ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ "ގޭންގް" އެކަމަނާއާއި ޖައްސާލާފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ތެރޭގައި އުފެދިފައިވާ ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ފެކްޝަންގެ ކޯޅުން ބޮޑުވެ އެއްބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ހަމަލާތަށް ދެމުންނެެވެ. އެގޮތުން ރައީސް ނަޝީދަށް ތާއިދު ކުރާ ފެކްޝަންގެ މެންބަރުންނާއި ރޮޒެއިނާއާއި ދެމެދު މިފަހުން ވަނީ ބަހުގެ ހޫނު ހަމަލާތަކެެއް ބަދަލުކޮށްފައެވެ. އަދި އެފަރާތްތަކުން މިހާރު ވަނީ ރޮޒޭނާއާއި ދެކޮޅަށް މީސް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށާފައިކަން ފާހަގަކޮށްލެވެއެވެ.
އެކަމާ ގުޅިގެން ރޮޒެެއިނާ އާދަމް ވިދާޅުވީ ރައީސް ނަޝީދުގެ މުޅި ގޭންގް އެކަމަނާއާއި ޖައްސާލަން ފޮނުވާފައިވާ ކަމަށާއި ނަޝީދުގެ ބޭނުމަކީ އެމަނިކުފާނާ ދެކޮޅަށް ތެދުވާ ކޮންމެ މީހަކަށް ވާނެ ގޮތް ދައްކާލުން ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގައި އެ މީހަކަށް ފުރައްސާރަ ކުރުމާއި ބުލީ ކުރުން ފަދަ ކަންކަން ކުރަނީ ރައީސް ނަޝީދާއި ދެކޮޅަށް އިތުރު މީހަކަށް ތެދުވަން ނުކުރެވޭ ވަރު ކުރުމުގެ ގޮތުން ކަމަށްވެސް ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވަނީ އެފަދަ ކަންކަން ކޮށްގެން އޭނާ ނުހުއްޓުވޭނެ ކަމަށާއި ރައީސް ނަޝީދު ދެކެ ބިރު ނުގަތުމަށް ގޮވާލައްވާފައެވެ. ބިރުގަންނަންވީ ހަމައެކަނި ހެއްދެވި ފަރާތްދެކެ ކަމަށާއި ޕާޓީއާއި ގައުމުގެ ދިފާއުގައި ތެދުވުމަށް ވެސް ރޮޒެއިނާ ވަނީ ގޮވާލައްވާފައެވެެ.
ރޮޒެއިނާގެ މި ތުހުމަތާއި ގުޅިގެން ރައީސް ނަޝީދު ވަކި އެއްޗެއް ވިދާޅުވެފައެެއް ނުވެއެވެ.

RN has sent his full gang after me! Gosh! He wants to make sure everyone sees what it means to stand up to him. How they will be bullied and harassed on social media. This is done so that no one else dares to stand up against his wrong doings. Sorry. U can’t terrorize or stop me!
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) November 13, 2022
އެކަމާ ގުޅިގެން ރޮޒެެއިނާ އާދަމް ވިދާޅުވީ ރައީސް ނަޝީދުގެ މުޅި ގޭންގް އެކަމަނާއާއި ޖައްސާލަން ފޮނުވާފައިވާ ކަމަށާއި ނަޝީދުގެ ބޭނުމަކީ އެމަނިކުފާނާ ދެކޮޅަށް ތެދުވާ ކޮންމެ މީހަކަށް ވާނެ ގޮތް ދައްކާލުން ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގައި އެ މީހަކަށް ފުރައްސާރަ ކުރުމާއި ބުލީ ކުރުން ފަދަ ކަންކަން ކުރަނީ ރައީސް ނަޝީދާއި ދެކޮޅަށް އިތުރު މީހަކަށް ތެދުވަން ނުކުރެވޭ ވަރު ކުރުމުގެ ގޮތުން ކަމަށްވެސް ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވަނީ އެފަދަ ކަންކަން ކޮށްގެން އޭނާ ނުހުއްޓުވޭނެ ކަމަށާއި ރައީސް ނަޝީދު ދެކެ ބިރު ނުގަތުމަށް ގޮވާލައްވާފައެވެ. ބިރުގަންނަންވީ ހަމައެކަނި ހެއްދެވި ފަރާތްދެކެ ކަމަށާއި ޕާޓީއާއި ގައުމުގެ ދިފާއުގައި ތެދުވުމަށް ވެސް ރޮޒެއިނާ ވަނީ ގޮވާލައްވާފައެވެެ.
ރޮޒެއިނާގެ މި ތުހުމަތާއި ގުޅިގެން ރައީސް ނަޝީދު ވަކި އެއްޗެއް ވިދާޅުވެފައެެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު