ހުޅުމާލެ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ހިނގާދިޔަ ރޭޕްކޭސްއާމެދު މިއަދު މެންދުރާއި ހަމައަށް ދެކެވެމުން އައި ގޮތް ނުވަތަ މަންޒަރު، ރާއްޖޭގެ އޮންލައިން ނޫހަކުން ގެނަސްދިން އެންމެ އިންޓަރވިއު އަކުން މިވަނީ މުޅިން ބަދަލުކޮށްލާފައެވެ. މިއަދުގެ މެންދުރާއި ހަމައަށް އެއީ ބޮޑު ހާދިސާއެކެވެ. ބިދޭސީ އަންހެނަކު ދެ މީހަކު ވެގެން ރޭޕް ކޮށްލި ނުރައްކާތެރި ހާދިސާއެކެވެ. އަންހެނަކަށް އޮޅުވާލައިގެން ސަފާރީއަކަށް ގެންގޮސްގެން ޕާޓީކޮށް ބަނގުރާ ބޯންދީގެން އޭނާ ރޭޕްކުރީއެވެ. މިއީ މިއަދުގެ މެންދުރާއި ޖެހެންދެން މި މަންޒަރު ކުރެހިފައި އޮތް ގޮތެވެ.
މިވާހަކަ މިހާ ބޮޑުކޮށްލައިގެން ގެނަސްދިނީ ރާއްޖޭގެ އޮންލައިން ނޫހަކުންނެވެ. އެ އޮންލައިނަށް ވަދެލާއިރު ދޭތެރެެއަކުން ކޮންމެވެސް ޚަބަރެއް ނުވަތަ އާޓިކަލެއް ޖަހާލާފައިވާކަން ފާހަގަ ކުރެވޭ މި ނޫހުން ފުރަތަމަ އެވާހަކަ ގެނަސްދީފައިވަނީ ވަރަށް ނުރައްކާތެރި ހާދިސާއެއްގެ ގޮތުގައެވެ. ވަރަށް ހީލަތްތެރި ރޭވުންތެރި ޑްރާމާއެއް ސިފަކޮށްދޭ ގޮތަށް ރިޕޯޓްކޮށްފައިވާ އެ ވާހަކައިގައި މުޅި ހާދިސާ ފެށުނުގޮތާއި ހަމައިން މުޅި މަންޒަރު ނިމިގެން ދިޔަ ގޮތްވެސް ސިފަކޮށްދީފައި ވެއެވެ. ރިޕޯޓްގައި ކެންޔާގެ އެ އަންހެން މީހާ ސަފާރީއަށް ގެންދިޔަ ގޮތާއި ގެންގޮސްގެން ކަންކަން ހިނގާ ދިޔަ ގޮތާއި ރޭޕްކުރި ތަނާއި ރޭޕް ކުރި ގޮތާއި ހެދި ގޮތާއި ކުރި ކަންކަން ވެސް ތިލަކޮށްފައި ވެއެވެ. އަދި އެއަށްފަހު ވިކްޓިމް ސަލާމަތްވާން ވެގެން މޫދަށް ފުންމާލިކަމާއި ފުންމާލުމުން ޑިންގީއަށް ނަގައިގެން ހުޅުމާލެ ލަކުޑި ޖެޓީއަށް ގެނައި ކަމާއި އެތަނުން ފުލުހުންނާއި ބައްދަލުވެ ދެން ކަންކަން ވެގެން ދިޔަގޮތުގެ ވާހަކަ ވަރަށް ވެސް ސާފުކޮށް އޮތެވެ. އެއަށްފަހު ފުލުހުން ކަން ކުރި ގޮތާއި ފުލުހުންނަށް އައި ފޯނު ކޯލަކާއެކު ދެން މަންޒަރު ބަދަލުވި ގޮތާއި ފުލުހުންނަށް ކޮށްފައިވާ ތުހުމަތާއި ވިކްޓިމް ޑޮކްޓަރަށްވެސް ނުދައްކައި ގެއަށް ފޮނުވާލިކަން ވެސް ވަރަށް ސާފުކޮށް ރިޕޯޓްކޮށްފައި ވެއެވެ. އަދި ވިކްޓިމްގެ ފޮޓޯވެސް ބޭނުން ކުރަން ބުނި ކަމަށާއި އެއީ ހަގީގަތެއްކަން ސާބިތު ވާވަރަށް ހެކި ހުރިކަމަށް ވެސް ބުނެފައި ވެއެވެ.
މި ރިޕޯޓަށްފަހު ރާއްޖޭގެ މުޅި ސޯޝަލް މީޑިއާއާއި މީޑިއާތަކުގެ ސަމާލުކަމަށް މި މައްސަލައައިސް ތަފާތު އެންގަލް ތަކުން ކެންޔާ އަންހެން މީހާގެ ރޭޕް ރިޕޯޓްތައް މީޑިއާތަކުން ބަންޑުންކޮށްލިއެވެ. އޭރު މުޅި ސޯޝަލް މީޑިއާ ދިޔައީ މިވާހަކައިން ފެންބޮޑުވެ ފުރި ބަންޑުން ވަމުންނެވެ. އެބުނާ ރޭޕް ކޭސްގައި ހިމެނޭ ދެމީހުންގެ ފޮޓޯތައް އެކި ގޮތްގޮތަށް ހަދައިގެން ސޯޝަލް މީޑިއާގައި އާންމުކޮށް ބައެއް މީޑިއާތަކުން އެވާހަކަ ހަމައެހާމެ ތިލަކޮށް ގެނަސްދީފައިވެސް ވެއެވެ. މިކަން ކުރި ކަމަށް ބުނާ އެކަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ފިރިކަލުން ކަމަށް ބުނެ އެ މެންބަރުގެ ފޮޓޯވެސް މުޅި ސޯޝަލް މީޑިއާގައި އެނބުރެން ފެށިއެވެ.
މިހާހިސާބުން ދައުލަތުގެ ކަމާބެހޭ އެކި އިދާރާތަކުން މައްސަލައިގެ ތެރެއަށް ވަންނަން ފަށައިފިއެވެ. ރައްޔިތުންގެ މަޖިލީހާއި ހިއުމަންރައިޓްސް ކޮމިޝަނާއި ދެންވެސް ހުރިއްޔާހުރި ކަމާބެހޭ އިދާރާއަކުން މައްސަލަ ބަލަން އަވަސް އަރުވާލައިގެން މަސައްކަތް ފަށައިފިއެވެ. މަޖިލީހަށް ކުއްލި މައްސަލައެއް ލައިގެން ބަހުސް ފަށައިފިއެވެ. ފުލުހުންގެ މުޅި މުއައްސަސާ ބަދުނާމުކޮށް ކުދިކޮށް ކޮށާލައިފިއެވެ. މި ހޫނުގަނޑުގައި ފުލުހުން ވެސް ރައްދުގައި ބަޔާނެއް ނެރެ އާންމުކޮށްފިއެވެ. ކުރިން މިދެންނެވި އޮންލައިންގައި ބުނާ ގޮތާއި މުޅިން ޚިލާފު ބަޔާނެކެވެ. ދޭތި އަޅާކިއުމުން ފުލުހުންނަށް ދިއްކުރެވެމުން ދިޔަ ތުހުމަތުގެ އިނގިލިތައް ހައްތަހާވީ ގިނައެވެ. ކުރެވޭ ޝައްކުތައް ވީ އިތުރެވެ.
މުޅި ގައުމު މިކަމެއްގައި ކެކި އަރަމުން ދަނިކޮށް މިއަދުގެ މެންދުރުން އަނބުރާފައި ހުއްޓާ ރާއްޖޭގެ އޮންލައިނަކުން ސީދާ ވިކްޓިމްގެ، ނުވަތަ އެބުނާ އަނިޔާ ލިބުނު ކަމަށް ބުނާ ކެންޔާ އަންހެން މީހާގެ އިންޓަރވިއުއެއް ގެނަސްދީފިއެވެ. މި އިންޓަރވިއު ވެގެން ދިޔައީ މުޅި މަންޒަރު ބަދަލުކޮށްލި އިންޓަރވިއު އަކަށެވެ. މުޅި އިންޓަރވިއުގައި ސާބިތުކޮށްދޭން މަސައްކަތް ކޮށްފައިވަނީ އެނޫން ނޫހަކަށް ވިކްޓިމް އިންޓަރވިއުއެއް ނުދޭކަމާއި އަދި ކަންހިނގާފައިވަނީ ފުލުހުން ނެރުނު ބަޔާނާއި ދާދި އެއްގޮތަކަށް ކަމެވެ. ވިކްޓިމް ނޫހަކަށް އިންޓަރވިއު ނުދޭކަމަށް ބުނެ އޭނާގެ ފޮޓޯ ކުރިން އިންޓަރވިއު ދިން ކަމަށް ބުނާ ނޫހުން ހާމަ ކުރުމުން އޭނާއަށް އުނދަގޫ ވަމުންދާކަމަށް ބުނެފައިވާއިރު އެނޫހުގައި އެއީ ކާކުކަން އެނގޭ ވަރުގެ ފޮޓޯއެއްވެސް ނެތެވެ. އަދި އޭނާގެ ފޮޓޯއާންމު ކޮށްގެން އެކަމުގެ ނުބައި އަސަރު ކުރި ކަމަށް ބުނެފައިވާއިރު އަދި އޭނާ މީގެ ކުރިން އެއްވެސް ނޫހަކަށް މައުލޫމާތު ނުދޭ ކަމަށް ބުނި ކަމަށް ތަކުރާރުކޮށް އިންޓަރވިއުގައި ލިޔެފައިވާއިރު ރޭވެސް ބޭރުގެ ނޫހެއްގެ ޓްވިޓާ ހެންޑްލްއަކުން ވިކްޓިމްގެ ފޮޓޯއާއެކު އެވާކަ ޓްވީޓްކޮށްފައި ވެއެވެ.
އެހެންވީމާ އެބުނާ ރޭޕްގެ ވާހަކަ ދައްކާފައި މިއޮތީ ހަމައެކަނި މި ގައުމަކު ނޫނެވެ. އެމީހުންނަށް ރިޕޯޓްކޮށް ވިކްޓިމްގެ ފޮޓޯ ދޭނީ ކާކުބާވައެވެ؟ އޭނާގެ ފޮޓޯއާއިއެކީގައި އޭނާ ރޭޕްކުރި ވާހަކަ ބޭރުގެ މީޑިއާތަަކަށް ފެންމަތި ކުރީ މި ދަންނަވާ ބޭރުގެ ނޫހުގެ ޓްވިޓަރ އެކައުންޓުންނެވެ. އެ ޓްވީޓްގައި ރާއްޖެއާއި ބޭރުގެ ކަމާބެހޭ ފަރާތްތައް ޓެގްކޮށް ކަމުގެ ހައްސާސްކަން އަންގައި ދީފައި ވެއެވެ.
ނަމަވެސް މިއަދު ރިޕޯޓްކުރި އެބުނާ އިންޓަރވިއުގައި އޭނާގެ ފޮޓޯ ރާއްޖޭގައި އާންމުކޮށްގެން ގެއިން ނުކުންނަށް ދަތިވެގެން އުޅޭ ކަމަށް ބުނާ ވާހަކަ މިއީ ހަމަ ހަގީގަތެއްތޯ ސުވާލު އުފައްދާނެ ޖާގަ ކިތަންމެ ހާވެސް ރަނގަޅަކަށް އެބައޮތެވެ.
ދެން އޭނާ ތަކުރާރުކޮށް ރޭޕް ނުކުރެއޭ އަތްލީ ފޫކޮޅުގައާއި އުރަމަތީގައޭ، އަތްލާން ފެށީމާ ބިރެއްނެތި މާސިންގާ ކަނޑަށް ނޫނީ މޫދަށް ފުންމާލިއްޔޭ ބުނީމާ އެވެސް ވަރަށް ބޮޑަށް ސުވާލު އުފައްދާނެ ޖާގައޮތް ވާހަކައެކެވެ. ސަފާރީއެއްގައި ރޭގަނޑު ހަތަރުދަމު ޕާޓީކޮށްލަން އުޅުނު މީހެއްގެ ގައިގާ މީހަކު އަތްލައިގެން ކަންބޮޑުވެގެން މެންދަމުން އަލިވެފައި ހުއްޓާ މާސިންގާ ކަނޑަށް ނޫނީ ފުން ވިލަކަށް ފުންމާލުންވެސް އެއީ ސުވާލު އުފެދޭނެ ކަމެކެވެ.
ދެން މިމައްސަލަ އޮއްބާލަން ނޫނީ ވާހަކަ ބަދަލުކުރަން އޭނާއަށް އެއްވެސް މީހަކު ބިރު ނުދައްކާ ކަމަށާއި ފައިސާވެސް ދީފައި ނުވާކަމަށް ބުނާއިރު އޭނާ މިހާރު ހުރި ކަމަށް އެބުނަނީ އޭނާގެ ބޭބެއެއްގެ ކައިރީގައެވެ. އަދި އޭނާގެ އޮތް އަނެއް ކަންބޮޑުވުމަކީ މި މައްސަލައިގެ އަޑުތައް ފެތުރުނު ގޮތުން އޭނާ ހޯދަން އުޅޭ ވަޒީފާ ވެސް ނުލިބިދާނެ ކަމަށް ބުނެފައިވާ ވާހަކައެވެ. މިމައްސަލައިގެ އަޑުތައް ފެތުރުމުން އޭނާއަށް ލިބެން އޮތް ވަޒީފާއެއް ނުލިބިދާނެ ކަމުގެ ބިރުވެރިކަން އޮތް ވާހަކައަކީ އަދި މާ ބޮޑަށް ސުވާލު އުފެދޭ ކަމެކެވެ. ޓޫރިސްޓް ވިސާގައި އައިސް ރާއްޖޭގައި ވަޒީފާ އަދައެއް ނުކުރެވޭނެއެވެ. ރާއްޖޭގައި ބިދޭސީއަކަށް އުޅެވޭނީ ނޫނީ ވިސާލިބޭނީ ގަވާޢިދުން ވަޒީފާއެއް އަދާ ކުރުމަށެވެ. ނޫނީ ރާއްޖޭގައި އުޅެވޭނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކޮންމެވެސް ޒާތެއްގެ ވިސާއެއްގައެވެ. ކޯވިޑް-19 އާއި ގުޅިގެން އޭނާ ކުރިން ހުރި ވަޒީފާ ގެއްލުނަސް އޭނާ ރަށަށް ދެވެންދެން އޭނާ ބަލަހައްޓަން ޖެހޭނީ އޭނާއަށް ވަޒީފާ ދިން ފަރާތުންނެވެ. މި ސުވާލަށް ފުލުހުންގެ ބަޔާނުންވެސް ޖަވާބު ލިބިފައެއް ނުވެއެވެ. މިއީވެސް ހަމަ އުފައްދާނެ ސުވާލެކެވެ.
ދެން ހަމަ މިއީ ބަޔަކު ދިފާޢު ކުރަން ލިޔާ ލިއުމަކަށް ވެދާނެތީ ނޫހުން އޭނާއާއި ސުވާލު ކުރަނީއެވެ. ތަކުރާރުކޮށް އެ ސުވާލު ކުރަނީއެވެ. ހަމަ ދެނީ އެއްޖަވާބެކެވެ. ރޭޕެއް ނުކުރެއެވެ. އެބުނާ ތަނެއްގައި އަތް ލެވުނީވެސް އެބުއި އެއްޗެއް ބޮއިގެން ތިބީމައެވެ. ފުލުހުންނަކަށް މައްސަައެއް ހުށައެއް ނާޅަމޭ ވެސް ބުނެފިއެވެ. އޭނާ ފުލުހުންގެ ފަރާތުން އެހީއަށް އެދެން އުޅުނީ ގެއަށް ދިއުމަށެވެ. އެކަމަކު ފުލުހުންގެ ބަޔާނުގައި ބުނީ އެބުނާ ރެއެއްގެ ފަތިހު ފަހެއް ޖެހިއިރު ބިދޭސީ އަންހެނަކު އޭނާއަށް ބަޔަކު ޖިންސީ ފުރައްސާރަ ނޫނީ އަނިޔާ ކޮށްގެން ރިޕޯޓެއް ކޮށްގެން ބަޔަކު ހައްޔަރު ކުރި ކަމަށެވެ. ނޫނީ އެފަދަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ. އެމީހުން ފެނުނީ އެބުނާ ހުޅުމާލޭގެ ލަކުޑި ފާލަމެއްގެ މަތީންނެވެ. ނަމަވެސް ފަހުން އެމީހުން ދޫކޮށްލީ އެމީހުން ބަންދުގައި ބައިތިއްބައިގެން މައްސަލަ ބަލާފަދަ ހެކި ނުވަތަ ކަމެއް ނެތީމައެވެ. ނަމަވެސް ހެކި އެހެރީ ކުރިމަތީގައެވެ. މައްސަލަ ހުށައެޅިކަމަށް ބުނާ މީހާ އޭރު ހުރީ ކުރިމަތީގައެވެ. އެބުނާ ކަމެއް ހިނގި ސަފާރީ އޮތީ ހަމަ އެރޭ އޮތް ތަނުގައި ހުޅުމާލެ ކައިރީގައެވެ. އެޕާޓީއެއް ކުރި އެހެން މީހުންވެސް ތިބޭނެ ތާއެވެ. އަދި ސަފާރީގައި ކޮންމެވެސް ނިޝާންތަކެއް ވެސް ހުންނާނެ ތާއެވެ.
ދެން އޮތީ 48 ގަޑިއިރު ފަހުން ދެއްކި ވާހަކައާއި ކުރިން ދެއްކި ކަމަށް ބުނާ ވާހަކައާއި އަޅާ ކިޔާއިރު ފެންނަ ބޮޑު މަންޒަރެވެ. އެބުނާ ކެންޔާގެ އަންހެނަކު ރަހުމަތްތެރިއެއްގެ ދަޢުވަތަށް އެބުނާ ސަފާރީއަކަށް ދިޔައެވެ. ގޮސް އެބުއި އެއްޗެއް ބޮއިގެން ޕާޓީ ކުރިއެވެ. ފަތިސް ވާންދެން އުޅުނީ އެމަޖަލެއްގައެވެ. އޭގައި އޭނާ ނުދަންނަ ބަޔަކު ތިބެގެން އެނބުރި އަންނާކަށް ނޫޅެއެވެ. ދެން އެކަމެއް ދިމާވީ ޕާޓީކޮށް ނިންމާފައި ސަފާރީން ފައިބާން އުޅުނު ވަގުތުގައެވެ. ސަފާރީގެ ޑެކް މަތީގައެވެ. ދެން އެ އަނދިރީގައި މޫދަށް ފުންމާލީއެވެ. ފުންމާލުމުން ނެގީ އެމީހުން އެއްގަމަށް ފައިބާން ބޭނުން ކުރި ޑިންގީއަށެވެ. ދެން އައީ ލަކުޑި ފާލަން މައްޗަށެވެ. އެތަނުން ބައްދަލުވީ ފުލުހުންނާއެވެ. މިހުރިހާ ވާހަކައެއްވެސް ދެ އިންޓަރވިއުގައި އެއްގޮތެވެ.
ދެން އޮތީ ހާދިސާ ހިނގިތާ 48 ގަޑިއިރު ފަހުން ތަފާތުވާ ބައެވެ. ކުރިން ރިޕޯޓްކުރި ލިއުމުގައި ބުނަނީ ސަފާރީގެ ޑެކް މަތީގައި އޭނާ ގަދަކަމުން ރޭޕްކުރި ވާހަކައެވެ. މޫދަށް ފުންމާލީ ދެވަނަ މީހާ އޭނާ ރޭޕް ކުރަން އުޅުނީމައެވެ. 48 ގަޑިއިރުގެ ފަހުން ބުނެފައިވަނީ މޫދަށް ފުންމާލީ ފޫކޮޅުގައާއި އުރަމަތީގައި އަތްލީމައެވެ. ފުރަތަމަ ލިއުމުގައި ބުނާ ގޮތުން އޭނާ ފުލުހުންނަށް ރިޕޯޓް ކުރީއެވެ. 48 ގަޑިއިރު ފަހުން ބުނީ ފުލުހުންނަށް އެފަދަ ރިޕޯޓެއް ނުކުރާ ކަމަށެވެ.
48 ގަޑިއިރު ތެރޭގައި މިހާރު މިއޮތީ މުޅި މަންޒަރު ބަދަލުކޮށްލާފައެވެ. މިފަދަ މައްސަލަ ތަކުގެ ތަހުގީގު ކުރުމުގައި ގެންގުޅެމުން އަންނަ އުސޫލުތަކަށް ބަލާއިރު މިފަދަ ހާދިސާއެއް ހިނގުމުން މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ވަގުތީ ގޮތުން ނަމަވެސް ހައްޔަރު ކުރަނީ ހެކި ނައްތާލުމަށް ނުވަތަ ހެކި ފޮރުވުމާއި ހެއްކަށް ނުފޫޒު ފޯރުވުގެ ފުރުސަތު އޮންނާތީއެވެ. އެކަމަކު މިމައްސަލައިގައި ފުލުހުން އެބުނާ ގޮތަށް ހައްޔަރު ކުރި ދެމީހުން ދޫކޮށްލީ އެމީހުން ބަންދުގައި ބައިތިއްބައިގެން މައްސަލަ ބަލާވަރުގެ ހައްސާސު ހެކިތަކެއް ނޫނީ ވާހަކަތަކެއް ވެސް ނެތީމައެވެ.
އެހެންވީމާ ފަހުން މި ގެނަސްދިން އިންޓަރވިއުއާއެކު މުޅި ހާދިސާ މިއޮތީ ސޯޝަލް މީޑިއާގައާއި ނޫސްތަކުން ރިޕޯޓް ކުރިގޮތާ މުޅިން ޚިލާފަށެވެ. މިހާރު މިފެންނަނީ ރާއްޖޭގެ މުއައްސަސާތަކަށް އެފެނުނު މަންޒަރެއް ނޫނެވެ. އަނިޔާ ލިބުނުކަމަށް ބުނާ މީހާ މިހާރު އެމަންޒަރު އެސިފަކޮށްދެނީ ކުރިން ހީކުރި ގޮތާ މުޅިން ތަފާތުކޮށެވެ. 48 ގަޑިއިރުފަހުން މި ކުރި އިންޓަރވިއުއާއެކު މި ފެންނަނީ މުޅިން އެހެން މަންޒަރެކެވެ.
މިއިންޓަރވިއު ކުރީ ކިހިނެއް ކަމެއް ނޭނގެއެވެ. އެކަމަކު ވިކްޓިމް ބުނަނީ އޭނާއަށް ފައިސާ ހުށައަޅައި ބިރު ދައްކައި ހަދާފައި ނުވާކަމަށެވެ. އެފަދަ މީހަކާއި އޭނާއާއި ގުޅޭނެ ގޮތެއްވެސް ނޯންނާނެ ކަމަށެވެ. އޭނާގެ އަތުގައި ފޯނެއް ވެސް ނެތް ކަމަށެވެ. އެއްގޮތަކަށް ވެސް މިތާގައި ހާމަކޮށްދޭން މިއުޅެނީ މި އިންޓަރވިއުއަކީ ވެސް އަދި ކުރިން އޭނާ ދިން ކަމަށް ބުނާ އިންޓަވިއު އަކީވެސް ބަޔަކު މަންޒަރު ބަދަލުކޮށްލާން ކޮށްގެން އުޅޭ ކަމެކޭ ނޫނެވެ. ފަހުން މިވާހަކަ ރިޕޯޓް ކުރުމުގައި މިއީ މިމައްސަލައިގައި ހިމެނޭ ދެ މީހުން ސަލާމަތް ކުރުމުގެ ނިޔަތުގައި ނޫނީ އެފަދަ ނިޔަތެއް އޮވެގެން ކުރި ކަމެއް ނޫންކަން ހާމަކޮށްދޭން ކިތަންމެ ވަރަކަށް ވެސް ނޫހުން މަސައްކަތް ކޮށްފައި އެއޮތީ ނޫންތޯއެވެ؟ އެހެންވީމާ އެފަދަ ކަމަކަށް ޝައްކު ކުރަނީއަކީ ނޫނެވެ. މިއީ 48 ގަޑިއިރުފަހުން ސަފާރީ ރޭޕް ކޭސްގެ މަންޒަރު ބަދަލުވެގެން ދިޔަ ގޮތުގެ ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު