ޓެކްސީ ޚިދުމަތަކީ ގްރޭޓަރ މާލެ ސަރަޙައްދަށް ވަރަށް މުހިއްމު ހިދުމަތެކެވެ. އެކި ބޭނުންތަކަށް މާލެ އަންނަ މީހުންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ޓެކްސީގެ ޚިދުމަތަކީ މުހިއްމު ޚިދުމަތެކެވެ. ޚާއްސަކޮށް ޕަބްލިކް ޓްރާންސްޕޯޓް ނެތް ރާއްޖެ ފަދަ ޤައުމަކަށް ވަރަށް މުހިއްމު ޚިދުމަތެކެވެ. ކުދިން ސްކޫލަށް ގެންދިއުމަށް، އޮފީހަށް ދިއުމަށް، ނޫނީ ހޮސްޕިޓަލަށާއި، މި ނޫންވެސް ކަންކަމަށް ޓެކްސީ ޚިދުމަތަކީ ވަރަށް މުހިއްމު ޚިދުމަތެކެވެ. ވާރޭ ވެހޭ ދުވަސްކޮޅެއްނަމަ ޓެކްސީގެ މުހިއްމުކަން އިތުރުވެ، ޑިމާންޑްވެސް ބޮޑުވެއެވެ. މީގެއިތުރުން ހުޅުމާލެއާއި މާލެ އަދި ހުޅުލެ ގުޅުވައިދޭ ބްރިޖާއެކު ޓެކްސީތަކަށް އޮންނަ ޑިމާންޑް ކުރިއަށްވުރެ އެތައް ގުނައެއް ވަނީ ބޮޑުވެފައެވެ. މީގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށްވެސް ބޮޑެތި ފައިދާތަކެއްކޮށް، އޮންލައިން ޓެކްސީ އެޕްލިކޭޝަންތައްވެސް ވަނީ ވުޖޫދަށް އައިސްފައެވެ.

އެކަމަކު ދައްކަން މިއުޅެނީ ބްރިޖާއެކު ޓެކްސީތަކަށް ލިބެމުންދާ ފައިދާގެ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ ބްރިޖާއެކު ޓެކްސީގެ ޚިދުމަތަށް އައި ނުރަނގަޅު ބަދަލުތަކުގެ ވާހަކައެވެ. ޚިދުމަތުގެ ފެންވަރުގެ ދަށްވެ، ޓެކްސީ ދުއްވާ މީހުންގެ ހިތް މޮޅުވި ވާހަކައެވެ. އެކަމުގެ ފައިދާ ނަގަން ރައްޔިތުން "ފެލާލަން" ކުރާ މަސައްކަތުގެ ވާހަކައެވެ. އެއާއެކު ޓެކްސީ ޚިދުމަތާއި ގުޅޭގޮތުން ރައްޔިތުން ކުރާ ޝަކުވާތައް އިންތިހާއަށް ބޮޑުވި ވާހަކައެވެ.

ފުރަތަމަ ކަމަކަށް މާލޭގެ އެއްތަނުން އަނެއް ތަނަށް ދިއުމަށް ޓެކްސީގަނޑެއް ހޯދުމަކީ މިހާރު ވުމަށްވުރެ، ނުވުން ގާތްކަމެކެވެ. މާލެ ތެރޭގަައި ދަތުރެއް ކޮށްދޭން އެދިއްޖެނަމަ ޑްރައިވަރުން އެކަމަށް ދެކޮޅު ހަދަނީއެވެ.

"މާލެ ތެރޭގައި ދަތުރެއް ނުކުރެވޭނެ... ހުޅުމާލެއަށް ދެވިދާނެ ނޫނީ ހުޅުލެއަށް ދެވިދާނެ.." މިއީ ދަތުރެއް ކޮށްދޭން ބުނުމުން އާއްމުކޮށް މިހާރު ޑްރައިވަރުން ދޭ ޖަވާބެވެ. ބައެއް ފަހަރު ޓެކްސީއަށް އަރާފައި، ޓެކްސީން ފައިބާ ހިސާބަށްވެސް ކަންކަން އެބަދެއެވެ. ވާނީވެސް އެެހެންތާއެވެ. ފެހި ބޯޑެއް ދިއްލައިގެން އަންނަންޏާ އެ ޓެކްސީއަށް މީހުން އަރާނެއެވެ. ނަމަވެސް މާލެތެރޭގައި ކުރާ ދަތުރެއްކަން އެނގޭ ހިސާބުން ޑްރައިވަރު އަންގަނީ ޓެކްސީން ފައިބާށެވެ.

މާލެއެކޭ އެއްގޮތަށް ހުޅުމާލެ ތެރެއިންވެސް، ރަށު ތެރޭގައި ދަތުރެއް ކުރުމަށް ޓެކްސީއެއް ހޯދުމަކީ ގިނަ ފަހަރު އުނދަގޫކަމެކެވެ. ހިތް މޮޅުކަމުން ދަތުރެއް ކޮށްދޭން ޑްރައިވަރުން ދެކޮޅު ހަދަނީއެވެ.

ޓެކްސީ ޑްރައިވަރުންގެ ފަރާތުން ފެންނަ އަނެއް ކަމަކީ، ހިތަށް އެރި އަދަދެއް ދަތުރުގެ އަގުގެ ގޮތުގައި ނެގުމެވެ. ހުޅުމާލެ، މާލެ، ހުޅުލެއަށް ދަތުރުކުރުމަށް ވަކި އަގުތަކެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ހުޅުމާލެއިން މާލެއަށް ނުވަތަ މާލެއިން ހުޅުމާލެއަށް ދަތުރެއް ކުރަންޖެހެނީ 75 ރުފިޔާއަށްކަމަށްވާއިރު، ބައެއް ފަހަރު 100 ރުފިޔާ ހޯދުމަށް ޑްރައިވަރުން ޑިމާންޑްކުރެއެވެ. ނޫނީ ދަތުރުމަތީގައި ތިބެގެން ކުދި ކިޔައެވެ. މީގެއިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދަތުރުކުރަންޏާ ނަގާ އަގު ވަކިން ބޮޑުކުރެއެވެ.

މިފަހުން ދިމާވި ހާދިސާއެކެވެ. މާލެއިން ހުޅުމާލެއަށް ދިޔަ ކުޑަކުއްޖެއް ކައިރީ ޓެކްސީ ޑްރައިވަރު ބުނިކަމަށްވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދާން ވަރަށް ފޫހިކަމަށެވެ. އަދި ދެވަނަ ފިޔަވައްސަށް ދެވޭނީ 100 ރުފިޔާ ދިނުމުންކަމަށް އެ ޑްރައިވަރު ބުންޏެވެ. އެންމެފަހުން އެ ކުއްޖާއަށް ޖެހުނީ އިތުރު ގޮތެއް ނެތިގެން 100 ރުފިޔާ ދޭށެވެ. މިއީ ކަނޑައެޅިގެން މަނާ ކަންކަމެވެ. ނަމަވެސް ޓެކްސީ ޤުރުއާން ނުވަތަ ދަރުސް ޖަހައިގެން ތިބި ބައެއް ޑްރައިވަރުންގެ ފަރާތުން މި އަމަލުތައް ދަނީ ފެންނަމުންކަން އެއީ ހިތާމަޔާއެކު ފާހަގަކުރަންޖެހޭ ކަންކަމެވެ.

ޓެކްސީ ޑްރައިވަރުންގެ ފަރާތުން ފެންނަ އަނެއްކަމަކީ، ދަތުރެއް ނަގައިގެންދާއިރު، މަގުމަތިން ފެންނަ އެންމެން އެ ދަތުރުގައި ބައިވެރިކުރުމެވެ. ޤަވާއިދު އޮންނަ ގޮތުން ދަތުރަށް ފުރަތަމަ އަރާ ކަސްޓަމަރުގެ ހުއްދަ ނެތި އިތުރު ކަސްޓަމަރެއް ނޭރުވޭނެއެވެ. ނަމަވެސް މިކަމަށް އަމަލުކުރާ މީހަކު މަދެވެ. ބައެއް ފަހަރު ވަކިވަކި 4 ކަސްޓަމަރުން ގޮވައިގެން މާލެއިން ހުޅުމާލެއަށްދާ މަންޒަރުވެސް ފެނެއެވެ. މީގައި އޮތް އެންމެ ހެއްވާ ކަމަކީ ކިތަންމެ ބައިވަރު ބަޔަކު ގޮވައިގެންދިޔަނަމަވެސް، އެމީހުން އަތުން ފައިސާގެ އަދަދަށް ބަދަލު ނާންނަކަމެވެ.

ކޮންމެއަކަސް ރާއްޖޭގައި ދެމުން އަންނަ ޓެކްސީ ހިދުމަތް މޮނިޓަރކޮށް ރެގިއުލޭޓްކުރަންވެއްޖެއެވެ. ޓެކްސީގެ ޚިދުމަތް ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރަންޖެހެއެވެ. ސަރުކާރުން ދޫކުރާ ހުއްދަތައް ނަގައިގެން ޓެކްސީ ސެންޓަރުތައް ހިންގާކަމުގައިވާނަމަ އެކަމަށް އެކަށައަޅާފައިވާ ޤަވާއިދުތަކާއި އެއްގޮތަށް އެކަންކަން ކުރޭތޯ ޔަގީންކުރުމަކީ މުއައްސަސާތަކުގެ ޒިންމާއެކެވެ. އެހެންނޫނީ ޓެކްސީ ޚިދުމަތެކޭ ކިޔާފައި ނަމެއްގައި މި ޚިދުމަތް ދިނުމުގެ ބޭނުމެއް ނެތެވެ.

ކޮންމެ މީހަކުވެސް ކާރެއް އޮތިއްޔާ މަގުމައްޗަށް ނިކުމެ ދަތުރުކުރަންވީއެވެ. ޓެކްސީ ބޯޑެއް ލިބެންދެން މަޑުކުރުމުގެ ބޭނުމެއް ނެތެވެ. އެގޮތުން މިހާރުވެސް އަމިއްލަ ގިނަ ބަޔަކު މިކަން ކުރާކަން ފާހަގަކޮށްލެވެއެވެ. އެކަމާއިވެސް ޓެކްސީ ޑްރައިވަރުން ތިބެނީ ތުން ދަމާފައެވެ. އެއީ އެމީހުންނަށް ލިބޭ ބައި މަދުވެދާނެތީތޯއްޗެކެވެ. ހަޤީޤަތަކީ މިއަދު ޓެކްސީއަކީ ހިދުމަތެއް ނޫނެވެ. އެއީ ބަޔަކު ކުރާ ބޮޑު ވިޔަފާރިއެކެވެ. އެހެންކަމުން މިކަމުގައި ދެން ލިބެން އޮތް ހައްލަކީ މި ވިޔަފާރި ވީހާވެސް ގިނަ ބަޔަކަށް ހުޅުވާލުމެވެ. އެހެން ނޫނީ މިހާރު ވަކި ބަޔަކަށް އެކަނި އޮންނަ ޓެކްސީގެ އަގުތައް އަތުފަތު ނުހެޖޭ ހިސާބަށް ހިނގައިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


10

ޑްރައިވަރު

10-Dec-2021

އަޅުގަނޑަށް ފެންނަނީ އެހެން ގައުމުތަކުގައި ވެސް ހުންނަގޮތަށް، ފައިސާ ނެގުމަށް މީޓަރު ހަރުކުމެވެ. ޑްރައިވަރުންނާއި ދިމާލަށް އެއްޗިހި ކިޔުމަކީ ހައްލެއްނޫނެވެ.


-5

މައުމޫން

10-Dec-2021

ޓެކްސީޱދުއްވާ ބޭފުޅުން ވެސް އާމުދަނީ ހޯދަން ކުރާ މަސަތްކައި ، މާލެތެރޭ ކާރު ދަތުރުކުރުމަކީ ފަސޭހަ ކަމެއްނޫން، އެހެންވީމާ އެމީހުން ވެސް ދަތުރުބކުރާނީ އެމީހުންނައް އެންމެ ފައިދާވާ ގޮތައް، 30 މިނެޓްގެ ދަތުރަކައް 25 ރުފިޔާ ވޯރތް އެއްނޫން .


-8

ޑްރައިވަރު

10-Dec-2021

ކޮއްކޮޔަތިއޮތީއޮޅިފަ ޓެކްސީއަކީވެސްވިޔަފާރިއެ ކާޑުގެއަގުކޮންޓްރޯލްކުރާގޮތަ އަގުކޮންޓްރޯކޮއްގެން އާންމްދަނީހޯދަންކުރާމަސައްކަތް


13

ޑްރައިވަރު

10-Dec-2021

ށަކުވާގެ ވެރިފަރާތަ ސަލާމް މުޅިންރަގަޅުޥާހަކައެނުން ގަވާޢިދާހިލާފަ ޓެކްސީ އިން ލާރިނަގައިފިނަމަ ގުޅަންޖެހޭފަރާތަ ގުޅާބަލަ ޢަގު އެގޭ ޅާރިދެނީދަތުރުނިމުނީމާ ކީއްކުރަންގިނައިންދެނީ ޙުޅުމާލެޔަ ދާންދަތުރެލިބޭތޯ ތެޔޮއަންދަންދުއްވާލަދުއްވާލާ ޓެކުސީއެ ނޯންނާނެ ރަށުތެރޭދަތުރުކުރާނެ ދަތުރުކޮއްގެން އުނަގަދުނޑަ ތަދުކޮއްގެންޓެކުސީންލާރިލިބޭނީ އަމިއްލަމީހާޓެކްސީއެއްދުއްވާލޭމާ ޢޭގެަސަރުއިހްސާސްވާނީ


7

ޑްރައިވަރު

10-Dec-2021

1. ޑިމާންޑް ބޮޑު ގަޑީގައި ލިބެން އުނދަގޫ ވާނެ 2. މާލޭގެ މަގުތައް ކޯނު ޖަހާ ބަންދުކޮށްފަ ހުންނަ ވަގުތު ގިނަ، އެތެރޭގެ އެއް ދަތުރަށް 25-30 މިނެޓު ނަގާ. 3. ހުޅުމާލެ ފޭސް 2 އަށް ދާން ސަރުކާރުން ވަނީ އަގުތައް ހަމަޖައްސަވާފަ. މާލެ-ފޭސް 2 އަށް -/90ރ ފޭސް 1-ފޭސް 2 އަށް -/40ރ. އިތުރަށް ނުދިނީމަ ނިމުނީ 4. ޤުރުޢާން ނުވަތަ ދަރުސް ޖަހައިގެން އުޅޭ އެންމެންނަކީ ސޯލިހުންނެއްނޫން. އިސްތަށި ގަނޑު ދިގުކޮށްގެން އުޅޭ އެންމެންނަކީ ބޯ މީހުންނެއްނޫން. 5. އެހެން ފަސެންޖަރަކު އިންނަ ކާރަކަށް އަރަން ބުންޏަސް ނާރާނީ. ތިމާ އިން ކާރަކަށް އެހެން މީހަކު އަރުވަންޏާ ފައިބާނީ ރުފިޔާ ނުދީ. ތިމާ އަށް ފަސޭހައިން ޓެކްސީ އެއް ނުލިބޭ ފަދައިން އެހެން މީހުންނަށް ވެސް ނުލިބޭ ނެކަން ވިސްނައިގެން، ޖާގަ އޮތީޔާ އެހެން މީހުން އަރުވަން ހުއްދަ ދިނުން ރަނގަޅު ނޫންތޯ؟. ތިމާ އިންނަ ޓެކްސީ އަށް އެހެން މީހުން އަރަން ނުރުހޭ އެކަމަކު އެހެން މީހަކު އިން ޓެކްސީ އަކަށް އަރަން ތިމާ އަށް އޯކޭ؟؟ 6. ބަހުގަ އެންމެން އެއްތާކަށް ފައިބާ އިރު އެންމެންގެ އަތުން ވެސް ރުފިޔާ ނަގާ އިރު، ޓެކްސީ އެއްގައި އެކިތަންތަނަށް ފައިބާ އިރު ރުފިޔާ ނުނަގަންވީ ކީއްވެ؟ (އަނެއްކާވެސް ބުނެލަން ތިބާގެ ނުރުހުމުގައި އެހެން މީހަކު އަރުވާ ފިއްޔާ ދަތުރު ހުއްޓުވައި ރުފިޔާ ނުދީ ފޭބުމުގެ އިޚްތިޔާރު އޮވޭ) 7. މިހާރު ކާރެއް އޮތް މީހަކު ވެއްޖެޔާ އެޕު އަޅައިގެން ހަމަ ދަތުރު ކުރަންވީ. އެއްވެސް ޓެކްސީ ޑްރައިވަރަކު މައްސަލައެއް ނުޖައްސާނެ. މައްސަލަ ޖައްސަނީ ޓެކްސީ ޑްރައިވަރުން ހުއްދަ ނެތި ޓެކްސީ ނުކުރެވި ޕްރައިވެޓް ކާރު ނަގަންޖެހޭ ހުއްދަ ނުނަގާ ޓެކްސީ ކުރާތީ. ކުރަނީ އެއްކަމެއް އެކަމަކު އެއްބަޔަކު ހުއްދަ ނެތަސް އޯކޭ އަނެއްބަޔަކު ޖޫރިމަނާ 8. އެޕް އަޅައިގެން ދަތުރުކުރާ ޕްރައިވެޓް ކާރުތައްވެސް ކުރަނީ ހުޅުމާލެ ނޫނީ ހުޅުލެ ދަތުރު. މާލެ އެތެރެ ދަތުރު ނުކުރޭ 9. ޓެކްސީކުރަން އޮތީ އެންމެންނަށް ހުޅުވާފަ މިހާރުވެސް. ޕްރައިވެޓް ކާރުގައި އެޕް އަޅައިގެން ހަމަ ކުރަންވީ. ނުކުރަނީ ކީއްވެ؟ މިކަމަކީ ވަކި ހިއްވަރެއް ހުރެގެން ކުރެވޭ ބުރަ މަސައްްކަތެއް. ކޮންމެ ކޮޮންމެ މީހަކަށް ނުވާނެ.


-15

ކަަައްޕި ކިންގު

09-Dec-2021

މަ ގޭ ކާރުގަ މަބޭނުން ދަތުރެއްކުރާނީ ހަބަރު ލިޔުނު މީހާ ގެ މުސްކުޅި ........????


-10

ޓެކްސީ ޢަހްމަދު

09-Dec-2021

ޓެކްސީ ކަޑަވާހަކަ ދައްކާނީ. ޜަނގަޅު ޕެޓްރޯލް އަގްބޮޑުވާކަމެއް ނެގޭ.



ޓްރެންޑިން