މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެއެވެ.
އެމްޓީސީސީގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 550 މިލިއަން ރުފިޔާއެވެ. އެމްޓީސީސީން ބުނީ މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި ލިބުނު 423 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު، 30 އިންސައްތަ އިތުރު އަދަދެއްކަމަށެވެ.
ނަމަވެސް މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު 636 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާ ބަލާއިރު ދަށްވެފައިވަނީ، މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ސަޕްލައި ކުރި މިންވަރު އިތުރުވުމާއި ގުޅިގެންކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީއަށް ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިންހިއްކުމުގެ މަސައްކަތުންވެެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް އެމްޓީސީސީއަށް ލިބިފައިވަނީ ޓްރޭޑިން ސެގްމަންޓުންނެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 75 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާބަލާއިރު 27.1 އިންސައްތަ އިތުރު އަދަދެކެވެ. ފުރަތަމަ ކުއާޓަރުގެ ނަތީޖާއާއެކު އެމްޓީސީސީގެ ހިއްސާއަކަށް ޖެހުނު ފައިދާ ވަނީ 7.96 ރުފިޔާއަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު