މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ކުރިއަށް ގެންދާ 95 ގަޑިއިރުގެ ދުވުން، މަޖީދީ ރަން މިރޭ ފަށައިފިއެވެ.
ދާރުލް އުލޫމްގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދުވުން ފަށްޓަވައި ދެއްވުމުގެ ގޮތުން ދަންމަރު ރޯކޮށްދެއްވީ މިރޭ ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
މި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އާއިޝަތު މުޙައްމަދު ސޯލިހް ވިދާޅުވީ މިއީ މިހާތަނަށް ބޭއްވޭ އެންމެ ދިގު ދުވުމަށް ވާނެ ކަމަށެވެ. 95 ގަޑިއިރަށް ދެމިގެންދާ މި ދުވުން ފެށުމަށް މިރޭ ރޯކުރި ދަންމަރު އެކި ބޭފުޅުންގެ އަތްމަތިން 95 ގަޑިއިރު ދުވަމުންދާނެ ކަމަށް މަޖީދިއްޔާގެ ޕްރިންސިޕަލް އައިޝަތު މުޙައްމަދު ޞާލިހު ވިދާޅުވިއެެވެ.
"އަދި އިތުރު ދަންމަރަކާއެކު 95 ގަޑިއިރު އަލި ކުރަމުން ދަނޑުގައި ދާނެ، މީގެ ވަރަށް މާނަ ފުން. ދުވުމެެެއް ދުވުނަސް މި ދުވަނީ ދުވުމެެއް ނޫން. އަޅުގަނޑުމެންގެ މިދުވުމާއެކު އެތައް ކަމެއް ހާސިލުވެ އެތައް ގުޅުމެއް ބަދަހިވެއްޖެ. އެތައް ގިނަ ފައިދާތަކެއް މަޖީދިއްޔާއަށް ލިބިއްޖެ މިގުޅުމާއެކު." ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލުގެ ފުރަތަމަ އަންހެން ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސާލިޙު ވިދާޅުވިއެވެ.
މި ރަސްމިއްޔާތަށް ފަހު މަޖީދިއްޔާގެ ދަންމަރު ހިފައިގެން ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅު، މުލީއާގެއަށް މަޑުކޮށް، މަޖީދީރަން ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސަށް ވަނީ ދައުވަތު އަރުވާފައެެވެ. އަދި އެ ހަރަކާތަށް ޚާއްސަ ކޮށްފައިވާ ދެ ޓީޝާޓެއް ވެސް ވަނީ ރައީސްގެ ދެކަނބަލުންނަށް ވެދުމަށް އަރުވާފައެވެ.
މި ދުވުމުގައި މާލޭގެ 14 ތަނެއްގައި މަޑުކުރުމަށްފަހު މިހާރު ވަނީ އެކުވެނި ޓްރެކަށް ދުވުމުގެ ބައިވެރިން ވަދެފައެެވެ. މިދުވުން ދެން ކުރިއަށްދާނީ އެކުވެނި ޓްރެކްގައެވެެ. ހަރަކާތަށް ހާއްސަކޮށްފައިވާ ޓީޝާޓް ވިއްކަން ހަމަޖައްސާފައިވަނީ 200ރ. އަށެވެ. ޓީޝާޓް ވިއްކައިގެން ލިބޭ ފައިސާއިން މަޖީދިއްޔާ ސްކޫލްގެ ތަރައްގީއަށް ހަރަދުކޮށް ޗެރިޓީއަށް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. މަޖީދީ ރަން މިރެއިން ފެށިގެން މިމަހުގެ 17ވަނަ ދުވަހުގެރޭގެ ނިޔަލަށް ކުރިއަށްދާނެއެވެ. ދުވުން ނިންމުމަށް ވެސް ޚާއްޞަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު