ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް ޝަރަފުގެ ބެޖާއި އައްޑަނަ ސަރުކާރުން ރޭ ވަނީ އަރުވާފައެެވެ. ޖުމުހޫރީ ދުވަހުގެ މުނާސަބާތުގައި ރޭ ބޭއްވި ޚާއްސަ ޖަލްސާގައި އެބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވީ ރައީސް އިބްރާހިމް މުހަންމަދު ސާލިޙެެވެ.
ޜޭގެ ހަފުލާގައި 117 ބޭފުޅެއްގެ އަގު ވަޒަންކޮށް ޝަރުފުގެ ބެޖާއި އައްޑަނަ ދިންއިރު އޭގެ ތެރޭގައި ތަފާތު ބޭފުޅުން ހިމެނެއެވެ. ރޭ ޝަރަފު ލިބިގެން ދިޔަ ކޮންމެ ބޭފުޅަކީ ވެސް ކޮންމެވެސް ދާއިރާއަކުން ގައުމަށް އަގުހުރި ޚިދުމަތްތަކެއް ދިގު މުއްދަތެއްގައި ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ރޭގެ ހަފުލާގައި މި ޝަރަފު އެރުވިއިރު ގިނަ ބަަޔަކަށް ފާހަގަކުރެވުނު އެއްކަމަކީ މިއަދު ރާއްޖޭގައި މިއޮތް ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ނުފެންނާނެ ފަދަ ތަފާތު ކަމެއް ފެނިގެން ދިއުމުންނެެވެ.
ރޭ ފެނިގެން ދިޔަ މިދެންނެވި ތަފާތު މަންޒަރަކީ މިދެންނެވި ޚިދުމަތުގެ ޝަރަފު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ވާދަވެރި އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހިމެނިވަޑައިގެންނެވުމެވެ. އާދަމް ޝަރީފަކީ ތައުލީމީ ދާއިރާގައި 35 އަހަރަށްވުރެ ދިގު މުއްދަތެއްގަައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ކޮންމެ ފިކުރަކަށް ނިސްބަތްވެ ވަޑައިގެންނެވިޔަސް ކޮންމެ ކުލައެއް ޖެހިފައި މިހާރު ހުންނެވި ނަމަވެސް އޭނާގެ އެޚިދުމަތް ފޮހެވިގެން، ފަނޑުވެގެން ނުދާނެކަން މިއީ ގަބޫލުކުރަން ޖެހޭނެ ހަގީގަތެކެވެ.
އާދަމް ޝަރީފް ވަނީ ދައުލަތަށް 40 އަހަރު ދުވަހުގެ މުއްދަތެއްގައި ހިދުމަތް ކުރައްވާފައެވެ. އުމުުރުން 16 އަހަރު ޓީޗިން ތަމްރީނު ހައްދަވައިގެން، އެންމެ ފުރަތަމަ ކިޔަވައިދެއްވީ 1981 ވަނަ އަހަރު ކުޅުދުއްފުށީ ތައުލީމީ މަރުކަޒުގައެވެ. މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޖަމްޝީދު މުހައްމަދަކީ އާދަމް ޝަރީފްގެ ދަރިވަރެއްކަން ފާހަގަކުރެވެއެވެ. 2007 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އެންގްލިއާ އިން މާސްޓާސް އޮފް އާޓްސް އިން އެޑިއުކޭޝަން ކިޔަވާ ވިދާޅުވި އާދަމް ޝަރީފް ވަނީ އެސިސްޓެންޓް ޕްރިންސިޕަލްގެ މަގާމާއި، ސްކޫލުތަކުގެ ހެޑްމާސްޓަރު ކަމުގެ އިތުރު ލެކްޗަރާއެއްގެ ވަޒީފާވެސް އަދާކުރައްވާފައެވެ.
ރޭގެ ހަފުލާގެ ތެރެއިން އާދަމް ޝަރީފުގެ އަޑު އިވުނީއްސުރެ މީސް މީޑިއާގައި ގިނަ ބައަކު ބަހުސްކޮށް ތަފާތު ޚިޔާލުތައް ހިއްސާކުރި ކަމަކަށް މިކަން ވެގެން ހިނގައްޖެއެވެ. އަދި މީސްމީޑިއާ ފަހަނައަޅާ ގޮސް ރާއްޖޭގެ މީޑިއާތަކުގެ ފަލަ ސުރުޚީ ތަކުންވެސް މިވާހަކަ ޖާގަ ހޯދައިފިއެވެ.
ހަގީގަތުގައި ވެސް ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި މިއީ މިފަދަ ސިޔާސީ މަހައުލެއް އޮތް ގައުމެއްގައި ވަރަށް ތަދު މަންޒަރެކެވެ. ހިނގާފާނެ ކަމަށް ގަބޫލުކުރުމަށްވުރެ ނުހިނގާނެ ކަމަށް ގަބޫލުކުރުމުގެ ކޮޅަށް ބުރަވާންޖެހޭ ކަމެކެވެ.
35 އަހަރު ތައުލީމީ ދާއިރާއަށް ޚިދުމަތް ކުރެއްވި އާދަމް ޝަރީފަކީ ފަސްބައި ސާފު ކޮރަޕްޝަންގެ ތުހުމަތެއް ކުރެވިފައިވާ ބޭފުޅެެއް ނޫނެވެ. އާދަމް ޝަރީފް އާންމުންނަށް ބޮޑަށް ފާހަަގަކުރެވިގެންދިޔައީ ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމުންނެެވެ. އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ލީޑަރޝިޕްގައި މިހާރު އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އާދަމް ޝަރީފަކީ ރައީސް އިބްރާހިމް މުހަންމަދު ސާލިޙާއި އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތަކަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެެވެ. ރައީސް ޔާމީނަށް ތާއީދުކުރަށްވާ ރައީސް ޔާމީން މިނިވަން ކުރުމަށް ވަކާލާތު ކުރަށްވާ ބެފުޅެކެވެ. ރައީސް ޔާމީނަށް ޖަލުހުކުމެއް އިއްވައިގެން ދެމުން އެގެންދަނީ ބޭއިންސާފު އަނިޔާ ކަމަށް ވަކާލާތު ކުރަށްވާ ރައީސް ޔާމީނަށް ވަރަށް ވަފާތެރި ބޭފުޅެކެވެ.
ޚިދުމަތުގެ އިނާމު ސަރުކާރުން އެރުވި ނަމަވެސް ރޭގެ ޖަލްސާގައި އާދަމް ޝަރީފް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. "ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން ރޭ އޭނާއަށް އެރުވި ޚިދުމަތުގެ އިނާމް ނުވަތަ ޝަރަފު، ބަލައިގަންނަ ކަމަށާއި، ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވުނީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ.
ރޭ އެރުވި ޝަރަފަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުން ރައީސް ސާލިޙު ވިދާޅުވީ ރާއްޖޭގެ ޖުމްހޫރިއްޔާ މިހާރު އޮތް ހިސާބަށް ވާސިލުވުމުގެ އާރުކާޓީންނަކީ އެ ބޭފުޅުން ކަމަށެވެ. އަދި އެފަދަ ހިދުމަތްތެރި އެތަކެއް ހާސް ބޭފުޅުންގެ ހިދުމަތް ވަނީ ދިވެހި ޖުމްހޫރިއްޔާއާ ގުޅިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޖުމްހޫރީ ނަވުގެ ރިޔަލުގައި ފައްްސިޔަ ވަޔަކީ އެބޭފުޅުންގެ ހިދުމަތް." ރައީސް ސާލިޙު ވިދާޅުވި އެވެ.
އާދަމް ޝަރީފުގެ ޚިދުމަތް މި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ގަބޫލުކުރެވި އޭނާއަށް އެ ޝަރަފު އެރުވުމުން މަޖާޒީ ގޮތެއްގައި އެވާހަކަ ދައްކަމުން ގެންދާ މީހުން ބުނެފައިވަނީ "އިދިކޮޅު މެންބަރުންގެ ދަތް ދޮޅި ދުއްވާލައިގެން ވެސް މަޖިލީހަށް ވަނަ ނުދޭން ސިފައިންނަށް އެންގެވި، ދަތްދޮޅި ވަޒީރުގެ ލަގަބު،" އާދަމް ޝަރީފަށް އެލިބިވަޑައިގެންނެވި ޝަރަފާއެކު އޭނާގެ ކިބައިން ފޮހެވިގެންދާނެ ކަމަށެވެ. ނޫނީ މިހާރު އެވާހަކަ ވާނީ އެމްޑީޕީގެ މެންބަރުން ދައްކާ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކައަކަށެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް 117 ބޭފުޅަކަށް ރޭ ވަނީ ޝަރަފުގެ ބެޖާ އައްޑަނަ ދެއްވާފައެވެ. އޭގެ ތެރޭގައި 3 ނޮވެމްބަރުގެ ބަތަލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ ވެސް ހިމެނިވަޑައިގެންނެވިއެެވެ. ރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ 5 ބޭފުޅަކު ހިމެނިވަޑައިގަންނަވައެެވެ.

President @ibusolih confers the National Award for Public Service at the official ceremony held to mark the 54th Republic Day of the Maldives pic.twitter.com/3YlE21JLOy
— The President's Office (@presidencymv) November 10, 2021
35 އަހަރު ތައުލީމީ ދާއިރާއަށް ޚިދުމަތް ކުރެއްވި އާދަމް ޝަރީފަކީ ފަސްބައި ސާފު ކޮރަޕްޝަންގެ ތުހުމަތެއް ކުރެވިފައިވާ ބޭފުޅެެއް ނޫނެވެ. އާދަމް ޝަރީފް އާންމުންނަށް ބޮޑަށް ފާހަަގަކުރެވިގެންދިޔައީ ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމުންނެެވެ. އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ލީޑަރޝިޕްގައި މިހާރު އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އާދަމް ޝަރީފަކީ ރައީސް އިބްރާހިމް މުހަންމަދު ސާލިޙާއި އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތަކަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެެވެ. ރައީސް ޔާމީނަށް ތާއީދުކުރަށްވާ ރައީސް ޔާމީން މިނިވަން ކުރުމަށް ވަކާލާތު ކުރަށްވާ ބެފުޅެކެވެ. ރައީސް ޔާމީނަށް ޖަލުހުކުމެއް އިއްވައިގެން ދެމުން އެގެންދަނީ ބޭއިންސާފު އަނިޔާ ކަމަށް ވަކާލާތު ކުރަށްވާ ރައީސް ޔާމީނަށް ވަރަށް ވަފާތެރި ބޭފުޅެކެވެ.
Umurun 16 aharun feshigen qaumee khidhumathugai. Alhamdhulillah! pic.twitter.com/va2ETceB1k
— Adam Shareef Umar (@Adamshareefz) November 10, 2021
ޚިދުމަތުގެ އިނާމު ސަރުކާރުން އެރުވި ނަމަވެސް ރޭގެ ޖަލްސާގައި އާދަމް ޝަރީފް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. "ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން ރޭ އޭނާއަށް އެރުވި ޚިދުމަތުގެ އިނާމް ނުވަތަ ޝަރަފު، ބަލައިގަންނަ ކަމަށާއި، ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވުނީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ.
ރޭ އެރުވި ޝަރަފަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުން ރައީސް ސާލިޙު ވިދާޅުވީ ރާއްޖޭގެ ޖުމްހޫރިއްޔާ މިހާރު އޮތް ހިސާބަށް ވާސިލުވުމުގެ އާރުކާޓީންނަކީ އެ ބޭފުޅުން ކަމަށެވެ. އަދި އެފަދަ ހިދުމަތްތެރި އެތަކެއް ހާސް ބޭފުޅުންގެ ހިދުމަތް ވަނީ ދިވެހި ޖުމްހޫރިއްޔާއާ ގުޅިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޖުމްހޫރީ ނަވުގެ ރިޔަލުގައި ފައްްސިޔަ ވަޔަކީ އެބޭފުޅުންގެ ހިދުމަތް." ރައީސް ސާލިޙު ވިދާޅުވި އެވެ.
އާދަމް ޝަރީފުގެ ޚިދުމަތް މި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ގަބޫލުކުރެވި އޭނާއަށް އެ ޝަރަފު އެރުވުމުން މަޖާޒީ ގޮތެއްގައި އެވާހަކަ ދައްކަމުން ގެންދާ މީހުން ބުނެފައިވަނީ "އިދިކޮޅު މެންބަރުންގެ ދަތް ދޮޅި ދުއްވާލައިގެން ވެސް މަޖިލީހަށް ވަނަ ނުދޭން ސިފައިންނަށް އެންގެވި، ދަތްދޮޅި ވަޒީރުގެ ލަގަބު،" އާދަމް ޝަރީފަށް އެލިބިވަޑައިގެންނެވި ޝަރަފާއެކު އޭނާގެ ކިބައިން ފޮހެވިގެންދާނެ ކަމަށެވެ. ނޫނީ މިހާރު އެވާހަކަ ވާނީ އެމްޑީޕީގެ މެންބަރުން ދައްކާ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކައަކަށެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް 117 ބޭފުޅަކަށް ރޭ ވަނީ ޝަރަފުގެ ބެޖާ އައްޑަނަ ދެއްވާފައެވެ. އޭގެ ތެރޭގައި 3 ނޮވެމްބަރުގެ ބަތަލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ ވެސް ހިމެނިވަޑައިގެންނެވިއެެވެ. ރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ 5 ބޭފުޅަކު ހިމެނިވަޑައިގަންނަވައެެވެ.
ކިޔުންތެރިންގެ ހިޔާލު