ޑެނިސް އާއި އޭނާގެ ދެކުދިން
ޑެނިސް އާއި އޭނާގެ ދެކުދިން
އޮކްލަހޯމާގައި ކާރެއްގެ ތެރޭގައި ތަޅުލެވި ތާށިވެގެން މަރުވި ކުޑަ ދެކުދިންގެ ބައްޕަ، ހައްޔަރުން ދޫކޮށްލައިފިއެވެ.

31 އަހަރުގެ ޑެނިސް ހައްޔަރުކޮށްފައިވަނީ އޭނާގެ އިހުމާލުން މީހަކު މަރުވިކަމުގެ ތުހުމަތުގައެވެ. އޭނާގެ ދެ ދަރިންކަމަށްވާ "ޓީގަން" އަދި "ރަޔަން" މަރުވީ ޑެނިސްގެ ކާރުގެ ތެރޭގައި ތަޅުލެވި، ކާރުގެ އެތެރޭގައި އުދާސް އުފެދުމުގެ ސަބަބުންނެވެ. މިކުދިން ކާރުތެރޭގައި 5 ގަޑިއިރަށްވުރެ ގިނައިރު ތާށިވެފައި ތިއްބެވެ.

ޑެނިސްގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އަނބުރާ ގެންދިޔައީ، އޭނާގެ އަވަށްޓެރިއެއްގެ ގޭގައި ހުރި ސީސީޓީވީ ކެމެރާ ފޫޓޭޖު އިތުރަށް ތަހުގީގު ކުރުމަށް ފަހުގައެވެ. މި ތަހުގީގުން ސާބިތުވިގޮތުގައި، މި ދެކުދިން ކާރަށް އެރީ އެކުދިން އަމިއްލައަށް، ޑެނިސްއަށް ނޭނގިއެވެ.

މި މައްސަލައިގައި ޑެނިސް ހައްޔަރުން ދޫކޮށްލިޔަސް، އަދި އިތުރަށް ތަހުގީގު ކުރަންޖެހޭކަމަށާއި، މިހާރުވެސް ތަހުގީގު ހިނގަމުން ދާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން އަންގާފައި ވެއެވެ.

މިޙާދިސާ އަކީ އެއްވެސް މީހެއްގެ ކުށެއްނޫން ކަމުގައިވިޔަސް، ހިނގާދިޔައީ ވަރަށްވެސް ހިތާމަވެރި ކަމެއްކަމުގައި އެކުދިންގެ އާއިލާ މީހަކު ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން