މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު 
މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު 
ހަގީގީ އަނދިރި ދައުލަތެއް އުފެދިފައިވަނީ މިހާރު ކަމަށާއި އެއީ މަޖިލީހުގެ ތެރޭގައި ހިނގާ ދައުލަތެއް ކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު  ވިދާޅުވީ، ރާއްޖެއަކީ ގާނޫނީ ގޮތުން ކަންކަން ތަރުތީބުވެފައިވާ ގައުމެއް ނަމަވެސް ކޮންމެ ކަމަކަށްވެސް މަޖިލިސް ވަންނަ މަންޒަރު ފެންނަމުންދާ ކަމަށެވެ. ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ ބާރު ކަނޑުވާލާ ވަކި ދިމާއަކަށް ހުރިހާ ބާރެއް ގެނެސްފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އޭނާ އެހެން ވިދާޅުވީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައިގެ ތަހުގީގު ނުނިމެނީސް އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ފެށުމާއި ގުޅިގެން އެކަމަށް އިޝާރަތްކުރައްވަމުންނެވެ. ދައުލަތުގެ އިދާރާތައް ކޮންޓްރޯލްކުރާ އަނދިރި ދައުލަތެއްގެ ވާހަކަ ރައީސް ނަޝީދު ވަރަށް ގިނައިން ދައްކަވާ ކަމަށާ ނަމަވެސް ހަގީގީ އަނދިރި ދައުލަތެއް އުފެދިފައިވަނީ މިހާރު ކަމަށް ސައީދު ވިދާޅުވިއެވެ.

އެ އަނދިރި ދައުލަތް ހިންގަމުން ގެންދަނީވެސް މަޖިލީސްތެރެއިން ކަމަށް ސައީދު ވިދާޅުވިއެވެ. ދައުލަތުގެ ހުރިހާ އިދާރާއެއްގެ ބާރު ކަނޑުވާލާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މުށުތެރެއަށް ބާރުތައް ޖަމާކޮށްފައިވާ ކަމަށް މާވަށު ދާއިރާގެ މެންބަރު ސައީދު ވިދާޅުވިއެެވެ. ޕާލިމެންޓަރީ ނަން ނެތި ގާނޫނީ ހައިސިއްޔަތެއްވެސް ނެތި މި ގައުމުގައި މިއަދު ހިންގަނީ ބަރުލަމާނީ ނިޒާމެއް ކަމަށް ސައީދު ވިދާޅުވިއެވެ. އެއީ ނަޝީދު އަޑީގައި ހުންނަވައިގެން ގާނޫނު އަސާސީއާ ހިލާފަށް ކުރަމުން ގެންދާ ކަމެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"މިއަދު ހޯމް މިނިސްޓަރުގެ ބާރެއްނެތް، ސީޕީގެ ބާރެއް ނެތް، ފުލުހުންގެ ބާރެއް ނެތް، މި ހުރިހާ އެއްޗެއް މުށުތެރެއަށްލާ ރައީސް ނަޝީދު އެ ހުންނެވީ. އެމަނިކުފާނު ބަދަލު ހިއްޕެވުމަށް ބޭނުންކުރައްވާ ޓޫލެއްގެ ގޮތުގައި ދައުލަތުގެ ހުރިހާ އިދާރާތައް މި ބޭނުންކުރައްވަނީ." ކުރީގެ އިކޮންމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާގެ ބަހެއް ހޯދުމަށާއި މައްސަލަ ބަލަމުންދާ ފުލުސް އޮފިސަރުން ހާޒިރުކޮށް މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ނިންމާފައެވެ. އެމައްސަލައިގައި، ސީނަށް ދިޔަ ފުލުހުންނާއި ވިކްޓިމް ގެ ބަސް ހޯދުމަށް ވެސް އެކޮމެޓީން ވަނީ ނިއްމާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން