އައިޝަތު އަލްޔާ މުނައްވަރު
އައިޝަތު އަލްޔާ މުނައްވަރު
ޒަމާނާއެއްގޮތަށް ޓެކްނޮލޮޖީ ތަރައްގީވަމުންދާއިރު ކޯޑިންގް ދަސްކުރުމަކީ ފައިދާ ކުރާނެ ކަމެއްކަމަށް، އުގައިލު ފައުންޑޭޝަނުން ހިންގާ އެޑްވާންސް ކޯޑިންގެ ދަރިވަރެއްކަމުގައިވާ އައިޝަތު އަލްޔާ މުނައްވަރު ފާހަގަކުރިއެވެ.

އުގައިލު ފައުންޑޭޝަނުން އުމުރުން 12 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒުކޮށްފައިވާ އެޑްވާންސް ކޯޑިން ޕްރޮގްރާމުގެ އެހީތެރިކަމާއެކު އަލްޔާ ފަދައިން ޅައުމުރުގައި ކޯޑިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އިތުރު ހިތްވަރެއް ލިބިގެންދެއެވެ.

ރެހެންދި ސްކޫލްގައި ކިޔަވަމުންދާ އުމުރުން 13 އަހަރުގެ އަލްޔާ ބުނީ ޒުވާން އުމުރުގައި ކޯޑިންގް ދަސްކުރުމަކީ މުހިންމު ކަމެއްކަމަށާއި، ހާއްސަގޮތެއްގައި ޒަމާނާއެއްގޮތަށް ޓެކްނޮލޮޖީ ތަރައްގީވަމުންދާއިރު، ކޯޑިންގް ދަސްކުރުމުން ކުރިމަގުގައި އެތައް ފަސޭހައެއް ލިބޭނެކަމަށެވެ. އެގޮތުން ސްކޫލްގެ ކިޔެވުމާއި އެކި ހަރަކާތްތަކުގެ ބޭރުންވެސް މިފަދަ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ސަބަބުން ޕްރޮގްރާމިންގް ލެންގުއޭޖް ދަސްވުމުގެ އިތުރުން، ވެބް އެޕް ޑިވެލޮޕް ކުރުމާއި، އާޓިފިޝަލް އިންޓެލިޖަންސާއި ބެހޭގޮތުން އެކި މައުލޫމާތު ލިބިގެންދާކަމަށް އަލްޔާ ފާހަގަކުރިއެވެ.



މީގެއިތުރުން މިފަދަ ޕްރޮގްރާމެއްގެ ސަބަބުން ކިޔެވުމަށްވެސް އިތުރަށް ޝައުގުވެރިވެ، އިތުރު ހިތްވަރެއް ލިބިގެންދާކަމަށް އަލްޔާ ބުންޏެވެ.

އަލްޔާ އަކީ ކޯޑިންގް ގެ އިތުރުން އާޓްސް، ސައިކޮލޮޖީ، އެސްޓްރޮލޮޖީ އަދި އެކި ގައުމުތަކުގައި ވާހަކަދައްކާ ބަސް ބަސް ދަސްކުރާހިތްވާ ކުއްޖެކެވެ. އަދި ކުރިމަގުގައި ރޮބޮޓިކްސް އިންޖިނިއަރިން ނުވަތަ ސައިކޮލޮޖީ އަދި ފޮރެންސިކްސް ދާއިރާއިން ކުރިއަށް ދިއުމަށް އުއްމީދުކުރާކަމަށް އަލްޔާ ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން