ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްކަމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން، އޭއެފްސީން ނިންމުމާއި ގުޅިގެން، އެކަމާއި ގުޅުން ހުރި ފަރާތްތަކާއި މަޝްވަރާކުރަން ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ނިންމައިފިއެވެ.
ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބުނީ އޭ އެފްސީގެ ކޮމްޕެޓިޝަން އެންޑް ފުޓްބޯލް ޑިޕާޓްމަންޓް ގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް ސޮއިކޮށްފައިވާ ސިޓީއެއް އެކުލަބަށް އިއްޔެ ލިބިފައިވާކަމަށެވެ.
ސިޓީގައިވާ ގޮތުން ރޭޑިއަންޓް ސްޕޯޓްސް ކުލަބަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން އޮޅުވާލައިގެން އުފައްދާފައިވާ ކުލަބެއްކަމަށާއި އެކުލަބަކި،، ފީފާގެ ރެގިއުލޭޝަން އޮން ސްޓޭޓަސް އެންޑް ޓްރާންސްފަރ އޮފް ޕްލޭޔަސް ގެ 25 ވަނަ މާއްދާގައިވާ ގޮތުގެމަތީން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ސްޕޯޓިން ސަކްސެސަރ ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އެޅިފައިވާ ހުރިހާ ފިޔަވަޅުތައް ރޭޑިއަންޓް ސްޕޯޓްސް ކުލަބާއެކު ދެމިއޮންނާނެކަމަށް ކަނޑައަޅާފައިވާ ކަމުގައިވެސް ސިޓީގައި އަންގާފައިކަމަށް ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބުނެއެވެ.
އެހެންކަމުން އެ ކުލަބުގެ ފަރާތުން މިކަމާއި ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލައި، ކުލަބާއި މެދު އަޅާފައިވާ ފިޔަވަޅުތަކަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ވަކިން ރެޖިސްޓްރީ ކުރެވިފައިވާ އެހެން ގާނޫނީ ޝަހުސަކަށް ނިސްބަތްވާ ފިޔަވަޅުތަކެއް ކަމުން، މިކަމާއި ގުޅުންހުރި ފަރާތްތަކާއި އެކު މަޝްވަރާކުރަމުންދާކަމަށް ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މިއަދު ބުންޏެވެ.
އޭއެފްސީން ރޭޑިއަންޓަކީ ނިއުރޭޑިއަންޓް ކަމަށް ބަލާފައިވާއިރު، ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކަމަށް ބުނެ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމުން ހިންގާ އެއްވެސް މުބާރާތެއްގައި އެ ކުލަބު ބައިވެރިނުކުރުމަށް އެފްއޭއެމުންވެސް ވަނީ ނިންމައިފިއެެވެ.
ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކަމަށް ބުނެ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމުން ހިންގާ އެއްވެސް މުބާރާތެއްގައި އެ ކުލަބު ބައިވެރިނުކުރުމަށް އެފްއޭއެމުން ނިންމުމުން ގިނަ ބައެއްގެ ހިތުގައި ވަނީ އެފްއޭއެމް ގެ ނިޔަތާއި މެދު ސުވާލު އުފެދިފައެވެ. އޭއެފްސީ އޮތީ ރާއްޖޭގައި ނުލާ ހުދުގެ ޓީމެއް އުފަންވޭތޯ ފާރަލައި ބަލަންތޯ ވެސް މިހާރު ސުވާލު އުފެދެއެވެ. ނުލާ ހުދުގެ ޓީމެއް އުފަންވެ އަދި ފިރުކެންވެސް ނުފަށަނީސް ސަރަހައްދީ ފުޓްބޯޅަ ޖަމިއްޔާއިން އެޓީމަށް އަދަބުދޭން އެންގުމަކީ އެމީހުން އެކަމަށް ފާރަވެރިވެ ތިބެގެން ނޫނީ ހަމަގައިމުވެސް ނުވާނެ ކަމެއްކަމަށް ގިނަބަޔަކު ބުނެއެވެ.
ރޭޑިއަންޓަކީ ނިއުރޭޑިއަންޓް ކަމަށް އެފްއޭއެމުން ބުނާއިރު، ރޭޑިއަންޓް ސްޕޯޓްސް ކްލަބު ވަނީ ގާނޫނީގޮތުން އުފައްދާފައިވާ ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައެވެ. އަދި އެކްލަބުން ވަނީ ޓީމަށް ކުޅުންތެރިންނާއި އޮފިޝަލުންވެސް ހޯދާފައެވެ. މިކަންކަމަށް މިހާތަނަށް މިލިއަނަކާއި ގާތްކުރާ އަދަދަކަށް އެ ކްލަބްގެ މަސްއޫލުވެރިން ވަނީ ހަރަދުކޮށްފައެވެ.
އެފްއޭމްގެ އަމަލުތައް ހުންނަގޮތުން ނިއުރޭޑިއަންޓް އުވިގެން ދިޔުމަކީ ނުވަތަ އުވާލުމަކީވެސް އެފްއޭމްގެ އެއްމެ މުހިއްމު ލަނޑުދަނޑިކަމަށްވެސް ސިފަ ވެގެންދާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މީގެއިތުރުން މިހާރުގެ އެފްއޭމްގައި ތިބި އިސްވެރިން ތިބެގެން ދިވެހި ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވައި އަލާކޮށް، ދިރުވޭނެ އެއްވެސް އަލިމަގެއް އޮތްކަމަށް ނުފެންނަ ކަމަށްވެސް ދިވެހި ފުޓްބޯޅައަށް ސަޕޯޓްކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ގިނަ ބަޔަކު އަދިވެސް ކުރަމުންދާ ސުވާލަކީ ރާއްޖޭގައި އެންމެ ސަޕޯޓަރުން ގިނަ ނިއުރޭޑިއަންޓް ނުވަތަ ނުލާ ހުދުގައި އަލަށް ނުކުތް ރޭޑިއަންޓަށް ދިވެހި ފުޓްބޯޅައިން ޖާގަ ނުދޭން މިއުޅޭ ސަބަބާއި މެދު އުފެދޭ ސުވާލެވެ.
ނުލާ ހުދުގެ ސަޕޯޓަރުން ތުހުމަތުކުރަނީ މިއީ އެފްއޭއެމް އަޑީގައި އޮވެގެން ރާވައިގެން ގަސްދުގައި ދިވެހި ރާއްޖޭގެ ކުޅިވަރަށް ދެމުން ގެންދާ ބޮޑު ގެއްލުމެއްގެ ގޮތުގައެެވެ.

ކިޔުންތެރިންގެ ހިޔާލު