ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ 93 ޕަސެންޓް ނިމިއްޖެއެވެ.


އެމްޓީސީސީން ބުނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައިވާކަމަށެވެ.އެމްޓީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 17،790 އަކަ މީޓަރުގެ ދިގު މިނުގެ 9 މަގެއް ހެދުމާއި، 6923 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 17,790 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުން ކުރިއަށްދާނެކަމަށެވެ. އަދި ފެންހިންދާ ނިޒާމެއްް ޤާއިމުކުރުމާއި، މަގު ބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު