ސިންގަޕޫރުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ޚިދުމަތްތެރިން ހަރަކާތްތެރިވަނީ
ސިންގަޕޫރުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ޚިދުމަތްތެރިން ހަރަކާތްތެރިވަނީ
މިއަދު އަލަށް ޕޮޒިޓިވްވި 884 މީހުންނާއެކު ސިންގަޕޫރުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 24،671 އަށް އަރާފައިވާއިރު، އެގައުމުން ޕޮޒިޓިވް ވެފައިވާ މީހުންގެ 90 އިންސައްތަ މީހުންނަކީ ބިދޭސީ މަސައްކަތްތެރީންކަން ސިންގަޕޫރުގެ ހެލްތު މިނިސްޓްރީއިން ހާމަކޮށްފިއެވެ.

އިއްޔެ ޕޮޒިޓިވްވި 451 މީހުންގެ ތެރެއިން 2 މީހުން ފިޔަވައި ހުރިހާ ކޭސްތަކަކީ ބިދޭސީ މަސައްކަތްތެރިން ބޭތިއްބުމަށް ހަދާފައިވާ ތަންތަނުން ފެނިފައިވާ ކޭސްތައްކަން އެގައުމުގެ ހެލްތު މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. މިއީ އެހެން ދުވަސްތަކާއި އަޅާ ބަލާއިރު މަދު ޕޮޒިޓިވް ކޭސްތަކެއް ފެނުނު ދުވަހެކެވެ. މިނިސްޓްރީއިން ބުނީ އެގޮތަށް ދިމާވީ ޓެސްޓިންގް ލެބޯޓްރީގެ ސާމާނު ރީކެލިބަރޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ދިޔުމާއި ގުޅިގެން އިއްޔެ ޕްރޮސެސްކުރެވުނު ސާމްޕަލްތަކުގެ އަދަދު މަދުވުމުން ކަމަށެވެ. މި މަހުގެ 10 ވަނަ ދުވަހުވެސް ވައިރަސްގެ 876 ކޭސްވަނީ ފެނިފައެވެ. އަދި އޭގެތެރެއިން 33 ކޭސްއަކީ ލެބޯޓްރީ ސާމާނަށް ދިމާވި މައްސަލައަކާއި ގުޅިގެން ގޯސްކޮށް ޕޮޒިޓިވް ނަތީޖާ ދައްކާފައިވާ ކޭސްތަކެއް ކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެއެވެ.

ސިންގަޕޫރުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 21000 އަށްވުރެ ގިނަ މީހުންނަކީ ބިދޭސީ މަސައްކަތްތެރިންނެވެ. ހެލްތު މިނިސްޓްރީން ބުނީ 1،329 ކޭސްއަކީ ޖަމާޢަތީ ފެތުރުމުގެ ތެރެއިން ފެތުރުނު ކޭސްތައްކަމަށާއި، ގައުމުން ބޭރުން 580 ކޭސްއެއް އެތެރެ ވެފައިވާކަމަށެވެ. އަދި ސިންގަޕޫރުން ދެނެގަނެފައިވާ ކްލަސްޓަރތަކުގެ އަދަދު މިހާރުވަނީ 90 އަށްވުރެ މައްޗަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން