ރޯދަވެރިންނަށް ޓަކައި ޚާއްޞަ ކުރެވިފައިވާ ދޮރުކޮޅެއް ސުވަރުގޭގައި ވޭހެއްޔެވެ؟ ވާނަމަ އެދޮރުކޮޅުގެ ނަމަކީ ކޮބައިތޯ؟
الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد:
ރޯދަވެރިނަށް ޓަކައި ޚާއްޞަ ކުރެވިފައިވާ ދޮރުކޮޅެއް ސުވަރުގޭގައި ވެއެވެ. އެދޮރުކޮޅުގެ ނަމަކީ "އައްރައްޔާން" އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَقُومُونَ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ فَإِذَا دَخَلُوا أُغْلِقَ فَلَمْ يَدْخُلْ مِنْهُ أَحَدٌ) البخاري ( 1763 ) ومسلم ( 1947 ) މާނައަކީ: "ހަމަކަށަވަރުން ސުވަރުގޭގައި "އައްރައްޔާން" އޭ ކިޔުނު ދޮރުކޮޅެއްވެއެވެ. ގިޔާމަތް ދުވަހުގައި އެދޮރުކޮޅުން ވަންނަ ހުށީ ރޯދަވެރިންނެވެ. އެނޫން އެއްވެސް ބަޔަކު އެދޮރަކުން ނުވަންނާނެއެވެ. ބުނެވޭނެއެވެ. "ރޯދަވެރިން ކޮބައި ހެއްޔެވެ؟ އެހިނދު ރޯދަވެރިން ތެދުވާނެއެވެ. އެނޫން ބަޔަކު އެދޮރުން ސުވަރުގެ އަކަށް ނުވަންނާނެއެވެ. އެމީހުން ވަދެ ނިމުމުން އެދޮރު ބަންދު ކުރެވޭނެއެވެ. އިތުރަށް އެއްވެސް މީހަކަށް ނުވަދެވޭނެއެވެ." والله أعلم
ރޯދަ އަށް ހުރެ ކޮފީ ތައްޓެއްގެ ރަހަބެލުން
އަޅުގަޑަކީ ކޮފީ އުފައްދާ ފެކްޓަރީ އެއްގައި މަސައްކަތް ކުރާ މީހަކީމެވެ. ވަރަށް ގިނަފަހަރަށް އޭގެ ރަހަ އާއި ވަސް ބަލަން ޖެހެއެވެ. މިގޮތުން ރޯދަ އަށް ހުރެ ރަހަބަލާނަމަ ހަށިގަނޑަށް އެއްވެސް ވަރެއް ނުދޭތޯ ވަރަށް ބޮޑަށް ބަލަމެވެ. އެހެންނަމަވެސް ރަހަބެލުމުގެ ސަބަބުން އަނގައިގާ ރަހަ އަކާއި ވަހެއް ހުރެއެވެ. ވީމާ، މިގޮތަށް ކޮފީގެ ރަހަބެލުމުގެ ސަބަބުން ރޯދަ ގެއްލޭނެތޯއެވެ؟

ރޯދަ އަށް ހުރެ ކާ އެއްޗެތީގެ ރަހަބަލަން ޖެހިއްޖެނަމަ އެކަން ކުރުމަކީ ހުއްދަ ކަމެކެވެ. ހަށިގަނޑުގެ އެތެރެއަށް މިންވަރެއް ނުދާނަމަ ރޯދަ އަކަށް އޭގެ ސަބަބުން އަޘަރެއް ނުކުރާނެއެވެ. މިގޮތަށް ރަހަބެލުމުގައި ކޮފީ ވިޔަސް އަދި އެހެން އެއްޗެއްވިޔަސް ހަމަހަމަ ވެގެންވެއެވެ. އެއްވެސް ބޭނުމެއްނެތި ކާއެއްޗެއްގެ ރަހަ ބެލުމަކީ މަކްރޫހަ ކަމެކެވެ. ނަމަވެސް އޭގެ ސަބަބުން ރޯދަ ބާޠިލް އެއް ނުވާނެއެވެ.
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު- ވިދާޅުވެފައިވެއެވެ. "ތެލިން ނުވަތަ އެނޫންވެސް އެއްޗަކުން ކާއެއްޗެތީގެ ރަހަ ބެލުމަކީ ރޯދަވެރިޔާ އަށް ހުއްދަ ވެގެންވާ ކަމެކެވެ."
އިމާމް އަޙްމަދު ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނުގެ ގާތުގައި ބޮޑަށް ރަގަޅީ ރަހަ ނުބެލުމެވެ. ނަމަވެސް ރަހަބަލަން ޖެހިގެން ރަހަބެލި ނަމަވެސް އޭގެ ސަބަބުން ރޯދަ އަކަށް އަޘަރެއް ނުކުރާނެއެވެ". އަލްމުޣްނީ (4-359).
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ- ރަޙިމަހުﷲ- އެކަލޭގެފާނުގެ "ފަތާވާ އަލްކުބްރާ- ގައި ވިދާޅުވެފައިވެއެވެ. "އެއްވެސް ސަބަބަކާ ނުލާ ކާއެއްޗެތީގެ ރަހަބެލުމަކީ ރޯދަވެރިޔާގެ މައްޗަށް މަކްރޫހަވެގެންވާ ކަމެކެވެ. ނަމަވެސް އޭގެ ސަބަބުން ރޯދަ ގެއްލޭވަރުގެ ކަމެއް ނޫނެވެ."
ޝައިޚް ޢުޘައިމީންގެ "ފަތާވާ އައްޞިޔާމް" އޭ ކިޔުނު ފޮތުގެ 356 ވަނަ ޞަފްޙާގައި ވެއެވެ. ކާއެއްޗެތީގެ ރަހަ ބެލުމުން ރޯދަ ގެއްލޭނެތޯއެވެ؟
ޖަވާބުގައި ވިދާޅުވެފައިވެއެވެ. "ދިރުވާ ނުލާނަމަ ރޯދަ އަށް ހުރެ ކާއެއްޗެތީގެ ރަހަ ބެލިޔަސް ވެސް މައްސަލަ އެއް ނެތެވެ. އެހެންނަމަވެސް ކޮންމެހެން ބޭނުންވެގެން ނޫނީ އެފަދަ ކަމެއް ނުކުރާ ހުށި ކަމެވެ. މގޮތަށް ރަހަބަލާ އިރުގައިވެސް ގަޞްދަކާ ނުލާ ހަށިގަނޑުގެ ތެރެއަށް އެއިން އެތިކޮޅެއް ދިޔަނަމަވެސް ރޯދަ އެއް ނުގެއްލޭނެއެވެ." والله أعلم
ރޯދަ އަށް ހުއްޓާ އެންޑޯސް ކޮޕީ ހެދުން
އެންޑޯސް ކޮޕީ ހެދުމުން ރޯދަ ގެއްލޭނެތޯ؟

އެންޑޯސް ކޮޕީ އަކީ ބަލިމީހާގެ އަނގައިން ގޮހޮރުގެ ތެރެއަށް ވައްދާލެވޭ ކެމެރާ އެކެވެ. އެކެމެރާގެ ޛަރީޢާ އިން ބަލިމީހާގެ ގޮހޮރުގެ ފޮޓޯ ނަގާ ބައްޔެއް ހުރިތޯ ބަލައި ހެދެއެވެ. ނުވަތަ ގޮހޮރުން ތަންކޮޅެއް ޓެސްޓު ކުރުމަށް ޓަކައި ނެގެއެވެ. އަދި އެނޫންވެސް ކަންތައްތަކެއް ކުރެވެއެވެ. މި މަސައްކަތް ނިންމުމަށް ފަހުގައި ބަލި މީހާގެ އަނގައިން އެކެމެރާ ނެރެލެވެއެވެ.
ގޮހޮރުގެ ތެރެއަށް އެއްޗެއް ގޮސްފިނަމަ ރޯދަ ގެއްލޭނެތޯ ނުވަތަ ނޫންތޯ، މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތު ވުން ތަކެއް ވަނީ އުފެދިފައެވެ.
މާލިކީ، ޝާފިޢީ، އަދި ޙަންބަލީ މަޛްހަބުގައި ގޮހޮރުގެ ތެރެއަށް އެއްވެސް އެއްޗެއް ގޮސްފިނަމަ ރޯދަ ގެއްލޭނެއެވެ. އެހެންކަމުން އެންޑޯސް ކޮޕީ ހެދުމަށް މިވެއްދޭ ކެމެރާގެ ސަބަބުންވެސް ރޯދަ ގެއްލޭނެއެވެ.
ޙަނަފީ މަޛްހަބުގައިވެސް ގޮހޮރުގެ ތެރެއަށް އެއްޗެއް ގޮސްފިނަމަ ރޯދަ ގެއްލޭނެއެވެ. އެހެންނަމަވެސް މިގޮތުން ގޮހޮރުގެ ތެރެއަށް ދާ އެއްޗަކީ ގޮހޮރުގައި ހަރުލާ ހުންނަ އެއްޗަކަށްވާން ޖެހޭނެއެވެ. މިގޮތުން ބަލާއިރު އެންޑޯސް ކޮޕީ ހެދުމަށް ގޮހޮރުގެ ތެރެއަށް ވެއްދޭ ކެމެރާގެ ސަބަބުން ރޯދަ އެއް ނުގެއްލޭނެއެވެ. ސަބަބަކީ އެކެމެރާގެ މަސައްކަތް ނިމުމަށް ފަހު އަނބުރާ ނެގޭތީވެއެވެ.
ބައްލަވާ: އައްޒައިލަޢީގެ ތަބްޔީނުލް ޙަގާއިގް (1-326)، އަލްމަޖްމޫޢުގެ (6-317)، އައްޝަރްޙުލް ކަބީރުގެ (7-410)، ބިދާޔަތުލް މުޖްތަހިދުގެ (2-153).
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ- ރަޙިމަހުﷲ ދެކިލައްވާ ގޮތުގައި ހަށިގަނޑުގެ ބާރު ޖައްސާފަދަ އެއްޗެއް ގޮހޮރުގެ ތެރެއަށް ގޮސްގެން މެނުވީ ރޯދަ އެއް ނުގެއްލޭނެއެވެ. ބައްލަވާ: މަޖްމޫޢުލް ފަތާވާގެ (20-528).
މި ރައުޔަށް ބަލައިފިނަމަ އެންޑޯސްކޮޕީ ހެދުމަކުން ރޯދަ އެއް ނުގެއްލޭނެއެވެ. ރާޖިޙް ގޮތަކީވެސް މިއީ އެވެ. ސަބަބަކީ ރޯދަ ފަރްޟު ކުރެއްވި އާޔަތުން ދޭހަވާ ގޮތުގައި ރޯދަ ގެއްލޭނީ ހަށިގަނޑުގެ ތެރެއަށް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް ގޮސްގެންނެވެ. އެންޑޯސް ކޮޕީ ހެދުމަށް ބޭނުން ކުރާ ކެމެރާ އަކީ ކާއެއްޗެއް ނޫނެވެ. އަދި ބޯއެއްޗެއްވެސް ނޫނެވެ. އަދި ހަށީގަނޑުގައި އެއްވެސް ކަހަލަ ބާރެއްވެސް ޖައްސާ އެއްޗެއް ނޫނެވެ. ނަމަވެސް ކެމެރާ ވެއްދުން ފަސޭހަ ކުރުމުގެ ގޮތުން ޖެލް ފަދަ އެއްޗެއް ލައިފިނަމަ މި ޖެލް ގޮހޮރުގެ ތެރެއަށް ދިޔުމުގެ ސަބަބުން ރޯދަ ގެއްލޭނެއެވެ. ސަބަބަކީ އެޖެލްގެ ސަބަބުން ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ބާރެއް ލިއްބައިދޭނެތީވެއެވެ. والله أعلم

ކިޔުންތެރިންގެ ހިޔާލު