ރައީސުލްޖުމްހޫރިއްޔާއަށް ފާޑުކިޔައިގެން ވަޒީފާއިން ވަކިކުރި ހިތަދޫ ޕޯޓްސް ލިމިޓެޑްގައި މަސައްކަތްކުރާ އެމްޕީއެލް މުވައްޒަފުގެ ވަޒީފާ ރުޖޫޢަ ކުރުމަށް އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް، އަނަސް އަބްދުއްސައްތާރު ގޮވާލައްވައިފިއެވެ.
، އެޗްޕީއެލުން އިއްޔެ އެ މުވައްޒަފަށް ވަޒީފާއިން ވަކިކުރިކަމުގެ ޗިޓް ވަނީ ދީފައެވެ. ޢެޗިޓްގައި ބުނެފައިވަނީ ފަހުގެ އިންޒާރީ ފިޔަވަޅުތަކަށް އަމަލުނުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަބުރު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ލިޔަމުން ގޮސްފައިވާތީ ވަޒީފާއިން ވަކިކުރާ ކަމަށެވެ.
އެކަމާއި ގުޅިގެން މިރޭ އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ނިންމުމަކީ ވަރަށް ހިތާމަވެރި އަދި އެހާމެ ގޯސް ނިންމުމެއް ކަމަށެވެ. ޢަނަސް ވަނީ އެމްޕީއެލްގެ އެ ނިންމުން ރުޖޫޢަކުރުމަށް ގޮވާލައްވާފައެވެ. ފާޅުކުރާ ޚިޔާލަށް ބަލައިގެން ވަޒީފާ އިން ވަކިކުރުމަކީ އެމްޑީޕީގެ ގޮތެއް ނޫން ކަމަށް އަނަސް ވިދާޅުވިއެވެ.
"ކަންވީ ގޮތް ބަލައި މިކަހަލަ ކަމެއް ދުވަހެއްގައި ވެސް އޮޅުމަކުންވެސް ނުހިނގާނެކަން ޔަގީންކުރަން ޖެހޭ،" އަނަސް ގެ ޓުވީޓްގައި ވިދާޅުވެފައިވެއެެވެ.
އެޗްޕީއެލް އިން ފަހުން ބުނެފައިވަނީ ރައީސް އަށް ފާޑުކިޔައިގެން ވަޒީފާއިން ވަކިކުރި ކަމަށް ބުނެ ޗިޓް ފޮނުވުނީ އިދާރީ ކުށެއްގެ ސަބަބުން އޮޅުމަކުން ކަމަށެވެ. އަދި ފަހުން އެކަން އިސްލާހުކޮށް ފޮނުވި ޗިޓްގައި ބުނެފައިވަނީ އޭނާ މަގާމުން ވަކިކުރީ އެތަނުގެ ކޯޑް އޮފް ކޮންޑަކްޓް ޕޮލިސީއާ ހިލާފުވުމުން ކަމަށެވެ.
ރައީސް ސޯލިހަށާއި ރައީސް ނަޝީދަށް ފާޑުކީ ކަމަށް ބުނެ އެޗްޕީއެލްގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާއިރު އެފަދަ ކަންކަމުގައި މި ސަރުކާރުގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ. ސިޔާސީ ފިކުރު ތަފާތުވިޔަސް ވަޒީފާއިން ވަކި ނުކުރުމަކީ ރިޔާސީ ވައުދެއް ކަމަށް އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ތެރޭގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު