ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާ ހައްޔަރުކޮށްފިއެވެ.

ރާޖް ކުންދްރާ ހައްޔަރުކޮށްފައިވަނީ ބަރަހަނާ ފިލްމު އުފައްދައި، އެފަދަ ފިލްމުތައް ދައުރުކުރަމުން ގެންދާ ކަމުގެ ތުހުމަތުގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެރޭގެ ވަގުތެއްގައިކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިކަން ޔަގީންކޮށްދީ އިންޑިއާގެ ފުލުހުން އާންމުކޮށްފައިވާ ލިއުމެއްގައި، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ތަހުގީގުކުރަމުންދާ، ބަރަހަނާ ފިލްމު އުފައްދައި، މޯބައިލް އެޕް މެދުވެރިކޮށް އެފަދަ ފިލްމުތައް ހިއްސާކުރަމުންދާކަމުގެ ތުހުމަތަކާއި ގުޅިގެން ރާޖް ކުންދްރާ ހައްޔަރުކޮށްފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އޭނާ ހައްޔަރު ކުރީ އޭނާއާއި ދެކޮޅަށް ހެކި ލިބިގެންކަމަށާއި، މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް އިންޑިއާގެ ފުލުހުން ހާމަކޮށްފައިވެއެވެ.

އިންޑިއާގެ މަޝްހޫރު ފިލްމީތަރި ޝިލްޕާ ޝެޓީ އަދި އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ރާޖް ކުންދްރާ ކައިވެނިކޮށްފައިވަނީ 2009 ވަނަ އަހަރުއެވެ. މިދެމަފިރިންނަށް ދެ ކުދިން ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން