އިންޑިއާއިން އަފްޣާނިސްތާނަށް އެހީ ފޯރުކޮށްދޭން ނިންމައިފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒް އިން ހާމަކޮށްފައިވަނީ އެހީގެ ގޮތުގައި މައިގަނޑުގޮތެއްގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ގޮދަންކަމަށެވެ. އެގޮތުން މިތަކެތި އަފްޣާނިސްތާނަށް ފޯރުކޮށްދޭނީ ޕާކިސްތާނު މަގުންކަމަށްވެސް އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

"އިންސާނީ އެހީގެ ގޮތުގައި އިންޑިއާއިން އަފްޣާނިސްތާނަށް ޕާކިސްތާން މެދުވެރިކޮށް ގޮދަން ފޮނުވުމަށް ހުއްދަ ދީފައިވާނެ. އަދި މިކަން ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތުވެސް މީގެ ތިން ހަފްތާ ކުރިން އިންޑިއާއަށް އަންގާފައިވާނެ." ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ އިސްތަރުޖަމާން ވިދާޅުވިއެވެ.

މިއާއެކު، ތާލިބާނުންގެ އަތްމަތީގައިވާ އަފްޣާނިސްތާނު ބައިނަލް އަގުވާމީ އެހީތެރިކަމަށް ޖެހުނު ދުވަހު، ޕާކިސްތާނާއި އިންޑިއާގެ ގުޅުން ވަނީ ބައިނަލް އަގުވާމީ އިންސާނީ އެހީ ފޯރުކޮށްދޭ ގިނަ ޖަމާއަތްތަކާއި ޖަމިއްޔާތަކުން ބަލައިގަނެ މިސާލު ޖަހާފައެވެ.

ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ދިއުމާއިއެކު، ބައިނަލް އަގުވާމީ އެހީތެރިކަމަށް ބަރޯސާވާ އަފްޣާނިސްތާނަށް ބައިނަލް އަގުވާމީ އެހީ ވަގުތީ ގޮތުން ހުއްޓުވާފައެވެ. މިއާއެކު އެގައުމުގެ މާލީ ހާލަތު ދައްވުމާއިއެކު، ގިނަބަޔަކު ބަނޑަށް ޖެހިފައިވާކަމަށް އދ އިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން