ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމެޓީ
މިދިޔަ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމެޓީގެ 56 ވަނަ ބައްދަލު ވުމުގައި، ތިލަފުށީގައި އޮތް "އެމްވީ ސީހޯމް ސްފެއަރ" ބޯޓާއި ގުޅިގެން ހިނގާފައިވާ ކަންކަން ދިރާސާކުރުމަށްފަހު ނިއްމާފައިވަނީ ގްރޭޓާމާލޭ އިންޑަސްޓްރިއަލް ޒޯނުގެ އެމްޑީގެ މައްޗަށް ފިޔަވަޅު އެޅުމަށެވެ. ނަމަވެސް މިހާތަނަށް އެކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅިފައެއް ނެތެވެ.

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމެޓީގެ 56 ވަނަ ބައްދަލުވުމުގެ ޚުލާސާ ބަޔާނުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާއި، މިނިސްޓްރީ އޮފް ފިނޭންސާއި، އަދި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް ނިންމާފައިވާ ފުރަތަމަ ކަމަކީ އެކޮމިޓީއަށް ލިބިފައިވާ މަޢުލޫމާތާއި ކިތާބީ ހެއްކާއި، އަދި ބައްދަލުކުރެވުނު އެކި ފަރާތްތަކުން ލިބިފައިވާ ބަޔާންތަކުގެ އަލީގައި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ މެނޭޖުމަންޓަށް އެމް.ވީ ސީހޯމް ސެފަޔަރ ކިޔުނު ބޯޓު ނައްތާލުމުގެ ހުއްދަ ދެއްވިފައިނުވާކަން ފާހަގަކޮށްފައިވީހިނދު، ކުންފުނީގެ ހިންގުމުގެ އުޞޫލުތަކާއި އަދި ގަވާއިދާ ޚިލާފަށް މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ރަޝީދު އަބޫބަކުރު ޢަމަލު ކުރައްވާފައިވާކަން ފެންނަން ހުރުމާއެކު، މި މައްސަލާގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށެވެ.

މީގެ އިތުރުން ތިލަފުށީ ފަޅުތެރޭގައި އޮތް އެމް.ވީ ސީހޯމް ސެފަޔަރ ނެގުމުގެ މަސައްކަތް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ މެނޭޖުމަންޓުން، ޑިރެކްޓަރުންގެ ބޯޑަށް އަންގާނުލައި، އެކުންފުނީގެ ޕްރޮކިއުމަންޓް އުޞޫލުތަކާ ޚިލާފަށް ޕާރކަވަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް އެއްވެސް އަގަކާއި ނުލައި ހަވާލުކޮށް، އެބޯޓުގެ މިލްކުވެރިކަން އެ ކުންފުންޏަށް ހަވާލުކޮށްފައިވާތީއާއި، އަދި އެމަސައްކަތް ހަވާލުކުރެވުނު ޕާރކަވަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަން އިޢުލާން ކުރެވުނު ދުވަހު ރަޖިސްޓްރީ ކުރެވުނު ކުންފުންޏަކަށްވުމުން، އެ މުޢާމަލާތްތަކަކީ ވަކި ފަރާތަކަށް މަންފާއެއް ހޯދާ ދިނުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަމެއްކަމަށް ބެލުމުގެ ޖާގައޮތްކަމުން، އެމައްސަލައާ ގުޅޭގޮތުން ހިނގާފައިވާ އެންމެހާ މުޢާމަލާތްތައް، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބަލައި ތަޙުޤީޤުކުރުމަފަހު، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށް ފޮނުއްވުމަށްވެސް އެބައްދަލު ވުމުގައި ނިއްމަވާފައި ވެއެވެ.

އެޚުލާސާގައި ޖުމުލަ 8 ކަމެއް ފާހަގަ ކޮށް އެކި ފަރާތްތަކަށް އެކަންކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްވަނީ ލަފާދީފައެވެ. އެގޮތުން އެކޮމެޓީގެ ނިއްމުމުގައި ފާހަގަ ކުރެވޭ އަނެއްކަމަކީ ކެމިކަލް ފަދަ ތަކެތި ރައްކާކުރުމަށް ތިލަފުށީގައި ގުދަން ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއި ގުޅިގެން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ރަޝީދު އަބޫބަކުރު ނާޖާއިޒު ފައިދާއެއް ހޯދުމަށްޓަކައި އެ ކުންފުނީގެ ބޯޑަށް އެންގުމެއްނެތި އަދި ބިޑުކުރުމަކާނުލައި ތިލަފުށީގައި ރާވާ ގުދަންތަކެއް ހެދުމަށް ކުންފުންޏަކާ ހަވާލުކޮށްފައިވާކަމަށް ތުހުމަތުކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފޮނުއްވާފައިވާ މައްސަލަ ތަޙުޤީޤުކުރުމަށްފަހު ރިޕޯޓް ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށް ފޮނުއްވުމަށް އޭސީސީއަށް އަންގަވާފައިވާ ކަމެވެ.

ހަމަ މިއާއިއެކު އެކޮމެޓީއިން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާއި މިނިސްޓްރީ އޮފް ފިނޭންސަށް އަންގަވާފައިވަނީ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށް ލިބިފައިވާ މަޢުލޫމާތާއި ބޭއްވުނު ބައްދަލުވުންތަކުން ހާމަވެގެން ގޮސްފައިވަނީ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ހިންގަމުންދަނީ ކޯރޕަރޭޓް ގަވަރނެންސް ކޯޑާއި އެއްގޮތަށްކަމަށް ބެލެވެން ނެތްހިނދު، ކުންފުނީގެ ބޯޑު ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

މިކަމުގައި ފެއިލް ވެފައިވަނީ ކޮން މުއައްސަސާއެއްތޯ މިހާރު ސުވާލު އުފެދެއެވެ. ހުރިހާ ފަރާތަކުންވެސް މިދަނީ އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާނުކޮށް ކުރިއަށެވެ. ޒީރޯ ޓޮލެރެންސްގައި ކަންހިނގަން ޖެހޭ ގޮތަކީ މިއީތޯއެވެ؟ ނުވަތަ ރައީސުލް ޖުމުހޫރިއްޔާ މިކަމަށް ފިޔަވަޅު ނާޅުއްވަނީ އެމަނިކުފާނަށްވެސް މަސްއޫލިއްޔަތު އަދާ ނުކުރެއްވިގެންތޯ ރައްޔިތުން މިހާރު އެބަ ސުވާލު އުފައްދައެވެ.


ކިޔުންތެރިންގެ ހިޔާލު


8

ސަލީމް

02-Jun-2020

މުހައްމަދު ނަށީދު ހުރިހާ ހިނދަކު އިބޫ ނުޖެހޭނެ އެއްވެސް ހާސްވާކަށް. އަދި ހޯރަފުޝީ އެންޕީ އޭނާ ބެކް ކުރާނެ. ތިކަމުގެ ފަހުންވެސް އެތައް ވައްކަމެއް ކޮށް ކަޓު ނަގަމުން ދާ ކަމަށް ވަނީ. މިހާރުވެސް ގުޅިފަޅު ފަޅު ފުން ކުރަނީވެސް ރައްޓެހި ބަޔަކު ލައްވާ މިދުވަސްވަރު އެކަމަށް ބަޔަކު އެހާ އަޅާ ނުލާނެތީ. މިހާރު އޭސީސީ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިއިން ވަނަސް ބަސްޓުވާނެ


15

ހާ

02-Jun-2020

ތިގޮތަށް 2012 ވަނައަހަރު މުލިޔާގެއިން ފެނުނު ބަނގުރާ ފުޅިތަކުގެ މައްސަލައަށް ވީގޮތެއް ބަލާދިނުމަށް މިނޫހަށް ވ. އާދޭހާއިއެކު ދަންނަވަން. ދިވެހިރާއްޖޭގެ ރައީސަކު ދިރިއުޅުއްވާގެއަކަށް މިފަދަ ހަރާންކަންގަދަ މަސްތުވާއެއްޗެހި ވަންގޮތެއް ބަލަން ރައްޔިތުން ބޭނުން. މި ނޫހުން މިކަން ކޮށްދެއްވާނެކަމަށް ވ. އުންމީދުކުރަން


14

ރަމާ

02-Jun-2020

ޕީސީބީ އަކަށް ހަމަ އެއްކަމެއް ވެސް ނުވެ އެއްނުން.



ޓްރެންޑިން