ރައީސް އިބްރާހިމް މުހައްމަދު ސާލިޙު އިއްޔެ ވަނީ ނުރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނު އުފަން ރަށް، ފާދިއްޕޮޅު ހިންނަވަރަށް ވަޑައިގެންފައެވެ. ރައީސް ސާލިޙު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ދެ ފަހަރެއްގެ މަތިން އަމިއްލަފުޅު ފަސްގަނޑު، ހިންނަވަރަށް ވަނީ ވަޑައިގެންފައެވެ. އެގޮތުން އެންމެ ފަހުން ރައީސް ޞާލިޙު ހިންވަރަށް ވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައެވެ. ރައީސް ސާލިޙު ރަސްމީ ދަތުރުފުޅެއްގައި ހިންނަވަރަށް ވަޑައިގަތުމުން "ރަށު ރައީސް" ނަމުގައި ސަގާފީ ކުޅިވަރާއެކު ވަރަށް ހޫނު މަރުހަބާއެއް ރަށުން ވަނީ ދަންނަވާފައެވެ. ރަށު ރައީސަށް މަރުހަބާ ދެންނެވުމަށް ޖަމާވި އެތައް ސަތޭކަ ރައްޔިތުންނާއެކު ރަށުން ރައީސަށް އޮތް ތާއިދާ ލޯބި ވަރަށް ރަނގަޅަށް ވަނީ ދައްކާލާފައެވެ.
ނަމަވެސް ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސާލިޙު ހިންނަވަރަށް އިއްޔެ ފެއްޓެވި ދަތުރުފުޅު އެތައް ގޮތަކުން ތަފާތުވެފައި ޚާއްސައެވެ. ރައީސް ސާލިޙު ހިންނަވަރަށް ކުރެއްވި މި ދަތުރުފުޅުން ރަށުތެރެއިން ފެނިގެން ދިޔައީ ވަރަށް ތަފާތު މަންޒަރު ތަކެކެވެ. ހިނިތުން ވުމާއި އުފާވެރިކަމެވެ. މުޅި ރައްޔިތުންގެ މޫނުމަތިން ފެންނަނީ މިދެނެވި ހިނިތުން ވުމެވެ. ފެންނަ މަންޒަރު ތަކަށް ބަލާއިރު ބޮޑަށް ސިފަވަނީ ރަށަށް ހަރޯދަ އީދެއް އައިސްގެން އުޅޭ ހެންނެވެ.
ފެންނަނީ ރައީސް މުޅި ރަށުގައި ހިންގަވާ މަންޒަރެވެ. މަގުމަތީން މީހުންނާ ބައްދަލު ކުރަށްވައި ސަލާން ގަލާންކުރަށްވައި ހާލުއަހުވާލު އައްސަވައި ސެލްފީ ނަންގަވާ މަންޒަރެވެ. ބޭރުގައި މީހަކު ފެންނާން ނެތިއްޔާ ގޭގެ ދޮރާށި ހުޅުވާ ލައްވައި ގޭގެ މީހުން ކޮބައިތޯ ބައްލަވައި އެމީހުންނާ ބައްދަލު ކުރަށްވަމުން ގެންދަވާ އުފާވެރި ތަފާތު މަންޒަރެވެ. މީގެ އިތުރުން ރަށުގެ ބައެއް ސަރަހައްދުތަކަށް ވަޑައިގެން ޒުވާނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ރަށު ގިނަ ރައްޔިތުންނާއި ރައީސް ބައްދަލު ކުރައްވަމުން ގެންދެވީ ވަރަށް ސާދާކަމާއެކު ހަމަ ރަށު ރައްޔިތެއްގެ ގޮތުގައެވެ. މި ބައްދަލު ކުރެއްވުމުގައި ވަކި ކުލައަކަށް ބެއްލެވުމެއް ނެތެވެ. ކުދި ބޮޑު، ޒުވާން އަދި ދުވަސްވީ މީހުން ތަފާތު ކުރެއްވުމެއް ނެތެވެ. އެ އެންމެންގެ ކައިރިއަށް ވަޑައިގެންނެވީ ރައީސް ޞާލިޙެވެ. މިއީ ހިންނަވަރުގެ ތާރީޚުގައި ވެސް ފެނިފައި ނުވާފަދަ އުފާވެރި ތަފާތު އިހުސާސު ތަކެއް ރައްޔިތުންނަށް ކުރެވިގެން ދިޔަ ވަގުތުކޮޅެކެވެ.
ރަށު ރައީސާއި ރަށުގައި މިހާ މިނިވަން ކަމާއެކު ބައްދަލުވެލާން ލިބުމުން ރަށު ރައްޔިތުން، ކުދި ބޮޑު އެންމެން ތިބީ އުފަލުން ފޮޅިފައެވެ. ރައީސް ޞާލިހާއި ބައްދަލުވި ކޮންމެ ރައްޔިތެއްގެ މޫނުމަތިން ފެނުނީ ދަންނަވަން ނޭނގޭފަދަ އުފަލާއި ހިތްހަމަޖެހުމުގެ ޝުއޫރުތަކެވެެ. ކުޑައެއް ބޮޑެއް މުސްކުޅިއެއް ނެތެވެ. ރަށުގެ އެތައް ބަޔަކު ރައީސާއި ބައްދަލުކޮށް ހިނދުކޮޅެއްގެ ތެރޭގައި ސެލްފީތަކުން މުޅި ޝޯޝަލް މީޑިޔާ ފުރާލައިފިއެވެ. އެތައް ބަޔެެއްގެ ފޯނުގައި ރައީސާއި ބައްދަލުވި އުފާވެރި ތާރިޚީ ވަގުތުކޮޅުގެ ހަނދާންތައް ރައްކާކުރިއެވެ. ފޮޓޯ އާއި ވީޑިއޯގެ ޒަރިއްޔާއިންނެވެެ.
ރައީސް ޞާލިހުގެ މި ތާރީޚީ ދަތުރުފުޅުގެ ފޮޓޯތަކާއި ވީޑިއޯތަކުން މުޅި ޝޯޝަލް މީޑިއާ ފުރާލާފައިވާއިރު ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ އެއް ފޮޓޯއަކީ ކުޑަ ކުއްޖަކު ރައީސަށް އަނބުކޮތަޅެއް ހަދިޔާއަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯއެވެ. ރައީސް އުފަލާއެކު އެ ހަދިޔާ ބަލައިގަނެއެެވެ. މިކަހަލަ އުފާވެރި އެތަށް ފޮޓޯއެކެެެވެ.
ގިނަ ބަޔަކަށް ކަމުދިޔަ މިފަދަ އެއް ވީޑިއޯއަކީ ރައީސް ސޯލިހު ގެއެއްގެ ދޮށަށް ވަޑައިގެން ކުޑަކުއްޖަކު ގެންގުޅުނު ކުޑަކުޑަ މުސަޅެއް އަތްޕުޅަށް ނަންގަވައިގެން އުޅުއްވާ މަންޒަރު ފެންނަ ވިޑިއޯއެކެވެ.
ރައީސް ޞާލިހު ވެސް އެމުސަޅު އަތްޕުޅަށް ނަންގަވައި އެ މުސަޅުގައި ވަރަށް ލޯބިން ފިރުމާލައްވަމުން އެއީ ކޮންތާކުން ގެނައި މުސަޅެއްްތޯ އެގޭގެ މީހުން ގާތުން އައްސަވައެވެ. ރައީސަށް ޖަވާބު ދެމުން އެގޭ މީހުން ދެންނެވީ އެއީ އެހެން ގެއަކުން ވިއްކާ އެއްޗެއް ކަމަށެވެ. މިދަތުރުފުޅުގެ ތާރީޚީ ހިތްގައިމު ހަނދާންތައް އާކޮށްދޭ މިފަދަ އެތައް ވީޑިއޯތަކަކާއި ފޮޓޯއެއް ސޯޝަލް މީޑިއާއަށް ވަނީ އެކި މީހުން ދޫކޮށްލާފައެވެ.
ރައީސް ސާލިޙުގެ އުފަން ރަށުގައި ރައްޔިތުންނާއި ބައްދަލުކުރަށްވައި އެއްވެސް ހުރަހެއް ނެތި އެމީހަކު ބޭނުން ވާހަކައެއް ރައީސާއި ދައްކާލައި ދަންނަވާލުމުގެ ފުރުސަތު ތަނަވަސްވެގެން ދިޔުމަކީ ހިންނަވަރުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މިކަމުންވެސް އެގެނީ ރައީސް ސާލިޙަކީ ވެރިކަން ލިބިވަޑަައިގަތަސް ރަށު ރައްޔިތުންގެ މަތިން، ރަށުގައި ތިބި އެމަނިކުފާނުގެ ބޮޑު އާއިލާގެ މަތީން ހަނދުމަފުޅު ނަައްތަވާލައްވާނެ ބޭފުޅެއް ނޫންކަން ކަމަށް އެ ރަށުގެ ބައެއް ރައްޔިތުން ބުނެ އެެވެ. އަދި ރައީސްގެ މިދަތުރުފުޅުން ވެސް ރަށު ރައްޔިތުންނާއި އަދި ރާއްޖޭގެ ރައްޔިތުންނަށް ވެސް ފެނިގެން ދިޔަ އެއްކަމަކީ ރައީސް ޞާލިހުގެ ހިތްޕުޅު ހެއުކަމާއި އޯގާތެރިކަމާއި ސާދާ ކަމެވެ.
ރައީސް ސާލިޙަކީ ރައްޔިތުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ރައްޔިތުންގެ ޚާދިމެއްކަން އެމަނިކުފާނުގެ ބަހާ އަމަލުން ސާބިތު ކޮށްދެއްވަމުން ގެންދަވާކަން ހިންނަވަރުގެ ރައްޔިތުން ގަބޫލުކުރެއެވެ. އެކަން އެގެނީ ރައްޔިތުން ފާޅުކުރާ އިޚުލާސްތެރި ޝުއޫރުތަކުންނެވެ. ހިންނަވަރު ރައްޔިތުން ސިފަކުރާގޮތުން ނަމަ މި ދަތުރުފުޅުން ވެސް ރައީސްގެ ފަރާތްޕުޅުން ފެނިގެންދިޔައީ ހިތްތިރިކަމުގެ ލާމަސީލު މިސާލެކެެވެ.
މުޅި ޝޯޝަލް މީޑިޔާއަށް ބަލައިލިއަސް މިއަދު ފެންނަނީ ރައީސަށް އޮހެމުންދާ ތައުރީފާއި ހެއު ބަސްތަކެވެ. އެގޮތުން ޝިފާގު ނަމަކަށް ކިޔާ މީހަކު ކުރި ޓުވީޓެއްގައި ބުނީ ރައީސްގެ ކިބައިން ފެންނަނީ އެކުވެރިކަމާއި މަޑުމައިތިރިކަމުގެ ސިފަތައް ކަމަށެވެ. ވަކި އުމުރެއް ވަކި ފަންތިއެއް ނެތި ކޮންމެ މީހަކާއި ވެސް އެމަނިކުފާނު ބައްދަލުކުރައްވަނީ ހިނިތުންވުމާއެކު ކަމަށް ޝިފާގު ބުނެފައިވެއެވެ. އަދި ހިނިތުންވުމާއެކު ރައީސް ރައްޔިތުންނާއި ބައްދަލުކުރުމަކީ އެންމެ ހިއްގައިމު އެއް ސިފަ ކަމަށް އޭނާ ފާހަަގަކުރިއެެވެ. ރައީސަށް ތައުރީފްކޮށް އިބްރާހިމް އަލީ ކިޔާ މީހަކު ކުރި ޓުވީޓެއްގައި ބުނީ އެކަކު އަނެކަކަށް އޯގާތެރިވާން ޖެހޭ ކަމަށާއި ރައީސަކީ އޭގެ ނަމޫނާއެއް ކަމަށެވެ.
ޝޯޝަލް މީޑިޔާގައި ރައީސްގެ ހިންނަވަރު ދަތުރުފުޅާ ގުޅިގެން ޚިޔާލު ފާޅުކުރި އިތުރު މީހަކު ބުނީ އިހުސާންތެރިކަމަކީ ރައީސްގެ ތަބީއީ ސިފައެއް ކަމަށެވެ. "ގަދަ ބަސް ބުނުމާއި ރައްދު ދިނުމަކީ މި ރައީސް ދަންނަކަމެއް ނޫނެވެ." އެމީހާ ބުންޏެވެ.
ވޭތުވެދިޔަ ކުރު މާޒީއަށް ބަލާއިރުވެސް ރައީސް ޞާލިހު ރަށަކަށް ވަޑައިގެންފިނަމަ އެންމެ އިސްކަމެއް ދެއްވަނީ ރަށުގެ އާންމު ރައްޔިތުންނާއި ބައްދަލު ކުރަށްވައި ސަލާންގަލާން ކުރަށްވައި އެމީހުންގެ ހާލުއަހުވާލު ބެއްލެވުމަށެވެ. ޚާއްޞަކޮށް ދުވަސްވީ މީހުންނާއި ތުއްތު ކުދިންނާއި ކުޑަކުދިންނާ ބައްދަލުވެ ވަޑައިގަންނަވާ ވަގުތަކީ އެމަނިކުފާނުގެ ފަރާތްޕުޅުން ތަފާތު އާދަޔާ ޚިލާފު މަންޒަރު ތަކެއް ފެންނަ ވަގުތުކޮޅެކެވެ. އެއީ އެމަނިކުފާނުގެ ސާދާ ދިރިއުޅުއްވުމާއި ހިތްތިރިކަމާއި އޯގާތެރިކަން ރައްޔިތުންނަށް އިހުސާސު ކުރެވިގެންދާ ވަގުތުކޮޅެކެވެ.
ރައީސް ސާލިޙު ހިންނަވަރަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިިކުފާނު ރޭ ވަނީ އެރަށުގެ ރައްޔިތުންނަށް ތަރާވީހެއް ދެއްވާފައެވެ. މިތަރާވީޙުއި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވިއެެވެެ.
ގިނަ ފަރާތްތަކުން ރައީސް ސާލިޙު ފާހަަގަކުރަނީ ރާއްޖެ ތެރޭގެ ތަރައްގީއަށް ޚާއްސަ އިސްކަމެއް ދެއްވާ ރައީސެއްގެ ގޮތުގައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރައީސް ސާލިޙުގެ ވެރިކަމަށް މިވީ ހަތަރު އަހަރު ތެރޭގައި އަތޮޅު ތެރޭގެ ތަރައްގީއާއި ކުރިއެރުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ފެނާއި ނަރުދަމާގެ ޚިދުމަތް ނެތް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ނިޒާމްގެ މަސައްކަތް ފެއްޓެވުމަކީ އޭގެ އަލިގަދަ ހެއްކަކަށް ފުދެއެވެެ. ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްގީ ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އަތޮޅު ތެރޭގެ ތަރަައްގީގެ އެންމެ ގިނަ މަސައްކަތް ކުރި ސަރުކާރުގެ ގޮތުގައި ރައީސް ސާލިޙުގެ ސަރުކާރު ވަނީ ވެގެން ގޮސްފައެވެ.

ކުއްޖަކު ރައީސް އަށް އަނބުކޮތަޅެއް ހަދިޔާކުރާ މަންޒަރު!! ❤️ pic.twitter.com/Gz2AM7np11
— shifaq 🇲🇻 (@hussain_shifaq) April 22, 2022
ގިނަ ބަޔަކަށް ކަމުދިޔަ މިފަދަ އެއް ވީޑިއޯއަކީ ރައީސް ސޯލިހު ގެއެއްގެ ދޮށަށް ވަޑައިގެން ކުޑަކުއްޖަކު ގެންގުޅުނު ކުޑަކުޑަ މުސަޅެއް އަތްޕުޅަށް ނަންގަވައިގެން އުޅުއްވާ މަންޒަރު ފެންނަ ވިޑިއޯއެކެވެ.
ކޮންތާކުން ހޯދިއެއްޗެއް؟ @ibusolih pic.twitter.com/A3iQFI73tt
— Ahmed Rasheed (@rashydahmed) April 22, 2022
ރައީސް ޞާލިހު ވެސް އެމުސަޅު އަތްޕުޅަށް ނަންގަވައި އެ މުސަޅުގައި ވަރަށް ލޯބިން ފިރުމާލައްވަމުން އެއީ ކޮންތާކުން ގެނައި މުސަޅެއްްތޯ އެގޭގެ މީހުން ގާތުން އައްސަވައެވެ. ރައީސަށް ޖަވާބު ދެމުން އެގޭ މީހުން ދެންނެވީ އެއީ އެހެން ގެއަކުން ވިއްކާ އެއްޗެއް ކަމަށެވެ. މިދަތުރުފުޅުގެ ތާރީޚީ ހިތްގައިމު ހަނދާންތައް އާކޮށްދޭ މިފަދަ އެތައް ވީޑިއޯތަކަކާއި ފޮޓޯއެއް ސޯޝަލް މީޑިއާއަށް ވަނީ އެކި މީހުން ދޫކޮށްލާފައެވެ.
ރައީސް ސާލިޙުގެ އުފަން ރަށުގައި ރައްޔިތުންނާއި ބައްދަލުކުރަށްވައި އެއްވެސް ހުރަހެއް ނެތި އެމީހަކު ބޭނުން ވާހަކައެއް ރައީސާއި ދައްކާލައި ދަންނަވާލުމުގެ ފުރުސަތު ތަނަވަސްވެގެން ދިޔުމަކީ ހިންނަވަރުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މިކަމުންވެސް އެގެނީ ރައީސް ސާލިޙަކީ ވެރިކަން ލިބިވަޑަައިގަތަސް ރަށު ރައްޔިތުންގެ މަތިން، ރަށުގައި ތިބި އެމަނިކުފާނުގެ ބޮޑު އާއިލާގެ މަތީން ހަނދުމަފުޅު ނަައްތަވާލައްވާނެ ބޭފުޅެއް ނޫންކަން ކަމަށް އެ ރަށުގެ ބައެއް ރައްޔިތުން ބުނެ އެެވެ. އަދި ރައީސްގެ މިދަތުރުފުޅުން ވެސް ރަށު ރައްޔިތުންނާއި އަދި ރާއްޖޭގެ ރައްޔިތުންނަށް ވެސް ފެނިގެން ދިޔަ އެއްކަމަކީ ރައީސް ޞާލިހުގެ ހިތްޕުޅު ހެއުކަމާއި އޯގާތެރިކަމާއި ސާދާ ކަމެވެ.
ރައީސް ސާލިޙަކީ ރައްޔިތުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ރައްޔިތުންގެ ޚާދިމެއްކަން އެމަނިކުފާނުގެ ބަހާ އަމަލުން ސާބިތު ކޮށްދެއްވަމުން ގެންދަވާކަން ހިންނަވަރުގެ ރައްޔިތުން ގަބޫލުކުރެއެވެ. އެކަން އެގެނީ ރައްޔިތުން ފާޅުކުރާ އިޚުލާސްތެރި ޝުއޫރުތަކުންނެވެ. ހިންނަވަރު ރައްޔިތުން ސިފަކުރާގޮތުން ނަމަ މި ދަތުރުފުޅުން ވެސް ރައީސްގެ ފަރާތްޕުޅުން ފެނިގެންދިޔައީ ހިތްތިރިކަމުގެ ލާމަސީލު މިސާލެކެެވެ.
ނިކަމެތި ކަމުން ވެރިކަމަށް ވަޑައިގެން ނިކަމެތި ރައްޔިތުންގެ މަތިން ހަނދުމަނައްތައެއް ނުލައްވައެވެ. ރައްޔިތުންގެ ހާލުބައްލަވައިލެއްވުމަށް އެމީހުންގެ ގާތަށް ވަޑައިގެންނެވީއެވެ.❤️ pic.twitter.com/RU6HlInnIc
— shifaq 🇲🇻 (@hussain_shifaq) April 22, 2022
މުޅި ޝޯޝަލް މީޑިޔާއަށް ބަލައިލިއަސް މިއަދު ފެންނަނީ ރައީސަށް އޮހެމުންދާ ތައުރީފާއި ހެއު ބަސްތަކެވެ. އެގޮތުން ޝިފާގު ނަމަކަށް ކިޔާ މީހަކު ކުރި ޓުވީޓެއްގައި ބުނީ ރައީސްގެ ކިބައިން ފެންނަނީ އެކުވެރިކަމާއި މަޑުމައިތިރިކަމުގެ ސިފަތައް ކަމަށެވެ. ވަކި އުމުރެއް ވަކި ފަންތިއެއް ނެތި ކޮންމެ މީހަކާއި ވެސް އެމަނިކުފާނު ބައްދަލުކުރައްވަނީ ހިނިތުންވުމާއެކު ކަމަށް ޝިފާގު ބުނެފައިވެއެވެ. އަދި ހިނިތުންވުމާއެކު ރައީސް ރައްޔިތުންނާއި ބައްދަލުކުރުމަކީ އެންމެ ހިއްގައިމު އެއް ސިފަ ކަމަށް އޭނާ ފާހަަގަކުރިއެެވެ. ރައީސަށް ތައުރީފްކޮށް އިބްރާހިމް އަލީ ކިޔާ މީހަކު ކުރި ޓުވީޓެއްގައި ބުނީ އެކަކު އަނެކަކަށް އޯގާތެރިވާން ޖެހޭ ކަމަށާއި ރައީސަކީ އޭގެ ނަމޫނާއެއް ކަމަށެވެ.
ޝޯޝަލް މީޑިޔާގައި ރައީސްގެ ހިންނަވަރު ދަތުރުފުޅާ ގުޅިގެން ޚިޔާލު ފާޅުކުރި އިތުރު މީހަކު ބުނީ އިހުސާންތެރިކަމަކީ ރައީސްގެ ތަބީއީ ސިފައެއް ކަމަށެވެ. "ގަދަ ބަސް ބުނުމާއި ރައްދު ދިނުމަކީ މި ރައީސް ދަންނަކަމެއް ނޫނެވެ." އެމީހާ ބުންޏެވެ.
ވޭތުވެދިޔަ ކުރު މާޒީއަށް ބަލާއިރުވެސް ރައީސް ޞާލިހު ރަށަކަށް ވަޑައިގެންފިނަމަ އެންމެ އިސްކަމެއް ދެއްވަނީ ރަށުގެ އާންމު ރައްޔިތުންނާއި ބައްދަލު ކުރަށްވައި ސަލާންގަލާން ކުރަށްވައި އެމީހުންގެ ހާލުއަހުވާލު ބެއްލެވުމަށެވެ. ޚާއްޞަކޮށް ދުވަސްވީ މީހުންނާއި ތުއްތު ކުދިންނާއި ކުޑަކުދިންނާ ބައްދަލުވެ ވަޑައިގަންނަވާ ވަގުތަކީ އެމަނިކުފާނުގެ ފަރާތްޕުޅުން ތަފާތު އާދަޔާ ޚިލާފު މަންޒަރު ތަކެއް ފެންނަ ވަގުތުކޮޅެކެވެ. އެއީ އެމަނިކުފާނުގެ ސާދާ ދިރިއުޅުއްވުމާއި ހިތްތިރިކަމާއި އޯގާތެރިކަން ރައްޔިތުންނަށް އިހުސާސު ކުރެވިގެންދާ ވަގުތުކޮޅެކެވެ.
ރައީސް ސާލިޙު ހިންނަވަރަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިިކުފާނު ރޭ ވަނީ އެރަށުގެ ރައްޔިތުންނަށް ތަރާވީހެއް ދެއްވާފައެވެ. މިތަރާވީޙުއި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވިއެެވެެ.
ގިނަ ފަރާތްތަކުން ރައީސް ސާލިޙު ފާހަަގަކުރަނީ ރާއްޖެ ތެރޭގެ ތަރައްގީއަށް ޚާއްސަ އިސްކަމެއް ދެއްވާ ރައީސެއްގެ ގޮތުގައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރައީސް ސާލިޙުގެ ވެރިކަމަށް މިވީ ހަތަރު އަހަރު ތެރޭގައި އަތޮޅު ތެރޭގެ ތަރައްގީއާއި ކުރިއެރުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ފެނާއި ނަރުދަމާގެ ޚިދުމަތް ނެތް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ނިޒާމްގެ މަސައްކަތް ފެއްޓެވުމަކީ އޭގެ އަލިގަދަ ހެއްކަކަށް ފުދެއެވެެ. ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްގީ ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އަތޮޅު ތެރޭގެ ތަރަައްގީގެ އެންމެ ގިނަ މަސައްކަތް ކުރި ސަރުކާރުގެ ގޮތުގައި ރައީސް ސާލިޙުގެ ސަރުކާރު ވަނީ ވެގެން ގޮސްފައެވެ.
ކިޔުންތެރިންގެ ހިޔާލު