އުމުރުން 31 އަހަރުގެ އަންހެނަކަށް ދުނިޔޭގެ އެންމެ ބޮޑު އަނގައިގެ ލަގަބު ލިބި ދުނިޔޭގެ ރިކޯޑުފޮތަށް އަރައިފިއެވެ.

ސަމަންތާ ނަމަކަށް ކިޔުނު މިއަންހެން މީހާ ފުރަތަމަ މަޝްހޫރު ވެގެން ދިއައީ ޓިކްޓޮކް ކުޅެގެންނެވެ. ޓިކްޓޮކްގައިވެސް ސަމަންތާ ބޮޑަށް މަޝްހޫރުވެފައިވަނީ އޭނާގެ ބޮޑު އަނގަޔާ ހެދިއެވެ. މިގޮތުން އޭނާ ދަނީ އެކި ޓިކްޓޮކް ވީޑިއޯގައި އޭނާގެ އަނގަ ބޭނުންކޮށްގެން އެކި މަޖާ ހުނަރު ދައްކަމުންނެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ، އެއްފަހަރާ އޭނާއަށް ކެވެނީ ކިހާ ޑޯނަޓެއް ތޯ އަދި ކިތައް ބާގާ އަދި ޗިޕްސްތޯ ބެލުމަށް އޭނާ ކުޅެފަ ހުންނަ ވީޑިއޯއެވެ.

ސަމަންތާ ބޮޑުވަމުން އައިއިރު، ބޮޑު އަނގައޭ ކިޔައިގެން ވަރަށް ގިނަ މީހުން އޭނާއަށް މަލާމާތްކޮށް ހަނގާ ކުރިކަމަށް ސަމަންތާ ފާހަގަކޮށްފައިވެއެވެ. ނަމަވެސް މިހާރު ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް އޭނާއަކީ ތަފާތު ކަމެއް ހުންނަ މީހެއް ކަމަށް ގަބޫލު ކުރާކަމަށް ސަމަންތާ ވަނީ ފާހަގަކޮށްފައެވެ.

ސަމަންތާ ރިކޯޑު ފޮތަށް އަރާފައިވަނީ އޭނާގެ އަނގަ 6.52 ސެންޓިމީޓަރަށް ހުޅުވޭތީއެވެ.

މިއާއިއެކު "ގިނިސް ވޯލްޑް ރިކޯޑްސް" އިން ވަނީ ދުނިޔޭގެ އެންމެ ބޮޑު އަނގައިގެ ލަގަބު ސަމަންތާއަށް ދީފައެވެ. މިއީ މިލަގަބު ލިބުނު ފުރަތަމަ މީހާކަމަށްވެސް ގިނިސް ވޯލްޑް ރިކޯޑްސް އިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން