ޑިސްއެބިލިޓީ އިންޝުއަރެންސް ސްކީމެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕެންޝަން އޮފީހުންވިދާޅުވެއްޖެއެވެ.
ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ އޮފީހުގެ އެކްޓިންގ ސީއީއޯ ފާތިމަތު ސުޖާތާ ހަލީމް ވިދާޅުވީ އިންވެސްޓްމަންޓް ކުރެވޭ ދާއިރާތައް ފުޅާކުރުމަށް ވޯލްޑް ބޭންކާއެކު މަޝްވަރާތައް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޑިސްއެބިލިޓީ އިންޝުއަރެންސް ސްކީމެއް އުފެއްދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށާއި، އެސްކީމަކީ ޕެންޝަން ފަންޑުގެ ބައިވެރިންގެ އަތުން އިތުރު ފައިސާ ނަގައިގެން ހިންގާ ސްކީމެއް ކަމަށް ސުޖާތާ ވިދާޅުވިއެވެ.
"ޑިސްއެބިލިޓީ އިންޝުއަރެންސް ސްކީމެއް އުފެއްދުމަކީ އަޅުގަނޑުމެން ކުރަން ރާވާފައި އޮތް ކަމެއް، މަސައްކަތު މާހައުލުގައި މީހަކަށް ދިމާވެދާނެ ޑިސްއެބިލިޓީ އަކާއި ގުޅިގެން ފައިސާ ލިބޭނެ ގޮތެއް ނޫނީ، އެއާ ގުޅިގެން އިންކަމް ރިޕްލޭސް ކުރެވޭނެ ގޮތެއް." ސުޖާތާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕެންޝަން އެނުވިޓީ ޕްރޮޑަޓް އެއް ތައާރަފް ކުރުމަށް މިހާރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"މީގެ ސަބަބުން މަހުން މަހުން ބަހާލައިގެންދޭ އެއް އުސޫލުގެ ބަދަލުގައި އެކި އުސޫލުގެ ދަށުން މި ޕެންޝަން ފައިސާ ރިޓަޔަމަންޓް އޭޖްގައި ލިބިގެންދާނެ." ސުޖާތާ ވިދާޅުވިއެވެ.
ސުޖާތާ ވިދާޅުވީ ވަޒީފާ އަދާކުރާ ފަރާތްތަކުން މިހާރު ޕެންޝަން ފަންޑަށް ޖަމާކުރާ 7 ޕަސެންޓަކީ އެމީހެއްގެ މުސާރައިން އެ ފަންޑަށް ޖަމާކުރާ ވަރު ކަމަށާއި، ޕެންޝަނަށް ރައްކާކުރާ ފައިސާއިން އެހެން ކަމެއް ކުރުން ރަނގަޅު ނޫން ކަމަށެވެ. އެހެންނަމަވެސް އެ 7 ޕަސެންޓްގެ އިތުރުން ވެސް ޕެންޝަން ފަންޑަށް ފައިސާ ޖަމާކޮށް ފަހަށް ރައްކާކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި، ދުނިޔޭގެ އެހެން ގައުމު ތަކުން ވެސް އެކަން ކުރަނީ އެގޮތަށް ކަމަށް ސުޖާތާ ވިދާޅުވިއެވެ.
"ޕެންޝަނަށް ކުރާ ކޮންޓިބިއުޝަން އިން އެގޮތަށް ފައިސާ ނެގުމަކީ އެހާ ރަނގަޅު ގޮތެއް ކަމުގައެއް ނުވާނެ، އެއީ ދިގު މުއްދަތަކަށް ފައިސާ އިންވެސްޓް ކޮށްފަައިވާތީ." ސުޖާތާ ވިދާޅުވިއެވެ.
ޕެންޝަން ފަންޑަކީ ވަޒީފާ އަދާ ކުރާމީހުންގެ އަސާސީ މުސާރައިގެ ހަތް ޕަސެންޓް މުސާރައިން ކެނޑުމަށް ފަހު، އަދި ވަޒީފާ ދޭ ފަރާތުން ވެސް އެ އަދަދަށްވާ ފައިސާ މުވައްޒަފުންގެ ފަރާތުން ޖަމާކުރާ ފަންޑެކެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކުން އެފަންޑުގައި ބައިވެރިވުމަކީ ގާނޫނުން ލާޒިމްކުރާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު