އެމެރިކާގެ ކެލިފޯނިއާގައި އަންހެނަކު ކުޑަކުއްޖެއްގެ މޫނަށް ކެއްސި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާއި ގުޅިގެން ފުލުހުން އެމައްސަލަ ބަލަން ފަށައިފިއެވެ.
މި ވީޑިއޯގައި ފެންނަގޮތުން ފިހާރައެއްގައި ހިނގި މި ހާދިސާގައި އުމުރުން ދުވަސްވީ އަންހެނަކު ރުޅިއައިސް މާސްކް ނެގުމަށްފަހު، ސްޓްރޯލަރެއްގައި އިން ކުޑަކުއްޖާގެ މޫނަށް ދެތިން ފަހަރު ކެއްސައެވެ. ފުލުހުންގެ ތަހުގީގަށް މިހާރު އެނގިފައިވާ ގޮތުން އުމުރުން ދުވަސްވީމީހާ ރުޅިއައީ އިޖްތިމާއީ ގައިދުރުކަން ބަހަޓަންޖެހޭ ވަރަށް ކުޑަކުއްޖާގެ މަންމަ ގައިދުރުކަން ނުނަހައްޓައި ކިއޫގައި ހުރުމުންނެވެ.
ސީއެންއެން އިން ރިޕޯޓުކުރި ގޮތުގައި މި އަންހެންމީހާ އަކީ ސެން ހޯޒޭ، ކެލަފޯނިއާ ސުކޫލެއްގައި މަސައްކަތްކުރާ މީހެއް ކަމަށް ވާހަކަދެކެވެން ފެށުމާއިއެކު އެ ސުކޫލުން ވަނީ މައްސަލަ ބެލުމަށްފަހު އޭނާ ގޭގައި މަޑުކުރަން އަންގާފައިވާ ކަަމަށް ބުނެފައެވެ.
ދުނިއޭގައި ފެތުރެމުންދާ ކޮވިޑް-19 އިން ސަލާމަތްވުމަށް ސިއްހީ މާހިރުން ދެމެންގެންދާ އިރުޝާދު ބަލައިގަތުން ވެފައިވަނީ އެމެރިކާގެ ގިނަ މީހުންނަށް އުނދަގޫ ކަމަކަށެވެ. މިގޮތުން ފޭސް މާސްކް އެޅުމާއި އިޖްތިމާއީ ގައިދުރުކަން ފަދަ ކަންކަމާއި ދެކޮޅަށް މަގުމައްޗަށް ނުކުމެ މުޒާހަރާކުރަމުންދާ މީހުންވެސް އެމެރިކާގައި މަދެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު