މިއަހަރު ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ހޯދުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ހޯދުމަށް މާޗް 7 ގައި ކުރި އިއުލާނެއް އެކަށީގެންވާ އަދަދެއްގެ މީހުން ކުރިމަތިލާފައި ނުވާކަމަށެވެ. އެހެންކަމުން އެހީތެރިންގެ ގޮތުގައި ހިލޭސާބަހަށް މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފިރިހެނުން އެކަމަށް އެދި އަލުން ހުށައެޅުމަށް ހުޅުވާލާކަމަށް އިޢުލާނުގައިވެއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ މިކަމަށް އެދޭ ފަރާތްތަކަކީ، އަސާސީ ތައުލީމުގެ ފެންވަރުހުރި، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ސިއްހަތު ރަނގަޅު މީހަކު ކަމުގައި ވާންވާނެ ކަމަށެވެ. މި މަގާމްތަކަށް މީހުން ހޮވުމުގައި، އަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުއާމަލާތްކުރަން އެނގޭ، ހައްޖާއި އުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

ހައްޖު ކޯޕަރޭޝަނުން އެދިފައިވަނީ މިކަމަށް ޝައުގުވެރިވާ މީހުން، މާޗް 22ވާ ބުދަ ދުވަހުގެ މެންދުރު 3 ޖެހުމުގެ ކުރިން އެކޯޕަރޭޝަނަށް ހުށައެޅުމަށެވެ.

ރާއްޖެއަށް މިއަހަރު ލިބިފައިވަނީ 1،000 މީހުންގެ ހައްޖު ކޯޓާއެވެ. އަދި ސަރުކާރުން ގެންދަނީ މިއަދަދު 2500 އަށް އިތުރުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


1

އަބްދުﷲ ނަޞީރު.

18-Mar-2023

އެހީތެރިއެއްގެ ގޮތުގައި ދިއުމުގެ ޝައުގު އެބަހުރި.



ޓްރެންޑިން