ކޯވިޑް-19 ފެތުރުމަށް މެދުވެރިވި ކޮރާނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާންގެ އެންމެން ވައިރަހަށް ޓެސްޓް ކުރުމަށް އެޕްރީލް މަހު ފެށި ޕްރޮގްރާމުގެ ދަށުން މިހާތަނަސް ތިން މިލިއަން މީހުން ޓެސްޓްކޮށްފިއެވެ.
ރޮއިޓާސް ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕްރީލް މަހު އެގައުމުން ފެށި މި ޕްރޮގްރާމްގައި މިހާރު ޓެސްޓް ނުކުރެވި ބާކީ ތިބީ 11 މިލިއަން މީހުންނެވެ. ވައިރަހުގެ އިތުރު ކްލާސްޓަރ އުޅޭ މިންވަރު ދެނެގަތުމަށް ވުހާންގެ ހުރިހާރައްތިތުން ޓެސްޓްކުރުމުގެ މަސައްކަތް ފަށާފައިވާއިރު ވުހާންގެ ސްކޫލްތަކާއި ވިޔަފާރިތައް މިހާރު ވަނީ ހުޅުވާލާފައެވެ.
ވުހާންގެ ހުރިހާ ރައްޔިތުން ޓެސްޓް ކުރުމަށް ހިންގާ މި ޕްރޮގްރާމްގައި އިސްކަން ދޭނީ ކުރިން ވައިރަހަށް ޓެސްޓް ކޮށްފައި ނުވާ މީހުންން ޓެސްޓް ކުރުމަށާއި ބަލި ފެތުރުނު އެކި އިމާރާތްތަކުގައި އުޅޭ މީހުންނާއި ތޮއްޖެހިގެން މީހުން ދިރިއުޅޭ ތަންތަނުގައި އުޅޭ މީހުން ޓެސްޓް ކުރުމަށެވެ.
އެޕްރީލް އަށެއްގައި ވުހާންގެ ލޮކްޑައުން އުވާލި ފަހުން މިދިޔަ ހަފުތާ ބަންދުގައި ވައިރަހުގެ އާ ކްލަސްޓަރ ތަކެއް އެސިޓީން ވަނީ ފެންނަން ފަށާފައެވެ. ނަމަވެސް ކުރިއާއި ޚިލާފަށް މިފަހަރު ޕޮޒިޓިވް ވާ ކަމަށް ދައްކާ މީހުންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. މިގޮތުން މިހާރު ފެންނަ ކްލަސްޓަރ ތަކުން ޕޮޒިޓިވް ވާ މީހުންގެ ކިބައިން ކުޑަމިނުން ހުންއައުން ފަދަ އަލާމާތެއްވެސް ނުފެންނަ ކަމަށް ޒިންހުވާއާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ.
ބަލީގެ އަސަރު ދެނެގަތުމަށް މިހާރު ވުހާންގައި ކުރަމުން ގެންދަނީ ނިއުކްލިކް އެސިޑް ޓެސްޓެވެ.

ކިޔުންތެރިންގެ ހިޔާލު