ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު އިންގްލެންޑްގެ ހެންޑަސަން
ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު އިންގްލެންޑްގެ ހެންޑަސަން
ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީފައިލަގެ ޖާގަތައް ސްޕެއިން، އިޓަލީ، އިންގްލޭންޑް އަދި ޑެންމާކް ކަށަވަރު ކޮށްފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެރޭ ސްވިޒަލޭންޑް ޕެނަލްޓީގައި ބަލިކޮށް މުބާރާތުގެ ރެކޯޑް ޗެމްޕިއަން ޓީމު ސްޕެއިން ވަނީ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ. ރަޝިޔާގެ ސެއިންޓް ޕީޓާސް ބާގް ސްޓޭޑިއަމުގައި ކުޅުނު މެޗުން ސްޕެއިން ކުރި ހޯދީ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ގެ ނަތީޖާއަކުން މެޗު އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ސްވިޒަލޭންޑުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ބޭކާރުވެގެން ދިޔަ އިރު، ސްޕެއިނުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ހުކުރު ދުވަހުގެ ރޭ ބެލްޖިއަމް 2-1 ގެ ނަތީޖާއަކުން ބަލިކޮށް އިޓަލީން ވަނީ މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ހޯދައިފައެވެ. މިމެޗުގައި އިޓަލީގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ ނިކޮލާ ބަރޭލާ އެވެ. އިޓަލީގެ ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމުމުގެ 4 މިނިޓްކުރިން އެޓީމަށް ކާމިޔާބުކޮށް ދިނީ އިންސިންޔޭ އެވެ. ބެލްޖިއަމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ރޮމެލޫ ލުކާކޫ އެވެ.

ސެމީފައިނަލުގައި އިޓަލީ ބައްދަލުކުރަން ޖެހޭނީ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ސްވިޒަލޭންޑް އަތުން ޕެނަލްޓީޖަހައިގެން މޮޅުވެ ސެމީއިން ޖާގަހޯދި ސްޕެއިން އާއެވެ. މި މެޗު އޮންނާނީ އަންނަ އަންގާރަދުވަހުގެ ރޭ ދަންވަރު 12:00 ގައެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ހޮނިހިރު ދުވަހުގެރޭ ޗެކް ރިޕަބްލިކް ބަލިކޮށް ޑެންމާކުން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފަ އެވެ. އަޒަރުބައިޖާނުގެ ބަކޫ އޮލިމްޕިއާ ސްޓޭޑިއަމުގައި ކުޅުނު މެޗުން ޗެކް ރިޕަބްލިކުގެ މައްޗަށް ޑެންމާކު ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފަސްވަނަ މިނެޓްގައި ލިބުނު ކޯނަރަކުން ޑެންމާކަށް ލީޑު ނަގައިދިނީ ތޯމަސް ޑެލޭނީ އެވެ. ފުރަތަމަ ހާފު ނިމެންދަނިކޮށް ޑެންމާކަށް ނަތީޖާގެ ފަރަގު ބޮޑުކޮށްދިނީ ކޮށްދިނީ ކެޝްޕާ ޑޯލްބާގް އެވެ. ޗެކް ރިޕަބްލިކުން ފަރަގު ކުޑަކުރީ ޕެޓްރިކް ޝިކްގެ ގޯލުންނެވެ. މިފަހަރުގެ މުބާރާތުގައި އޭނާ ޖުމުލަ ފަސް ގޯލު ޖެހި އިރު، އެއަދަދަށް މުބާރާތުގައި ގޯލް ޖަހާފައިވަނީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ހަތަރުވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ޔުކުރޭން 4-0 ގެ ބޮޑު ތަފާތަކުން ބަލިކޮށް އިނގިރޭސިވިލާތް ވަނީ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފައެވެ. ރޭ އިނގިރޭސިންނަށް ލަނޑުތައް ޖަހާދީފައި ވަނީ ދެ ގޯލް ކާމިޔާބުކޮށްދިން ކެޕްޓަން ހެރީކޭން އާއި، ހެރީ މެގުއާ އާއި އަދި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖޯޑަން ހެންޑަސަންއެވެ.

ސެމީފައިނަލުގައި މިމަހުގެ 7 ވަނަ ދުވަހު އިންގުލޭންޑު ބައްދަލުކުރާނީ ރޭ ކުޅެވުނު ކުއާޓާފައިނަލުގެ 3 ވަނަ މެޗުގައި ޗެކްރިޕަބްލިކު އަތުން 2-1 ން މޮޅުވި ޑެންމާކް އާއިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން