އިނގިރޭސިވިލާތުގައި ބޭއްވި އިސްރާއީލާއި ދެކޮޅު މުޒާހަރާއެއްގެ ތެރެއިން
އިނގިރޭސިވިލާތުގައި ބޭއްވި އިސްރާއީލާއި ދެކޮޅު މުޒާހަރާއެއްގެ ތެރެއިން
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އިތުރު ބިންތަކެއް އިސްރާއީލުން ހިފާ، އެގައުމުގެ ބަޔަކަށް ހެދުމަށް މަސައްކަތްކުރަމުންދާތީ، އެކަމާ ދެކޮޅަށް އިނގިރޭސި އިދިކޮޅުޕާޓީ ގެ އިތުރުން ދީނީ އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން އަޑުއުފުލަން ފަށަފިއެވެ.

އިދިކޮޅު ލޭބަރ ޕާޓީގެ ފޮރިން ސެކްރެޓަރީ ލީސާ ނަންޑީ ވިދާޅުވެފައިވަނީ އިނގިރޭސި ސަރުކާރުގެ އަމަލުތަށް ހުރީ ލަދުގަންނަން ޖެހޭ ހިސާބުގައިކަމަށާއި، މުއާހަދާތަކާއި ދެކޮޅަށް އިސްރާއީލުން ކުރަމުން ގެންދާ ކަންކަން ހުއްޓުވުމަށް ތަންކޮޅެއް މާނަ ހުރި ފިޔަވަޅުތަކެއް ސަރުކާރުން އަޅަން ވެއްޖެކަމަށެވެ.

އިނގިރޭސިވިލާތުގައި ހިންގާ އިންސާނީ އެހީދޭ ޖަމާއަތެއް ކަމަށްވާ ކްރިސްޓިއަން އެއިޑްގެ ސްޕޯކްސްޕާސަން ވަނީ އިސްރާއީލުގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ގަވާއިދާ ހިލާފަށް އިސްރާއީލު މީހުން އާބާދު ވެފައިވާ ހިސާބުތަކުން ގެންނަ މުދާ ބޯއިކޮޓްކޮށް ވިޔަފާރި ހުއްޓާލުމަށް ގޮވާލާފައެވެ.

އިސްރާއިލް ސަރުކާރުން ވަނީ މީގެ ކުރިންވެސް ހުޅަނގު އައްސޭރީގައި ބައި މިލިއަނެއްހާ ޔަހޫދީން ވަޒަންވެރި ކުރުވާފަ އެވެ. މިއީ ބައިނަލްއަޤްވާމީ ހަމަތަކާ ގާނޫންތަކާ ހިލާފް ކަމެއް ކަމަށް އދ އިން ބުނެފައިވީ ނަމަވެސް، އިސްރާއިލުން ވަނީ އެ ނިންމުމަށް ގޮންޖަހާ، އިސްރާއިލް ރައްޔިތުންނަށް އިތުރު ގެތަށް އަޅައިދޭނެ ކަމުގެ ވައުދުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން