ފުރަތަމަ ފަހަރަށް ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ އެއަރ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
އެއަރ ޓްރެފިކް ކޮންޓްރޯލަރުން ތަމްރިންކުރުމުގެ ޕްރޮގްރާމްތައް ރާއްޖޭގައި އަލަށް ފަށާފައިވާއިރު، ރާއްޖޭގައި އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީން ކުރެވޭނެ ވަސީލަތް އެމްއޭސީއެލުން ޤާއިމުކޮށް ޚިދުމަތް އިފްތިތާޙްކުރީ މިދިޔަ ޑިސެމްބަރުމަހުގެ ފަހުކޮޅެވެ.
އެގޮތުން ބައިނަލްއަޤްވާމީ ފެންވަރުގެ ޓްރެއިނިންގތައް ދެވޭ އޭޓީސީ ޓަވަރ ސިމިއުލޭޓަރެއް ވަނީ ބަހައްޓާފައެވެ. މިއީ ރާއްޖޭގެ އެއަރޕޯޓްތަކުގެ މެޕްތަކާއި މަންޒަރުތައް ހިމެނޭހެން ހަދާފައިވާ މޮޑެލް ސިމިއުލޭޓަރެކެވެ.
މި ސިމިއުލޭޓަރ ބޭނުންކޮށްގެން ހަދާ ފުރަތަމަ ތަމްރީން އެމްއޭސީއެލުން އިއްޔެ ފަށާފައިވާއިރު މި ޕްރޮގްރާމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން ބަލައިގަންނަ ކޯހެކެވެ.
މިފަހަރުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވަނީ މިހާރުވެސް އޭޓީސީ ޓަވަރުގައި މަސައްކަތްކުރާ 8 މުވައްޒަފުންނެވެ.
އެއަރ ޓްރެފިކް ކޮންޓްރޯލަރުންނަކީ، ވައިގެ ބަނދަރުތަކުގެ ސަރަޙައްދުގެ ފްލައިޓް މޫވްމަންޓްތައް ބަލާ، ޕައިލެޓުންނަށް އިރުޝާދު ދިނުމުގެ މަސައްކަތްތައް ކުރާ ފަރާތްތަކެވެ.
ރާއްޖޭގައި މިވަގުތުވެސް 17 އެއަރޕޯޓަކުން ޚިދުމަތްދޭއިރު، މި ހުރިހާ އެއަރޕޯޓްތަކުގެ އެއަރ ޓްރެފިކް ކޮންޓްރޯލްކުރަނީވެސް އެމްއޭސީއެލްގެ ޓަވަރުތަކުންނެވެ.

MACL begins the first in-country Aerodrome Control course using the newly installed Aerodrome Simulator. This is an MCAA-approved course conducted to the international standards set by ICAO. This 9-week program will be taught by international and national instructors. pic.twitter.com/Qi4PuCVVfw
— Maldives Airports Company Ltd - MACL (@MACLmedia) January 30, 2022
މި ސިމިއުލޭޓަރ ބޭނުންކޮށްގެން ހަދާ ފުރަތަމަ ތަމްރީން އެމްއޭސީއެލުން އިއްޔެ ފަށާފައިވާއިރު މި ޕްރޮގްރާމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން ބަލައިގަންނަ ކޯހެކެވެ.
މިފަހަރުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވަނީ މިހާރުވެސް އޭޓީސީ ޓަވަރުގައި މަސައްކަތްކުރާ 8 މުވައްޒަފުންނެވެ.
އެއަރ ޓްރެފިކް ކޮންޓްރޯލަރުންނަކީ، ވައިގެ ބަނދަރުތަކުގެ ސަރަޙައްދުގެ ފްލައިޓް މޫވްމަންޓްތައް ބަލާ، ޕައިލެޓުންނަށް އިރުޝާދު ދިނުމުގެ މަސައްކަތްތައް ކުރާ ފަރާތްތަކެވެ.
ރާއްޖޭގައި މިވަގުތުވެސް 17 އެއަރޕޯޓަކުން ޚިދުމަތްދޭއިރު، މި ހުރިހާ އެއަރޕޯޓްތަކުގެ އެއަރ ޓްރެފިކް ކޮންޓްރޯލްކުރަނީވެސް އެމްއޭސީއެލްގެ ޓަވަރުތަކުންނެވެ.
ކިޔުންތެރިންގެ ހިޔާލު