އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް އެބޭފުޅުން ނުކުރަށްވާ ކަމެއް އެޕާޓީގެ ނާއިބް ރައީސް މުޙައްމަދު ޝިފާޒް ނުކުރަށްވާ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ އެމްޑީޕީގެ ނާއިބް ރައީސް މުހައްމަދު ޝިފާޒު ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރުމާއި ގުޅިގެން، ޝިފާޒަށް ވުރެން ބޮޑަށް މި ސަރުކާރު ގެނައުމަށް ގުރުބާންވި ބޭފުޅަކު ނެތް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެެވެ.

ރައީސް ނަޝީދުގެ އިތުރުން މަޖިލީހުގެ ނާއިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވީ އެމްޑީޕީ ނެގެހެއްޓުމަށް އެކި ދަތިތަކާއި އަނިޔާގައި ޝިފާޒު ކުރެއްވި މަސައްކަތްތައް އަގު ނުކުރެވޭނެ ކަމަށެވެ.

އެކަމަށް އިޝާރަތް ކުރަށްވައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މިވެރިކަން އެމްޑީޕީއަށް ހޯދައިދިނުމަށް އެބޭފުޅުން ނުކުރާކަމެއް އެމްޑީޕީގެ ނާއިބް ރައީސް މުހައްމަދު ޝިފާޒަށް ކުރެވިފައި ނޯންނާނެ ކަމަށެވެ. އަދި ޝިފާޒް ކުރެއްވި މަސައްކަތުގެ ބަދަލެއްގެ ގޮތުގައި މިއަދާ ހަމަޔަަށް މުސާރަ ލިބިގެން މަތީ މަގާމެއްގައި ހުންނެވުނު ކަމަަށް ޝަރީފް ވިދާޅުވިއެވެ.



ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ޝިފާޒް އައްޔަންކުރަށްވާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 22، ގަ އެވެ. ޝިފާޒު މިއަދު މަގާމުން ވަކިކުރިިއިރު އޭނާ އޮފީހަށް ނުނިކުންނަވާ މުސާރަ ނަންގަވާ ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޝިފާޒު ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރުމަށްފަހު އެ އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމަށް އެމްޑީޕީގެ ޗެއަރޕަރސަން ނައިބު އިދާރީގެ މަޤާމުގައި ހުންނެވި އިބްރާހިމް ވަޙީދު މިއަދު ވަނީ އައްޔަންކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން