އުމުރުން 85 އަހަރުގެ ގޮވިންދަން ގޯޕަލަ ކްރިޝްނަން އަކީ އިންޑިއާގައި އެންމެ ގިނަ މިސްކިތް ފަރުމާ ކުރި މީހާއެވެ. ގޯޕަލަ ކްރިޝްނަން މަޝްހޫރުވެފައިވަނީވެސް އިންޑިއާގެ "މިސްކިތް މީހާ" ގެ ނަމުންނެވެ.

އޭނާގެ 60 ވަރަކަށް އަހަރުވީ މިމަސައްކަތުގައި 4 ޗާޗެއްގެ އިތުރުން 12 ވަރަކަށް މިސްކިތް ފަރުމާކޮށްފައިވެއެވެ.



ގޯޕަލަ ކްރިޝްނަންގެ މަސައްކަތާއި ބެހޭގޮތުން އޭނާ ބުނެފައިވަނީ މިސްކިތް ފަރުމާކުރުމުގެ މަސައްކަތްކުރަނީ އިންސާނިއްޔަތަށް ޓަކައިކަމަށެވެ. އަދި ހުރިހާ ދީނަކަށްވެސް އޭނާ ހުރުމަތްތެރިކޮށް ހިތާކަމަށާއި، ދީން ދެނެގަނެ، ދީނަށް އުޅުމަށް މަސައްކަތްކުރާކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ. މިގޮތުން ޤުރުއާން، ބައިބަލް، އަދި ހިންދޫ ދީނުގެ ފޮތްތައް ގެންގުޅެ ކިޔައި ހަދާކަމަށް ގޯޕަލަ ކްރިޝްނަން ބުނެފައިވެއެވެ.

"އަހަރެން ރޯދަ މަހު ރޯދަ ހިފުމުގެ އިތުރުން، ހިންދޫ ދީނުގެ އަޅުކަންތައްވެސް ކުރަން. އަހަރެންގެ އަންހެނުންނަކީ ކްރިސްޓިއަނެއް. އޭނާއާއިއެކު އީސްޓަރ ފާހަގަކޮށް ކްރިސްޓިއަން ދީނުގެ އަޅުކަންތައްވެސް ކުރަން. އަހަރެންގެ ދެފިރިހެންދަރިން އިނދެގެން އުޅެނީ މުސްލިމުންނާ. ގޭގައި ހުރިހާ ދީނަކަށް މިނިވަންކަން އޮންނާނެ. އަދި މަރުހަބާވެސް ކިޔަން." ގޯޕަލަ ކްރިޝްނަން ބުނެފައިވެއެވެ.



ގޯޕަލަ ކްރިޝްނަން ވަނީ މަތީ ތައުލީމު ހާސިލުކުރުމަށް މާލީ ހާލަތު ތަންނުދިން ނަމަވެސް، ފަރުމާ ކުރުމާއި، އިމާރާތްކުރުމަށް ހުރި ޝައުގުވެރިކަމާއެކު އޭނާގެ ބައްޕަގެ ފަރާތުން މިމަސައްކަތް ދަސްކޮށްފައެވެ. އޭނާ އެންމެ ފާހަގަކުރާ އެއް މަސައްކަތަކީ، 1964 ވަނަ އަހަރު ހުޅުވި، އޭނާގެ ބައްޕަ އާއެކު ފަރުމާކޮށްފައިވާ ޕަލަޔާލަމް ނަމަކަށްކިޔާ މިސްކިތުގެ މަސައްކަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން