އިންޑިއާގެ މަޝްހޫރު ފިލްމު ޑިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ ފިލްމް "ބައިޖޫ ބަވްރާ" ކުޅުމަށް ރަންވީރު ސިންގ ސޮއިކޮށްފިއެވެ.
މިފިލްމު ވެގެންދާނީ 1952 ވަނަ އަހަރު ފުރަތަމަ ރިލީޒް ކުރެވުނު ލަވަޔާއި މިއުޒިކުގެ ލޯބީގެ ހިންދީ ފިލްމު "ބައިޖޫ ބަވްރާ" ގެ ރީމޭކް އަކަށެވެ.
ރަންވީރު ސިންގ މިފިލްމު ކުޅުމަށް ސޮއިކުރުމުގެ ކުރިން، މިފިލްމުގެ ލީޑް ރޯލު އަދާ ކުރާނެ ކަމަށް އަޑުފެތުރިގެން ދިއައީ ރަންބީރް ކަޕޫރް ކަމަށެވެ. އަދި ރަންބީރަށް ދިން ފުރުސަތުގެ ބޭނުން ނުހިފީކަމަށް ވާހަކަ ފެތުރުނު ނަމަވެސް ބަންސާލީގެ ޓީމުން ވަނީ މިކަން ދޮގުކޮށްފައެވެ. އަދި ރަންބީރް ކަޕޫރަށް ބަންސާލީގެ ފިލްމެއް ކުޅުމަށް ދިން ފުރުސަތު ތަކުގެ ތެރެއިން އޭނާ ދޫކޮށްލާފައިވަނީ ގުޒާރިޝް ފިލްމުގެ ރޯލު އެކަނިކަމަށްވެސް ބަންސާލީގެ ޓީމުން ފާހަގަކޮށްފައިވެއެވެ.
ފިލްމް ބައިޖޫ ބަވްރާއަށް ރަންވީރު ސޮއި ކުރިކަމަށް ދެކެވޭ ވާހަކަތަކަށް ބަންސާލީގެ ޓީމުން އެއްބަސްވެފައިވަނީ މިފިލްމުގެ ތަރިންގެ މައުލޫމާތު ލީކު ވުމުންކަމަށްވެސް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. މިފިލްމުގައި ރަންވީރް ސިންގ ފެނިގެންދާނީ ފިލްމުގެ ލީޑް ރޯލުންނެވެ.

ކިޔުންތެރިންގެ ހިޔާލު