ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ކިޔަވާވިދާޅުވުމަށް އިނގިރޭސި ވިލާތުގައި ހުންނެވިއިރު އެކަމަނާއަށް ޗާޓަރު ފުލައިޓެއްގައި ރިހާކުރު ފުޅިއެއް ގެންގޮސްދިން ކަމަށް އަދުރޭ ވިދާޅުވި ވާހަކަ މާރިޔާ ދޮގުކުރައްވައިފިއެވެ.
މިއަދު ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމުގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ކަމުގައިވާ އެފްޕީއައިޑީގެ ޚިޔާނާތާ ގުޅޭ ގޮތުން އޭރު މަޖިލީހުން އެކުލަވައިލި ރިޕޯޓުގައި، ފުލައިޓެއް ޗާޓަރުކޮށްގެން މާރިޔާއަށް ރިހާކުރު ފުޅިއެއް ގެންދިޔަ ވާހަކައެއް އޮތް ކަމަށެވެ.
އަދުރޭގެ ވާހަތަކާއި ގުޅިގެން މިނިސްޓަރ މާރިޔާ ވިދާޅުވެފައިވަނީ އަދުރޭ އެ ހައްދަވަނީ، "ހަމަ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު" ކަމުގައެވެ.
ރައީސް ޔާމީނުގެ މައްޗަށް އެމްޑީޕީން ތުހުމަތުކުރާ 800 މިލިއަންޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައާ ގުޅޭގޮތުން މިއަދު ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، އެފްޕީއައިޑީ ރިޕޯޓު ފެނިއްޖެއްޔާ އެދުވަސްވަރު އިނގިރޭސިވިލާތުގައި ކިޔަވާވިދާޅުވާން ތިއްބެވި ބޭފުޅުންނަށް ރިހާކުރު ފުޅިއެއް ހިފައިގެން ދަތުރުކޮށްފައިވާ ވާހަކަވެސް އެރިޕޯޓުގައި އޮންނާނެ ކަމަށާއި، މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެއިރު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށެވެ. އަދި އެރިހާކުރުގެ ރަހަ މިހާރުވެސް މާރިޔާގެ ކަރުބުޑުން ނުފިލައި ހުންނާނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
އަދުރޭ މިއަދު ވިދާޅުވީ، ތެލުގެ ވަގުވިޔަފާރީގެ ރިޕޯޓެއް ހޯދުމަށް މަޖިލިހަށް ހުށަހެޅުއްވި މާފަންނު ހުޅަނގު ދާއިރާ މެންބަރު މުޙައްމަދު ފަލާޙުގެ ބޭބެ މާކުން ސައްތާރަކީ އެފްޕީއައިޑީ ވައްކަމުގައި އިސްކޮށް ހުންނެވި ބޭފުޅާ ކަމަށާއި، އޭނާ އޭރު ކާވެނިކުރައްވައިގެން އުޅުއްވީ ޑިފެންސް މިނިސްޓަރ މާރިޔާއާ ކަމުގައެވެ.

Hama kanda elhigen roa buhthan dhogu!!! https://t.co/LRseX5aHfd
— Mariya Didi 🎈 (@MariyaDidi) June 29, 2020
ރައީސް ޔާމީނުގެ މައްޗަށް އެމްޑީޕީން ތުހުމަތުކުރާ 800 މިލިއަންޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައާ ގުޅޭގޮތުން މިއަދު ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، އެފްޕީއައިޑީ ރިޕޯޓު ފެނިއްޖެއްޔާ އެދުވަސްވަރު އިނގިރޭސިވިލާތުގައި ކިޔަވާވިދާޅުވާން ތިއްބެވި ބޭފުޅުންނަށް ރިހާކުރު ފުޅިއެއް ހިފައިގެން ދަތުރުކޮށްފައިވާ ވާހަކަވެސް އެރިޕޯޓުގައި އޮންނާނެ ކަމަށާއި، މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެއިރު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށެވެ. އަދި އެރިހާކުރުގެ ރަހަ މިހާރުވެސް މާރިޔާގެ ކަރުބުޑުން ނުފިލައި ހުންނާނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
އަދުރޭ މިއަދު ވިދާޅުވީ، ތެލުގެ ވަގުވިޔަފާރީގެ ރިޕޯޓެއް ހޯދުމަށް މަޖިލިހަށް ހުށަހެޅުއްވި މާފަންނު ހުޅަނގު ދާއިރާ މެންބަރު މުޙައްމަދު ފަލާޙުގެ ބޭބެ މާކުން ސައްތާރަކީ އެފްޕީއައިޑީ ވައްކަމުގައި އިސްކޮށް ހުންނެވި ބޭފުޅާ ކަމަށާއި، އޭނާ އޭރު ކާވެނިކުރައްވައިގެން އުޅުއްވީ ޑިފެންސް މިނިސްޓަރ މާރިޔާއާ ކަމުގައެވެ.
ކިޔުންތެރިންގެ ހިޔާލު