މާލޭ އަމީނީ މަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ދެންމެ ބުނީ މި ހާދިސާ ހިނގީ މިއަދު ހަވީރު 4:10 އެހާއިރު ކަމަށާއި އެ ހާދިސާގައި ފިރިހެނު ޒަހަމް ވެފައިވާ ކަމަށެވެ.

އަދި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންގެންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މީހާ ގަޔަށް ވަޅި ޖަހާފައި ވަނީ އަމީނީމަގުގައި ހުންނަ ކުޑަކުދިން ކުޅޭ ސާމާނު ވިއްކާ ފިހާރައެއް ކައިރީ ހުއްޓާ، ދެސައިކަލެއްގައި އައި ހަތަރު މީހަކު ވެގެންނެވެ. އެ މީހުން ތިބީ ހެލްމެޓު އަޅައިގެން ކަމަށާއި ވަޅި ޖަހާފައިވަނީ އެ މީހާގެ ބުރަކައްޓަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ވަޅި ޖެހުމަށްފަހު އެ ސަރަހައްދުން އެމީހުން ފިލާފައިވާކަމަށާއި ޒަހަމްވި މީހާ ހޮސްޕިޓަލަށް ގެންދިޔައީ އެސަރަހައްދުން ދިޔަ ކާރެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން