ސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް ރަނގަޅު އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދިނުންކަމަށް ނާއިބް ރައީސް ފައިސަލް ނަސީމު މިއަދު ވިދާޅުވެއްޖެއެވެ.

ނާއިބް ރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. ނާއިބް ރައީސް ފައިސަލް ނަސީމް ވަނީ ގައުމު ބިނާކުރުމުގައި ޒުވާނުންގެ ހިއްސާ ފާހަގަ ކުރަށްވައި އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

"ސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް ފެންވަރު ރަނގަޅު ތައުލީމާ މަސަައްކަތުގެ ހުނަރާއި އާމްދަނީ ލިބޭނެ މަސައްކަތްތައް ހޯދައިދިނުމަށް މަގުފަހިކުރުން." ނާއިބް ރައީސް ވިދާޅުވިއެވެ.



ދެހާސް ވިނި ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަސް ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހަމަޖައްސަވާފައެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވާފައިވަނީ ކުޅުދުއްފުށީ ސިޓީގައެވެ. ޒުވާނުންގެ ދުވަހުގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު މިރޭ އެސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޮކްޓޫބަރު 22 އަކީ މީގެ 12 އަހަރު ކުރިން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އިންތިހާބުތަކުގައްޔާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގާއި، އިންތިހާބުތަކުގައި، އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ލިބިދިނުމުގެ މާއްދާ ފާސްކުރި ތާރީހީ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން