ހިންދީ ފިލްމު ޗެހެރޭގެ ޕޯސްޓަރެއް.
ހިންދީ ފިލްމު ޗެހެރޭގެ ޕޯސްޓަރެއް.
ބޮލީވުޑްގައި އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއްތަރިކަމަށްވާ އަމީތާބް ބައްޗަންގެ "ޗެހެރޭ" މިމަހު ބޮޑުސްކްރީނަށް އަންނާނެކަން އިއުލާންކޮށްފިއެވެ.

ހިންދީ ފިލްމު ޗެހެރޭ އަކީ އަމީތާބް އަދި އިމްރާން ހާޝްމީ އެކުގައި ލީޑުން ފެނިގެންދާނެ ފިލްމެކެވެ. މިފިލްމަކީ މިސްޓަރީ ތުރިލާ ޖޯންރާގެ ފިލްމެކެވެ.

މިފިލްމުގައި އަމީތާބް އަދި އިމްރާންގެ އިތުރުން، ފިލްމީތަރި ކްރިސްޓަލް ޑީ ސޫޒާ އަދި ރެއާ ޗަކްރަބޯޓީ ފެނިގެންދާނެއެވެ.

ޑިރެކްޓަރ ރޫމީ ޖެފްރީގެ މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިހިނގާ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުއެވެ. ކޮވިޑާ ގުޅިގެން މިފަހަކުން ބޮލީވުޑްގެ ގިނަ ފިލްމުތަކެއް އޮންލައިންކޮށް ރިލީޒްކޮށްފައިވީނަމަވެސް ފިލްމު ޗެހެރޭ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ބޮޑު ސްކްރީނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން