ މަސައްކަތަށް ގެންނަ އެބިދޭސީ މަސައްކަތުމީހާނޫންތޯއެވެ. ވަކި ހިސާބަކުން މީހާ ގުޅިގެން ރޭވުންތެރިކަމާއެކު ގެންނަމީހާ ފިލަނީއެވެ. ދެން އެމީހާ ގެންނަފަރާތުން "ފިލައިފި" ކަމަށް ޕޮލިހުގައި މައްސަލަ ރެކޯރޑްކުރުމުން އެހިސާބުން އެމައްސަލަނިމި، ފިލިމީހާއަށް ރާއްޖޭގެ ޤާނޫނުތަކާ، އަދި ޤަވާޢިދުތައް ތަންނުދޭ، އުސޫލުތަކުގެ ބޭރުން ވިޔަފާރިކޮށް ބޮޑު މުއްސަންޏަކަށް ވުމުގެ ދޮރުހުޅުވުނީއެވެ. ސުވާލަކީ މިދަރަޖައަށް އަޅުގަނޑުމެންގެ ޤައުމު ވެއްޓިގެންދާއިރު އަދިވެސް އަތްއުރާލައިގގެން "ހައްޕު" ކިޔައިގެން ތިބެންވީތޯއެވެ. މިއީ ޤައުމީ ބޮޑުމައްސަލައެއްގެ ގޮތުގައި ނަގަންޖެހޭ މައްސަލައެއް ނޫންތޯއެވެ. މިރާއްޖެއަށްވުރެ ފަސޭހަކަމާއެކު، ބޭރުމީހުންނަށް "ވަގަށް" ވިޔަފާރިކުރެވޭ ދެވަނަ ޤައުމެއް ދުނިޔޭގައި ނޯންނާނެކަން ކަށަވަރެވެ. ދިވެހި މީހާގެ ނަމުގައި އޮންނާނީ ވިޔަފާރިނަމެވެ. އޭނާއަށް ކޮންމެމަހަކު ހާހަކަށް ރުފިޔާ ލިބުމުން "އީޒީ" މަނީއޭ ބުނެ ފަރުޖައްސާލެވޭ ނޫންތޯއެވެ. އެކަމަކު އޭނާގެ ފަރާތުން އޭނާގެ ޤައުމަށް މިދެވޭ ގެއްލުމާމެދު ފުންކޮށް ވިސްނާލެވޭނަމަ އެގޮތްވާން ދޫކޮށްލެވޭނެ ތޯއެވެ.
ތިމާޔާ އަދި ތިމާގެ ދަރީންގެ ދަރީންނަށް މިރާއްޖެ ސުލްޙަވެރިކަމާއެކު، އަދި އަމާންކަމާއެކު ފޯރުކޮށްދެވޭނީ ދިވެހީންވެސް ހޭއަރައިތިބެގެންނެވެ. ބޭރުމީހުންގެ އަތްމައްޗަށް ހުރިހާކަމެއް ދޫނުކޮށް ވަތަނީ ރޫޙުގައި މަސައްކަތްކޮށްގެންނެވެ. އަދި ސަރުކާރުންވެސް އިޚްލާސްތެރިކަމާއެކު މިކަންކަން ޙައްލުކޮށްދީގެންނެވެ. މިއީ ކަޅުފައިސާ ދޮންނަ ބަނދަރަކަށްވެ، މިއީ ފަސޭހަކަމާއެކު ބޭރުމީހުންނަށް ކަންމަތީ ފިހާރަހިންގޭ ޤައުމަކަށްވެއްޖެނަމަ ފަހުގެ ޒަމާނެއްގައި ރޮހިންޖާ އަށްވީގޮތް ވެދާނެކަމާމެދު ދިވެއްސެއްގެ ޙައިސިއްޔަތުން ބިރުވެތިވެއެވެ. އަޅުގަނޑުވެސް ޤަބޫލުކުރާ ގޮތުގައި ރާއްޖެ މިއޮތީ ވަށާޖެހިފައިވާ ދުނިޔެއެއްގައެވެ. އެހެންކަމުން ރާއްޖޭގައިތިބި ހުރިހާ ބިދޭސީން ޑީޕޯރޓްކުރަންވެއްޖެނަމަ އިޤްތިސާދީ ބޮޑުލޮޅުމެއް އެކަމުގައި އަރާނެއެވެ. އެހެންކަމުން ދިވެހި ސަރުކާރުންވެސް އަދި ބޭރުމީހުން ގެންނަ ކުންފުނިތަކުންވެސް ވިސްނަންވީ ރާއްޖެއަށް ވޯކްވިސާގައި އެތެރެވާ އެއްވެސް ބިދޭސީއަކަށް މިރާޖޭގައި ވިޔަފާރި ނުކުރެވޭނެކަމެވެ. ހިތާމައަކީ މިއަދު ބޮޑެތި އެޕާރޓްމެންޓް ހިފައިގެން މިފަދަ މީހުން ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ތަކެތި އެތެރެކޮށް އަދި ރާއްޖޭގައި ވިޔަފާރި ކުރާކަމެވެ. ކޮންސްޓްރަކްޝަން ކުންފުނިތަކާ، ޢާއްމު ފަރުދުން ކުރާން އޮންނަ ކުދިވިޔަފާރިތަކަށްވެސް ފުއްމައިގަނެ، އެއަރކޯން މަރާމާތުކޮށްދިނުމާ، ގޭގޭގެ ފާޚާނާ ތައް ރަނގަޅުކުރުންފަދަ މަސައްކަތްތަކަށްވެސް ވެރިވެގަތީއެވެ. ވީމާ ސަރުކާރުން ބީރުކަންފަތަކާ، ކަނު ލޮލެއް މިކަމަށް ދީގެން އަޅާނުލައިފިނަމަ މިލޮބުވެތި ވަތަން މިއީ ދިވެހީންގެ އަތުން ބީވެގެންދާނެ ވަތަނެއްކަމުގައި އަޅުގަނޑުގެ ތަސައްވުރު ޤަބޫލުކުރެއެވެ. ދިވެހި ރާއްޖޭގެ އިމިގްރޭޝަން ޤާނޫން ނަމްބަރު 2007/1 ގެ 15 ވަނަ މާއްދާގައި ބަޔާންކުރަނީ "ވާރކް ވިޒާ އަކީ ސަރުކާރުގެ ކަމާއިބެހޭ ދާއިރާއަކުން ހަމަޖައްސާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތީން، ރާޢްޖޭގައި މަަސައްކަތްކުރުމުގެ ހުއްދަ ހޯދައިގެން، ރާއްޖެއަށް މަސައްކަތްކުރުމަށް އަންނަ ބިދޭސީއަކު އޭނާ، މަސައްކަތްކުރުމަށް ރާއްޖޭގައި ހުއްދަ ކޮށްފައިވާ މުއްދަތަށް، ރާއްޖޭގައި ހުރުމަށްދެވޭ ހުއްދައެކެވެ" މިހެންނެވެ. ފަހަރެެއްގައިވެސް މި ޤަވާޢިދުގައި އެފަދަމީހުން ރާއްޖޭގައި ހިތުހުރިގޮތަކަށް އުޅެ، ރާއްޖޭގައި ވިޔަފާރި ކުރުމަކަށް ހުއްދަދީފައެއް ނުވެއެވެ. އަދި ކަންމަތީ ފިހާރަތަކާ، ސައިހޮޓަލާ، ގެސްޓްހައުސްތަކާ، ގާޑިޔަލާ، މާރުކެޓުތައް ހިންގުމަކަށްވެސް މި ޤަވާޢިދުގައި އެމީހުންނަކަށް ތަނެއްދީފައެއް ނުވެއެވެ. ވީއިރު ކަނޑައެޅިގެން ބަޔަކު ނުވަތަ މީހަކު، ރާއްޖޭގެ ޤާނޫނުތަކާ، ޤަވާއިދުތައް މުގުރާ، ރާއްޖޭގައި ހާމަކަންބޮޑުކޮށް މިފަދަ ވިޔަފާރި ކުރަމުންދާއިރު މޯލްޑިވްސް ޕޮލިސް ސާރވިސް އާއި، ގުޅުންހުރި އެހެނިހެން އިދާރާތަކުން އަޅާނުލަނީ ކީއްވެތޯއެވެ.
6 ފެބްރުއަރީ 2019 ގައި ދިވެހި ފުލުހުންނާއި އަދި އިމިގްރޭޝަން ގުޅޅިގެން ޤަވާޢިދާ ޚީލާފަށް އުޅެމުންދާ ބިދޭސީން ހޯދުމުގެ މަސައްކަތް ފެށި ޚަބަރާއެކު ހިތަށް އުފާވެރިކަން ގެނުވިޔަސް މާލޭގެ ބައެއް ގޯޅިތަކަކީ އަދިވެސް "ޗާލާބާޒާރު" ނޫންތޯއެވެ. ޤަބޫލު ކުރިޔަސް އަދި ނުކުރިޔަސް ބޭރުމީހުންނަށް ރާއްޖޭގައި "ބޭނުންހާ" ގޮތަކަށް އުޅުމުގެ ފުރުސަތު މިހާރު ދީފައި އޮތްގޮތަށް ދެމިއޮވެއްޖެނަމަ މިރާއްޖޭގެ މުސްތަޤްބަލާމެދު އަޅުގަނޑު މިލިޔުމުގައި ޖަހާނީ ޙައިރާން މާކެކެވެ ..! މާލޭގެ މަގެއްގައި ހިނގާފައިދާއިރު ތިންމީހަކު ފެނިއްޖެނަމަ ދެވަނަ މީހަކީވެސް އަދި ތިންވަނަމީހަކީވެސް ބޭރުމީހެއް ނޫންތޯއެވެ. ދިވެހީންނަށް ހުޅުވާލާ "އަގުހެޔޮ ބާޒާރު" ތަކުންވެސް ގައިގޯޅިވެގެން ފެންނަނީ އެމީހުންނޫންތޯއެވެ. މާރުކޭޓުގެ މަސްކޮންޓްރޯލް ކޮށް، އަތޮޅުތަކުން މާލެގެންނަ ކާއެތިކޮޅުގެވެސް "ބަސްކިޔާ" މީހުންނަކީ އެއީ ނޫންތޯއެވެ. ދިވެއްސަކަށް އޮތީކޮން ބާރެއްތޯއެވެ. ދިވެހި މީހާ "ސްލީޕިންގ ޕާރޓްނަރެއްގެ" ގޮތުގައި ނިދާފައި އޮތްވާ، "ކަތިވަޅިޔާ، މަރިޔަނބު" ވެސް ގޮވައިގެންދަނީ ހަމަ އެބޭރުމީހާ ނޫންތޯއެވެ.
އަޅުގަނޑުގެ ޤަބޫލުކުރާ ގޮތުގައި ނުވަތަ އަޅުގަނޑަށް ބޭރުގެ މަސައްކަތުމީހުންނާމެދު ފެންނަ ޚިޔާލީ ތަސައްވުރަކީ ތިލަފުށީގައި "ލޭބަރ ކްއާޓަރޒް" އެއް ހެދުމަށްފަހު، ހުރިހާ ލޭބަރުން އެތަނުގައި ތިބުމެވެ. މާލޭގެ އެއްވެސް ތަނެއްގައި އެމީހުންނަށް ތިބެވިގެންނުވާނެއެވެ. އަދި ވިޔަފާރިވެސް ކުރެވިގެންނުވާނެއެވެ. ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރި މޯލްތަކުގައި ޙަރަކާތްތެރިވާ ބިދދޭސީންގެވެސް "ނިދާ ޖަގަހަ" އަކަށް ވާންވާނީ ހަމަ ތިލަފުށީ "ލޭބަރ ކްއާޓަރޒް" އެވެ. އެއްވެސް ކަމެއްނެތި މާލޭގެ އެއްވެސް ހިސާބަކުން ބިދޭސީ މަސައްކަތު މީހަކު ފެނިގެންނުވާނެއެވެ. ހުކުރު ދުވަހަކީ ބަންދު ދުވަހަކަށް ވީހިނދު، ފެރީ ނިޒާމުގެ ތެރެއިން އެމީހުންނަށް މާލެ، ހުޅުމާލެ އަދި ވިލިގިއްޔަށް ފޭބޭނީ ޚާއްސަ ހުއްދަޔަކާއެކު ވަކި ޢަދަދެއްގެ ފީއެއް ދެއްކުމަށްފަހުގައެވެ. ޖުމްހޫރީ މައިދާން، އަދި ރަސްރަނި ބަގީޗާފަދަ ރާއްޖޭގެ މުހިއްމު ތަންތަނަށް ދާނަމަ އެތަންތަނަށް އެންޓަރވުމުގެ ފީއެއްވެސް އެމީހުންގެ އަތުން ނެގެންޖެހޭނެއެވެ. އަދި ތިލަފުށީގައި ހެދިފައިވާ ލޭބަރ ކްއާޓަރޒް އަކީ، ސަރުކާރުން ޢިމާރާތްކޮށްފަައިވާ އަދި ސަރުކާރަށް ޢާމްދަނީ ލިބޭ ތަނަކަށް ވާންޖެހޭނެއެވެ. އެތަނުގައި ބޭރުގެ މަސައްކަތުމީހުންނަށް ޚާއްސަކޮށްގެން، ތަފާތު ކެފޭތަކާ، ކުޅިވަރުކުޅޭނެ ތަންތަނާ، ބޭސްފިހާރަޔާ، ހެލްތު ސެންޓަރަކާ، އަދި މިސްކިތެއް ހުންނަންޖެހޭނެއެވެ. އެއިރުން ބިދޭސީންގެ އަތްދަށުން އަހަރަމެންގެ ޤައުމު ސަލާމަތްކޮށް އަމާން އައްސޭރިއަކަށް ގެންދެވޭނެކަމުގެ އުއްމީދު ވަރަށްބޮޑެވެ. އެދެނީ ދިވެހި ސަރުކާރުން މިކަންތައްތަކަށް ސަމާލުކަންދެއްވާ މި ނުބައި އާދައަށް އަވަސް ޙައްލެއް ހޯއްދަވާދެއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު