03 ވަނަ ބައި
................
ތިރްލޯކް ހިމޭން ވެއްޖެއެވެ. ދެން އޭނާ އަނެއްކާވެސް މަޑުމަޑުން ބުންޏެވެ.
"މިއަދު މުސާރަކޮޅު ކިހިނެތް ހެއްޔެވެ. ސްޓާފުން ދެރަވެފައި އެތިބީ ސޭޓް ސާހަބުގެ ދަރިފުޅު މަރަށް ތެޅޭތީ ހެއްޔެވެ. އަހަރެމެންގެ ގޭގެ ޙާލަތު ސޭޓް ސާހަބަށް އަންދާޒާ ނުކުރެވޭއިރު އޭނާގެ އަމިއްލަ ކަންތަކުގައި އަހަރެމެން ފިކުރުކުރަންވީ ސަބަބެއް އެބައޮތް ހެއްޔެވެ. އަހަރެމެން ފިކުރުކުރަނީ މިއަދު ހަވީރުން ފެށިގެން މަސްދުވަހުގެ ބިލްތައް އަދާކުރަން ޖެހޭތީއެވެ. އެމީހުންނަށް އަހަރެމެން ދައްކާނީ ކޮންމޫނެއް ހެއްޔެވެ. ސޭޓް ސާހަބުގެ ދަރިފުޅަށް ވާންވީގޮތެއްނުވަނީސް އަހަރެމެންނަށް މުސާރަ ލިބުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. ޗެކްތަކުގައި ސޮއިކުރަނީ ސޭޓްސާހަބެވެ. އޭނާގެ ދަރިފުޅު މަރުވެއްޖިއްޔާ މަހުގެ ދެބައަށް ދާއިރުވެސް އަހަރެމެންނަކަށް ކަންފުޅެއްވެސް ނުވާނެއެވެ."
ތިރްލޯކް އެކައްޗެކޭވެސް ނުބުނެއެވެ. އޭނާ ވިސްނަމުން ދަނީ މާދަމާ ގޭގެ ވެރިމީހާއަށް ދޭނެ ޖަވާބަކާ މެދުގައެވެ. ކިރުގެންނަ މީހާއަށް ފައިސާނުދީފިއްޔާ ކިރުގެނައުން ހުއްޓާލަ ފާނެއެވެ. އޭރުން އެނާގެ ކުޑަ ދަރިފުޅަށް ކިރުދޭނީ ކިހިނެއް ހެއްޔެވެ. ރޫޕާ އޮތީ ހޮސްޕިޓަލްގައެވެ. ގޭގެވެރިމީހާގެ އަންހެން ދަރިފުޅު އެކުއްޖާދެކެ އެހާވަރަށް ލޯބިނުވާނަމަ ޚުދު އޭނާ ދަރިފުޅު ބަލަން ޗުއްޓީ ނަގަން ޖެހުނީސްކަން ނޭގެއެވެ.
ކުއްލިއަކަށް ސާލަކް ބުންޏެވެ.
"ތިޔަ ވިސްނަނީ ކޮން އެއްޗެއް ހެއްޔެވެ."
"އެންމެންވެސް ވިސްނަމުންދާ ކަންތަކާ މެދުގައެވެ."
"އެންމެން ހޮސްޕިޓަލަށް ދާންވީއެވެ."
"އަހަރެންވެސް ދާނަމެވެ."
ކުއްލިއަކަށް މެނޭޖަރުގެ ފިޔަވަޅުގެ އަޑުއިވިފާ އެންމެން ސިހިއްޖެއެވެ. އެންމެން މަސައްކަތައިގެން އެނބުރިގަތެވެ. ހީވަނީ ކޮންމެ މީހަކުވެސް ހިންދަމާނުލާ މަސައްކަތް ކުރަމުން ދަނީ ހެންނެވެ.
މެނޭޖަރ ކޮޓަރިއަށްވަދެ އިށީނުމުން ސާލަކް މަޑުމަޑުން ބުންޏެވެ.
"ވަރަށް އިނގިރޭސިގޮތް ދައްކަން އެބައުޅެއް ނޫން ހެއްޔެވެ. އެކަމަކު މަހުގެ އެއްވަނަދުވަހު މުސާރަކޮޅު ދެވޭތޯ މަސައްކަތެއް ނުކުރެއެވެ. އެމެރިކާގައިވެސް އޮންނަނީ މި ޤަވަޢިދު ބާވައެވެ."
ތިރްލޯކް ހުރިހާ ސްޓާފުންނާއެކު ގޮސް ހޮސްޕިޓަލަށް ވަންއިރު އެސިސްޓަންޓް މެނޭޖަރ ފެންޑާގައި ހުއްޓެވެ. އެމީހުން އެސިސްޓަންޓް މެނޭޖަރ ކައިރިއަށް ހިނގައްޖެއެވެ. އެއީ މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. ސާލަކް ރާމް އޭނާގެ ކައިރިއަށް ޖެހިލާފައި ސުވާލުކުރިއެވެ.
"ސާހަބްގެ ދަރިފުޅު ކޮބައިތޯއެވެ؟"
"އެތެރޭގައެވެ."
"މިހާރު ޙާލު ކިހިނެއްތޯއެވެ."
"ކުޑަވެސް ބަދަލެއް ނާދެއެވެ. މިހާރުވެސް އޮތީ އޮކްސިޖަން ގުޅާފައެވެ. ވަޅީގެ ތުނޑު ހެރިފައިހުރީ ގުރުދާއަށެވެ."
"އެހެންތޯއެވެ. ސޭޓް ސާހަބު ކޮބައިތޯއެވެ."
ކުއްލިއަކަށް މީހަކު ރޯންފެށި އަޑަށް މެނޭޖަރ ސިހިއްޖެއެވެ. އޭނާ ބުންޏެވެ.
"ސޭޓް ސާހަބު މިއޮއް ދުރުވަނީއެވެ."
އެމީހުން އެދީމާއަށް ކުރިމަތި ލައިފިއެވެ. ސޭޓްސާހަބު ތިމާގެ ދެމީހަކު އޭނާ އަތުލަފިކޮށްގެން ތިއްބެވެ. ސޭޓް ރުއިމާއެކު ބުނަމުން ގެންދިޔައެވެ.
"އަހަރެންގެ ހުރިހާ މުދަލެއް އަތުލާފައި ނަމަވެސް އަހަރެންގެ ދަރިފުޅު ސަލާމަތް ކޮށްދޭށޭ އެމީހުން ގާތު ބުނާށެވެ."
"ބޭބޭއެވެ." އެ ދެމީހުންކުރެ އެކަކު ބުންޏެވެ. "ހިތްވަރު ކުރައްވާށެވެ."
"ހިތްވަރު ކުރެވޭނީ ކިހިނެތް ހެއްޔެވެ. އަހަރެންގެ ހުރީ އެދަރިފުޅު އެކަންޏެވެ. އެ ގޮތްކުޑަ މީހާއަށް އަހަރެންގެ ދަރިފުޅުކުރީ ކީއްހެއްޔެވެ. އެވާހަކަ އަހަރެން ގާތުގައި ބުނިނަމަ އަހަރެންގެ ދަރިފުޅު އެ އާވާރާ އަންހެން ކުއްޖާއާ ބައްދަލުކުރުން މަނާކުރީމުހެވެ.............. ހިތާމަ ހުއްޓެވެ. އަހަރެންގެ ދަރިފުޅު..... އަދި އެފަކީރަށް ފަންސަވީސް އަހަރުވެސް ނުފުރެއެވެ."
"ސޭޓް ސާހަބުއެވެ. ހިތްވަރު ކުރައްވާށެވެ. ޑަކްޓަރ ވަރަށް މަސައްކަތް އެބަ ކުރައްވައެވެ."
"ތިޔައީ އިންޑިއާ ޑަކްޓަރެއް ނޫންހެއްޔެވެ. ބޭހަކީ ފަރުވާއަކީ ކޮން އެއްޗެއްކަން އޭނާއަށް އެނގޭނެ ހެއްޔެވެ."
ދެން އޭނާ އަނެއްކާވެސް ތިމާގެ މީހާ ގާތު ބުންޏެވެ. "ސިވިލް ސަރޖަންއާ ވާހަކަ ދައްކާށެވެ..... ހަމަ މިހާރު ބޯޓް ޗާޓަރ ކުރާށެވެ. އަދި އަހަރެންގެ ދަރިފުޅު ގޮވައިގެން ނިއުޔޯކަށް ހިނގާށެވެ. ފަންސާސް ލައްކަ ރުފިޔާ ޚަރަދުވިއަސް އެންމެ ރަނގަޅެވެ. އަހަރެންގެ ދަރިފުޅު ސަލާމަތް ކުރެވެނިކޮށް އެނިމުނީއެވެ. އެހެން ނޫނީ ނިއުޔޯކުން ޑަކްޓަރެއް ގެންނާށެވެ. ދާށެވެ. އަވަހަށްގޮސް ޑަކްޓަރާ ވާހަކަ ދައްކާށެވެ."
ކުއްލިއަކަށް ސިވިލް ސަރޖަން އައިސް ބުންޏެވެ.
"ސޭޓް ސާހަބެވެ. އަޅުގަނޑުމެންގެ ޚިޔާލަކީވެސް ތިޔައީއެވެ."
"ކޮން ޚިޔާލެއްތޯއެވެ؟ އަވަހަށް ބުނުއްވާށެވެ.....؟"
"ޒަޚަމުވެފައި އޮތް ބަލި މީހަކު ދަތުރުކުރުމުގެ ހުއްދަ އަޅުގަނޑުމެންނަކަށް ނުދެވޭނެއެވެ. އެކަމަކު ނިއުޔޯރކުން ގުރުދާގެ އޮޕަރޭޝަން ކުރާ މާހިރަކު ގެނެވިދާނެއެވެ. އަޅުގަނޑު އަމިއްލަގޮތުން އެކަމާ އުޅެދީފާނަމެވެ. ސާޅީސް އަށްގަޑިއިރުގެ ތެރޭގައި އާދެވިއްޖިއްޔާ ކުޑަ އުއްމީދެއް އެބައޮތެވެ. އެހެނީ ކޮންމެގޮތަކުން ނަމަވެސް ބަލިމީހާ ސާޅީސް އަށްގަޑިއިރު މަރުނުވެ ހިފެހެއްޓޭތޯ އަޅުގަނޑުމެން ބަލާނަމެވެ."
"އެހެންވީއިރު ލަސްކުރައްވަނީ ކީއްވެގެންތޯއެވެ." ސޭޓް ސާހަބު ތުރުތުރު އަޅާ އަޑަކުން ބުންޏެވެ. "އަވަހަށް އާޖެންޓް ކޯލެއް ކުރައްވާށެވެ. ވީހާ އަވަހަކަށް ބޯޓެއް ޗާޓަރ ކޮށްގެން އަންނަން އަންގާށެވެ."
ހުރިހާ ޚަރަދަކަށް އެންމެ ކުޑަވެގެންވެސް ފަންސަވީސް ލައްކަ ރުފިޔާ ޚަރަދުވާނެއެވެ."
"ފަންސަވީސް ކުރޯޑު ޚަރަދުވިޔަ ދެއްވާށެވެ. މިހުރިހާ ފައިސާއެއް މި ހޯދަނީ ކީއްކުރަން ތޯއެވެ. މިއީ ކާކުގެ މުދަލެއްތޯއެވެ. ހަމަ އަޅުގަނޑުގެ ދަރިފުޅުގެ މުދަލެވެ."
"އެހެންވީއިރު އަޅުގަނޑާއެކު މީހަކު ފޮނުވާ ދެއްވާށެވެ."
"ޗަންދަރުއެވެ. ދާށެވެ. އަވަހަށް ދާށެވެ."
"ސޭޓް ސާހަބްއެވެ." ސިވިލް ސާރޖަން ބުންޏެވެ. "ގެއަށް ދުރުވާށެވެ. ސާޅީސް އަށްގަޑިއިރުގެ ޒިންމާ އަޅުގަނޑުމެން ބޮލުއަޅައިފީމެވެ."
ސިވިލް ސަރޖަންއާއެކު ޗަންދަރު ހިނގައްޖެއެވެ. އެސިސްޓަންޓް މެނޭޖަރ، ސޭޓް ސާހަބަށް ނަންގަތެވެ.
"ސޭޓް ސާހަބްއެވެ. ހުރިހާ ސްޓާފުން އައިސް މިތިބީ ހިތާމައިގައި ބައިވެރި ވުމަށެވެ."
"ސޭޓް ސާހަބު އެންމެންނާ ދިމާއަށް ބަލާލިއެވެ." އަދި ދެއަތް ޖޯޑުކޮށްފައި ބުންޏެވެ.
"އަހަރެންގެ ދަރިފުޅު.... ކަލޭމެންގެވެސް ދަރިފުޅެވެ. މާދަމާ ކަލޭމެންގެ ވެރިޔަކަށް ހުންނާނެ މީހާއެވެ. އޭނާ ސަލާމަތްކޮށް ދެއްވާތޯ ދުޢާކޮށްދޭށެވެ. އަހަރެން ކަލޭމެން އެންމެންނަށް ހަމަސްދުވަހުގެ ބޯނަސް ދޭނަމެވެ."
ސާލަކް ރާމް ބުންޏެވެ.
"ކަންބޮޑުވެ ނުލައްވާށެވެ. އަޅުގަނޑުމެން އެންމެންގެ ދުޢާތައް ވަނީ އެ ދަރިފުޅާއެކުގައެވެ. އެކުގައެވެ."
ދެން ސޭޓް، އެސިސްޓަންޓް މެނޭޖަރާއި އެހެން ދެތިން މީހެއްގެ އެހީއާއެކު ކާރަށް އަރާ އިށީނދެއްޖެއެވެ. ކާރު ހިނގައްޖެއެވެ. ތިރްލޯކު ޖެހި ބުދެއްހެން ގާވެފައި ހުއްޓެވެ. ފަންސަވީސް ލައްކަ، ފަންސާސް ލައްކަ، ފަންސާސް ކުރޯޑު، އެމެރިކަން ޑަކްޓަރ.......... ސާޅީސް އަށްގަޑިއިރުގެ ތެރޭގައި ޑަކްޓަރ އަތުވެއްޖިއްޔާ ސޭޓުގެ ދަރިފުޅު ސަލާމަތް ވެދާނެއެވެ. އެކަމަކު އަހަރެންގެ ރޫޕާ...
އަހަރެންގެ ރޫޕާ ހަމައެކަނި ވިހިހާސް ރުފިޔާ ނުލިބުމުން މަރުވެދާނެއެވެ. ޑަކްޓަރ މެހެތާ ބުނިގޮތުގައި ފައިސާއަކުން ފުރާނައެއް ނުގަނެވޭނެއެވެ. ފައިސާއިން ފުރާނަ ގަނެވޭތަން މިހިރަ ފެންނަނީ ނޫން ހެއްޔެވެ. މިއަދަކު އަހަންނަކަށް މުސާރައެއް ނުލިބުނެވެ. މާދަމާ އަހަރެންގެ އަންހެނުންނަށް ތަދު ފިލުވާ ބޭހެއްވެސް ނުގަނެވޭނެއެވެ. އެކަމަކު ސޭޓުގެ ދަރިފުޅަށްޓަކައި އެމެރިކާއިން ވަގުތުން ޑަކްޓަރަކު އަންނަނީއެވެ.
ކުއްލިއަކަށް އެސިސްޓެންޓް މެނޭޖަރ އެމީހުނާ މުޚާޠަބުކޮށް ބުންޏެވެ.
"ކަލޭމެން ސޭޓުގެ ގެއަށްވެސް ދާންވާނެއެވެ. ސާހަބްގެ އަންހެނުންގެ ޙާލުވެސް ވަރަށްބޮޑެވެ."
"ލައްބައެވެ." ސާލަކް ރާމް ބުންޏެވެ. "އަޅުގަނޑުމެން މިދަނީއެވެ."
ދެން އެމީހުން އެނބުރި ހިނގައްޖެއެވެ.
+ + + + +
ތިރްލޯކް ގޭގެ ކައިރިއަށް ދިޔައިރު އޭނާގެ ހިތްބާރަށް ތެޅެއެވެ........ އޭނާގެ ހިތް ތެޅެނީ ދަރިފުޅުގެ ޙާލާމެދުގައެވެ. ކިރުގެންނަ މީހާ ކިރުގެނައީ ބާވައެވެ. ނުވަތަ ނުގެންނަނީ ބާވައެވެ. އޭނާ ދޮރުކައިރިއަށް ދިއުމުން ގޭތެރެ ހިމޭން ވެފައިވާކަން އެނގުމުން ހިތްހަމަ ޖެހުނެވެ. އޭގެ މާނައަކީ ދަރިފުޅު ނިދާފައި އޮތެވެ. ކިރުގެނައީތާއެވެ. ތިރްލޯކް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އަދި ޖީބުން ތަޅުދަނޑި ނަގާފައި ތަޅު ހުޅުވޭތޯ މަސައްކަތް ކުރަން ފަށައިފިއެވެ. މި ކޮޓަރީގެ އެއްދޮރު މަގުމައްޗަށްވެސް ހުޅުވެއެވެ. ރޫޕާ ނުހުންނައިރު އޭނާ ވަދެ ނުކުމެ އުޅެނީ އެދޮރުންނެވެ.
ތިރްލޯކް މިރޭ ކަނޑައެޅިގެން ލަހުން އައީއެވެ. ގޭގެވެރި އަންހެންމީހާ ނިދާހާއިރު ކުރީއެވެ. ތަޅު ހުޅުވުމަށްފަހު ވަރަށް މަޑުމަޑުން ހިލިހިލާގަނޑު މޮހާލިއެވެ. ދެން ދޮރުފަތް އެތެރޭއަށް ހުޅުވުމަށް ހިފާލިއެވެ. އޭނާގެ ހިތް ކުއްލިއެއް ޖެހި ކަހަލައެވެ. އެހެނީ ދޮރުހުރީ އެތެރޭންވެސް ތަޅުލާފައެވެ. އަދަކީ މަހުގެ ފުރަތަމަ ދުވަހެވެ. އޭނާ ކުލީގެ އިންތިޒާރު ކުރީ ކަންނޭގެއެވެ. ދިހައެއް އެގާރަ ޖަހަންދެން އިންތިޒާރު ކުރުމަށްފަހު އެތެރޭންވެސް ދޮރު ތަޅުލީއެވެ. މިހެން މިހެދީ އޭނާއަށް ނޭނގި ތިރްލޯކަށް ވަދެވުނަ ނުދިނުމަށްޓަކައެވެ.
ތިރްލޯކް ދެން ހަދަންވީ ގޮތަކާމެދު ވިސްނަން ހުއްޓެވެ. ހެނދުނުއްސުރެ އޭނާ ދަރިފުޅު ނުދެކެވެ. އެހެންކަމުން ދަރިފުޅު ދުށުމަށްވެސް އޭނާ ވަރަށްބޮޑަށް ބޭނުންވެއެވެ. ދެން ހަދަން އޮތީ ދެގޮތެކެވެ. އެއްގޮތަކީ ގޭގެ ވެރިޔާގެ ހަޅޭކުގެ އަޑު އަހާފައި ނިދުމެވެ. އަނެއް ގޮތަކީ ސްޓޭޝަނަށްގޮސް ޕްލެޓް ފާރމްގައި ނިދުމެވެ.
އެނާއަށް ގޮތެއް ނުނިންމިގެން އުޅެނިކޮށް ކުއްލިއަކަށް ވައިއަޑުން މީހަކު ގޮވާލި އަޑު އިވިއްޖެއެވެ.
"ތިރްލޯކް ބާބޫއެވެ!......!"
ތިރްލޯކްގެ ހިތް ފުންމައިގެން އައިސް ކަރުބުޑުގައި، ތާށި ވެއްޖެއެވެ. އެއީ ގޭގެވެރި އަންހެންމީހާގެ ދަރިފުޅުގެ އަޑެވެ.
"ތިރްލޯކް ބާބޫއެވެ..............؟"
ތިރްލޯކް ވަރަށް އުނދަގުލުން ހިންދިރުވާލާފައި ބުންޏެވެ.
"އާއެކެވެ. އަހަންނެވެ."
"މަޑުކުރާށެވެ. އަހަރެން ހުޅުވާދޭނަމެވެ."
ތިރްލޯކްގެ ހިތް ބާރަށް ތެޅެއެވެ. ގޭގެވެރިޔާ ހޭލަފާނޭ ކަމުގައި ހިތަށް އަރާފައެވެ. ގާތްގަނޑަކަށް ފަނަރަ ވަރަކަށް ސިކުންތައްފަހު އެތެރޭން ދޮރާ ހަމަކައިރިން ހިލަން ވެއްޖެއެވެ. ތިރްލޯކު ހިތްހަމަ ޖެހުމުގެ ނޭވާއެއްލިއެވެ. ކުޑަ ހިނދުކޮޅަކަށްފަހު މަޑުމަޑުން ދޮރުހުޅުވިއްޖެއެވެ.
ތިރްލޯކް ސިއްރު ސިއްރުން އެތެރެއަށް ވަދެއްޖެއެވެ. އެއާއެކު ޕްރަބާ އަވަސް އަވަހަށް ވައިއަޑުން ބުންޏެވެ.
"ބޮކި ނުދިއްލާށެވެ. މަންމަ ހޭލާފާނެއެވެ."
"ދޮރު އެތެރޭން ތަންޑުއެޅީ މަންމަ ހެއްޔެވެ؟"
"އާނއެކެވެ..... ވަރަށްބޮޑަށް ރުޅިއައިސްގެން އެތިވަރު ގޮވިއެވެ. މިއަދު ކުލި ނުދައްކައިފިއްޔާ އެތިކޮޅު ނެރެ އެއްލާލާނަމޭވެސް ބުންޏެވެ.
ތިރްލޯކް ހިމޭން ވެއްޖެއެވެ. ޕްރަބާ ބުންޏެވެ.
"މުސާރަ ލިބިއްޖެ ހެއްޔެވެ؟"
"ނޫނެކެވެ. ޕްރަބާއެވެ. މިދުވަސްކޮޅު ކޮންމެ ދިމާއަކުންވެސް ބަދުނަސީބު އަހަންނަށްވުރެ އެއްފިޔަވަޅު ކުރިޔަށް ޖެހިލާފައިވެއެވެ." ތިރްލޯކް ސޭޓް ސާހަބުގެ ދަރިފުޅާ ބެހޭގޮތުން ހުރިހާ ވާހަކައެއް ކިޔާ ދިނުމުން ޕްރަބާ ބުންޏެވެ.
"ތިޔަވީ ވަރަށް ދެރަގޮތެކެވެ. މަންމަގެ މޫޑު ވަރަށް ގޯހެވެ."
"ދެން ހަދަންވީގޮތެއް އެއްގޮތަކަށްވެސް ވިސްނުމަކަށްނައެވެ. ދަރިފުޅު ނެތްނަމަ އަހަރެން ކޮންމެވެސް ދިމާއަކަށްގޮސް ދުވާރު މަތީގައި ނިދާލަފާނަމެވެ.
"އަހަރެން މިހާރު ތިޔަކަމާމެދު ގޮތެއް ނިންމައިފީމެވެ."
"އެއީ ކޮންގޮތެއް ހެއްޔެވެ؟"
"ގޭގެ ޚަރަދު ބަރަދު ހިންގާފައި ކުޑަލާރިކޮޅެއް އަހަރެން ޖަމާކޮށްފައި އޮންނާނެއެވެ. ހަމަ ހެނދުނާ އަހަރެން އެފައިސާކޮޅު މަންމައަށް ދީފައި ތިރްލޯކް ކުލިދީފިއޭ ބުނެފާނަމެވެ. އޭރުން މަންމައަށް ޝައްކެއްވެސް ނުވާނެއެވެ.
"ޙަޤީޤަތުގައިވެސް ޕްރަބާ ވަރަށް ރަނގަޅެވެ. ޕްރަބާއެވެ! ވަރަށްބޮޑު ހާސްކަމަކުން އަހަރެން ސަލާމަތް ކޮށްދީފީމުއެވެ." ތިރްލޯކް ޝުކުރުވެރި އަޑަކުން ބުންޏެވެ.
"އަހަރެން ކިރުގަންނަ މީހާވެސް ހަމައަކަށް އަޅުވާލައިފީމެވެ. އަންނަމަހުން ތިރްލޯކަށް ފައިސާ ނުދެވިއްޖިއްޔާ އަހަރެން އެ ބިލަށް ލާރި ދީފާނަމޭ ބުނެ އޭނާގެ ހިތްހަމަޖައްސައި ދީފީމެވެ."
"ޕްރަބާއެވެ. ......" ތިރްލޯކްގެ ހިތް ފުރިގެން އަތުވެއްޖެއެވެ.
******************
* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 09 އިން 12 ށެވެ.

ކިޔުންތެރިންގެ ހިޔާލު