ދުނިޔޭގެ 196 ޤައުމުގެ ތެރެއިން ގިނަ ގައުމުތަކުގައި ފައިސާގެ ގޮތުގައި ބޭނުންކުރަމުންދަނީ އެގައުމެއްގެ އަމިއްލަވަންތަ މިނިވަންކަން ރަމްޒުކޮސްދޭ ވަކި ބޭންކް ނޯޓްތަކެކެވެ. އަމިއްލަ ފައިސާ ބޭނުން ނުކުރާ މަދުގައުމެއް އުޅޭއިރު އޭގެތެރެއިން ބައެއް ގައުމުތަކުން ފައިސާގެ ނޫޓުގެ ގޮތުގައި ބޭނުންކުރަނީ ޔޫރޯ އަނެއްބައި ގައުމުތަކުން ބޭނުންކުރަމުން އަންނަނީ ޔޫއެސް ޑޮލަރެވެ.

މިހާހިސާބުން ދެން އަޅުގަނޑުމެން އެންމެންގެވެސް ހިތުގައި އުފެދޭނެ ސުުވާލަކީ ދުނިޔޭގައި އެންމެ ބާރުގަދައީ ކޮންގައުމެއްގެ ބޭންކްނޯޓެއް ހެއްޔެވެ؟ އެހެންނުންތޯއެވެ. ފައިސާގެ އެކްސްޗޭންޖު ރޭޓް ނުވަތަ އެއް ފައިސާއިން އަނެއް ފައިސާ ގަނެވޭ ރޭޓް ކަނޑައަޅަނީ މާކެޓުގައި އެއިރެއްގައި ފައިސާ ގަނެވޭ އަދި ވިއްކޭ އަގަށް އަންނަ ބަދަލުންނެވެ. އެހެން ނަމަވެސް، ޤައުމެއްގެ އިޤްތިޞާދުގެ ވަރުގަދަ ކަމާއި އެޤައުމެއްގެ އިންފްލޭޝަން ލެވަލް ފަދަ ކަންތައްތަކަށްވެސް މިއަގު ވަރަށް ބޮޑަށް ބަރޯސާ ވެގެންވެއެވެ. ތިރީގައި މިވަނީ ދުނިޔޭގެ ނިސްބަތުން އެންމެ ވަރުގަދަ 20 ފައިސާ ހިމެނޭ ޤައުމުތަކެވެ.

20. ނިއުޒިލޭންޑް ޑޮލަރ

ނިއުޒިލޭންޑުގެ ފައިސާއަކީ ދުނިޔޭގެ ނިސްބަތުން 20 ވަނައަށް އެންމެ އަގުބޮޑު ފައިސާއެވެ. ކިއުޒިލެންޑުގެ ފައިސާގެ ކޯޑަކީ އެން.ޒެޑް.ޑީ އެވެ. އަދި އެންމެ މައްޗަށް ޗާޕު ކުރެވިފައިވާ ނޫޓުގެ އަދަދަކީ 100އެވެ. 1 އެން.ޒެޑް.ޑީ ގެ އަގަކީ 0.61 އެމެރިކާ ޑޮލަރެވެ. ނުވަތަ ނިއުޒިލޭންޑުގެ 100 ޑޮލަރަކީ އެމެރިކާގެ 61 ޑޮލަރެވެ.

19. އޮސްޓްރޭލިއަން ޑޮލަރ

އޮސްޓްރޭލިއަން ޑޮލަރ އަކީ އޮސްޓްރޭލިއާގައި ބޭނުން ކުރެވޭ ފައިސާއެވެ. މިއީ ދުނިޔޭގެ ނިސްބަތުން 19 އަށް އެންމެ ބާރުގަދަ ފައިސާއެވެ. މިފައިސާގެ ކޯޑަކީ އޭ.ޔޫ.ޑީއެވެ. 1 އޭ.ޔޫ.ޑީ ވިއްކެނީ 0.65 އެމެރިކާ ޑޮލަރަށެވެ. އެންމެ މައްޗަށް ޗާޕު ކުރެވިފައިވަނީ 100 ގެ ނޫޓެވެ. 100 އޭ.ޔޫ.ޑީ އަށް 65 އެމެރިކާ ޑޮލަރު ގަނެވޭނެއެވެ.

18. ސިންގަޕޫރު ޑޮލަރ

ސިންގަރޕޫރުގެ ޑޮލަރަކީ ދުނޔޭޣެ ނިސްބަތުނ 18 ވަނައަށް އެންމެ ބާރުގަދަ ފައިސާއެވެ. ސިންގަޕޫރަކީ ވިޔަފާރީގެ ހަބެއް ކަމަށް ވާއިރު މިއީ އިޤްތިސާދީގޮތުން ކުރީގައި އުޅޭ ޤައުމެކެވެ. ފައިސާގެ ކޯޑަކީ އެސް.ޖީ.ޑީއެވެ. އަދި 1 ސިންގަޕޫރުގެ ޑޮލަރަށް 0.74 އެމެރިކާ ޑޮލަރު ގަނެވޭނެއެވެ. އެންމެ މައްޗަށް ޗާޕު ކުރެވިފައިވަނީ 1000 ޑޮލަރ ނޫޓެވެ. 1000 ޑޮލަރުން 740 އެމެރިކާ ޑޮލަރު ގަނެވޭނެއެވެ.

17. ބުރުނައީ ޑޮލަރ

ބުރުނައި އަކީ ރަސްކަން އޮންން ޤައުމުތަކުގެ ތެރެއިން އެންމެ މުއްސަނދި ރަސްކަލުން ހުންނަ ޤައުމެވެ. މިޤައުމުގެ ފައިސާއަށް ކިޔަނީ ބުރުނައި ޑޮލަރެވެ. އަދި ކޯޑަކީ ބީ.އެން.ޑީއެވެ. 1 ބީ.އެން.ޑީގެ އަގަކީ 0.74 އެމެރިކާ ޑޮލަރެވެ. އެންމެ މައްޗަށް ޗާޕުކުރެވިފައިވަނީ 10،000 ޑޮލަރުގެ ނޫޓެވެ. 10،000 ޑޮލަރަށް 7400 އެމެރިކާ ޑޮލަރު ގަނެވޭނެއެވެ. މިއީ ދުނިޔޭގެ ނިސްބަތުން 17 ވަނައަށް އެންމެ ބާރުގަދަ ފައިސާއެވެ.

16. ކެނެޑިން ޑޮލަރ

ކެނެޑާގެ ފައިސާ ކަމަށްވާ ކެނެޑިއަން ޑޮލަރއަކީ ދުނިޔޭގެ އެންމެ ބާރުގަދަ ފައިސާގެ ލިސްޓުން 16 ވަނަ ހޯދާފައިވާ ފައިސާއެވެ. އަދި މިއީ އެމެރިކާގެ ޑޮލަރަށްފަހު 5 ވަނައަށް އެންމެ ގިނައިން ރިޒާވްތަކުގައި ރައްކާ ކުރެވިފައިވާ ފައިސާކަންވެސް ފާހަގަ ކުރެވެއެވެ. މިފައިސާގެ ކޯޑަކީ ސީ.އޭ.ޑީއެވެ. އަދި އެމެއިރކާ ޑޮލަރުގެ 1 ޑޮލަރު ގަތުމަށް ހޭދަވަނީ 0.74 ކެނެޑިއަން ޑޮލަރެވެ. އެންމެ މައްޗަށް ޗާޕު ކުރެވިފައިވަނީ 100 ޑޮލަރުގެ ނޫޓެވެ. 100 ކެނެޑިއަން ޑޮލަރުން 74 އެމެރިކާ ޑޮލަރު ގަނެވޭނެއެވެ.

15. ޕެނަމާ ބަލްބޯއަ

މެނަމާގެ ފައިސާ ކަމުގައިވާ ބަލްބޯއަ އަކީ ޕެނަމާގެ ފައިސާއަށް ކިޔާ ނަމެވެ. އަދި މިއީ އެންމެ ބާރުގަދަ ލިސްޓުގެ 15 ވަނަ ހޯދާފައިވާ ފައިސާއެވެ. އެހެންނަމަވެސް މިޤައުމުގައި ގިނައިން ވިޔަފާރި ކުރެވެނީ އެމެރިކާ ޑޮލަރުގައި ކަން ފާހަގަ ކުރަންޖެހެއެވެ. އެއް ޑޮލަރަށް 1 ޕެނަމާ ބަލްބޯއަ ގަނެވޭނެއެވެ. ފައިސާގެ ކޯޑަކީ ކޯޑަކީ ޕީ.އޭ.ބީއެވެ. 100 ޑޮލަރުގައި 100 ޕީ.އޭ.ބީ ގަނެވޭނެއެވެ.

14. ބާރމިއުޑަން ޑޮލަރ

މިއީ ބާމިއުޑާރ ކަނޑު އޮންނަ ސަރަހައްދުގައި ހުންނަ ޤައުމެއް ކަމުން މިޤައުމު އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ބާމިއުޑާރ ޓްރޭންގަލްގެ ސަބަބުންނެވެ. މިއީ ދުނިޔޭގެ 14 ވަނައަށް އެންމެ ބާރުގަދަ ފައިސާގެ ނޫޓެވެ. ކަރަންސީ ކޯޑަކީ ބީ.އެމް.ޑީ އެވެ. އަދި 1 ބީއެމް.ޑީ.އަށް 1 އެމެރިކާ ޑޮލަރު ގަނެވޭނެއެވެ. އެންމެ މަތީ އަދަދުގެ ނޫޓަކީ 100 ބާމިއުޑިއަން ޑޮލަރުގެ ނޫޓެވެ. 100 އެމެރިކާ ޑޮލަރު 100 ބާމިއުޑިއަން ޑޮލަރަށް ބަދަލު ކުރެވޭނެއެވެ.

13. ބަހާމިއަން ޑޮލަރ

ބަހާމާސްގައި ބޭންކް ނޯޓްގެގޮތުގައި ބޭނުންކުރާ ބަހާމިއަން ޑޮލަރަކީ ދުނިޔޭގެ އެންމެ ބާރުގަދަ ފައިސާގެ ނޫޓުގެ 13 ވަނައިގައި ހިމެނޭ ފައިސާއެކެވެ. ކޯޑަކީ ބީ.އެސް.ޑީއެވެ. އަދި 1 ބީ.އެސް.ޑީއަށް 1 އެމެރިކާ ޑޮލަރު ގަނެވޭނެއެވެ. އެންމެ މައްޗަށް ޗާޕުކުރެވިފައިވަނީ 100 ޑޮލަރުގެ ނޫޓޭވެ. ބަހޭމިއަން 100 ޑޮލަރަށް އެމެރިކާގެ 100 ޑޮލަރު ގަނެވޭނެއެވެ.

12. އެމެރިކާ ޑޮލަރ



ދުނިޔޭގައި އެންމެ އަގުބޮޑު ފައިސާއަށް ނުވިނަމަވެސް އެންމެ ގިނައިން ބޭނުންކުރެވޭ އަދި އެންމެ ގިނައިން އެހެން ޤައުމުތަކުގައި ރިޒާވްގެ ގޮތުގައި ގެންގުޅެނީ އެމެރިކާ ޑޮލަރެވެ. ކަރަންސީ ކޯޑަކީ ޔޫ.އެސް.ޑީ.އެވެ. އެންމެ މައްޗަށް ޗާޕު ކުރެވިފައިވާ ނޫޓަކީ 100 ޑޮލަރުގެ ނޫޓެވެ. މިއީ ދުނިޔޭގެ އެންމެ ބާރުގަދަ ފައިސާގެ ލިސްޓުގައި 12 ވަނައަށް ހިމެނޭ ފައިސާއެވެ.

11. ޔޫރޯ

މިއީ ޔޫރަޕަށް ނިސްބަތްވާ 19 ގައުމުންވެސް ފައިސާގެ ގޮތުގައި ބޭނުންކުރަމުން އަންނަ ފައިސާއެވެ. އެމެރިކާގެ ޑޮލަރު ފިޔަވައި އެންމެ ގިނައިން ދައުރުކުރެވޭ ފައިސާއަކީވެސް ޔޫރޯއެވެ. ޔޯރޯގެ ކޯޑަކީ އީ.ޔޫ.އާރުއެވެ. 1 އީ.ޔޫ.އާރަށް 1.07 ޑޮލަރު ގަނެވޭނެއެވެ. އެންމެ މައްޗަށް ޗާޕު ކުރެވިފައިވަނީ 500 ޔޫރޯގެ ނޫޓޭވެ. 500 ޔޫރޯއަށް 535 އެމެރިކާ ޑޮލަރު ގަނެވޭނެއެވެ.

10. ސްވިސް ފްރެންކް

ސްވިސް ފްރެންކް ހިމެނެނީ މިލިސްޓުގެ 10 ވަނައިގައެވެ. އަދި ކޯޑަކީ ސީ.އެޗް.އެފް އެވެ. 1 ސީ.އެޗް.އެފްއަށް 1.11 އެމެރިކާ ޑޮލަރު ގަނެވޭނެއެވެ. އެންމެ މައްޗަށް ޕްރިންޓު ކުރެވިފައިވަނީ 1000ގެ ނޫޓެވެ. 1000 ސީ.އެޗް.އފްއަށް 1110 އެމެރިކާ ޑޮލަރު ގަނެވޭނެއެވެ.

9. ކޭމެން އައިލެންޑް ޑޮލަރ

މިއީ މިލިސްޓުގެ 9 ވަނައިގައި ހިމެނޭ އެންމެ ބާރުގަދަ ފައިސާއެކެވެ. ކަރަންސީ ކޯޑަކީ ކޭ.ވައި.ޑީ އެވެ. އެންމެ މައްޗަށް ޕްރިންޓު ކުރެވިފައިވަނީ 100ގެ ނޫޓެވެ. 1 ކޭ.ވައި.ޑީއަށް 1.20 އެމެރިކާ ޑޮލަރު ގަނެވޭނެއެވެ. ނުވަތަ 100 ކޭ.ވައި.ޑީއަށް 120 އެމެރިކާ ޑޮލަރު ގަނެވޭނެއެވެ.

8. ސެއިންޓް ހެލީނާ ޕައުންޑް

މިއީ އިނގިރޭސި ވިލާތުގެ ބާރު އޮންނަ އެޓްލާންޓިކް އައިލެންޑް އޮފް ސައިންޓް ހެލީނާ އެންޑް އެސެންޝަން ކިޔާ ސަރަހައްދެއްގައި ބޭނުންކުރެވޭ ފައިސާގެ ނޫޓެވެ. ކަރަންސީ ކޯޑަކީ އެސް.އެޗް.ޕީއެވެ. އަދި 1 އެސް.އެޗް.ޕީއިން 1.23 ޑޮލަރު ގަނެވޭނެއެވެ. އެންމެ މައްޗަށް ޗާޕުކޮށްފައިވަނީ 20 އެސް.އެޗް.ޕީގެ ނޫޓެވެ. 20 އެސް.އެޗް.ޕީއަށް 24.60 އެމެރިކާ ޑޮލަރު ގަނެވޭނެއެވެ.

7. ގިލްބްރަޓާ ޕައުންޓް

މިއީވެސް އިނގިރޭސިވިލާތުގެ ބާރު އޮންނަ ސަރަހައްދެއް ކަމަށްވާ ގިލްބްރާޓާގެ ފައިސާއެވެ. މިއީ ދުނިޔޭގެ ނިސްބަތުން 7 ވަނައަށް އެންމެ ބާރުގަދަ ފައިސާއެވެ. ކޯޑަކީ ޖީ.އައި.ޕީއެވެ. 1 ޖީ.އައި.ޕީއަކީ .1.23 އެވެ. އަދި އެންމެ މައްޗަށް ޗާޕު ކުރެވިފައިވަނީ 50ގެ ނޫޓެވެ. 50 ޖީ.އައި.ޕީއަށް 61.50 އެމެރިކާ ޑޮލަރު ގަނެވޭނެއެވެ.

6. ފޯކްލޭންޑް އައިލެންޑްސް ޕައުންޑް

މިއީ ފޯކްލޭންޑް ކިޔާ އިނގިރޭސިވިލާތުގެ ބާރު އޮންނަ ޤައުމެކެވެ. އަދި މިއީ އިނގިރޭސި ވިލާތުގެ ބާރު އޮންނަ ހުރިހާ ފައިސާއެއްހެން އެޤައުމުން ވަކި ވަރެއްގައި ވިއްކާ އަގު ކަނޑައަޅާފައިވާ ފައިސާއެކެވެ. ނުވަތަ ޕެގްކޮށްފައިވާ ފައިސާއެކެވެ. މިއީ ދުނިޔޭގެ ނިސްބަތުން 6 ވަނައަށް އެންމެ ބާރުގަދަ ފައިސާއެވެ. ކޯޑަކީ ކޭ.އެފް.ޕީއެވެ. އަދި 1 ކޭ.އެފް.ޕީއަށް 1.23 ޑޮލަރު ގަނެވޭނެއެވެ. އެންމެ މައްޗަށް ޗާޕުކުރެވިފައިވަނީ 50ގެ ނޫޓެވެ. 5 އެފް.ކޭ.ޕީއަށް 61.50 ޑޮލަރު ގަނެވޭނެއެވެ.

5. ޕައުންޑް ސްޓާރލިން

މިއީ ދުނިޔޭގެ ނިސްބަތުން 5 ވަނައަށް އެންމެ ބާރުގަދަ ފައިސާއެވެ. އަދި މިއީ އެންމެ ގިނައިން ދައުރުކުރެވޭ 5 ޤައުމުގެ ފައިސާގެ ތެރޭގައި ހިމެނޭވެސް ފައިސާއެކެވެ. ކޯޑަކީ ޖީ.ބީ.ޕީއެވެ. 1 ޖީ.ބީ.ޕީއަށް 1.24 އެމެރިކާ ޑޮލަރު ގަނެވެއެވެ. އެންމެ މައްޗަށް ޗާޕުކުރެވިފައިވަނީ 50 ގެ ނޫޓެވެ. 50 ޖޭ.ބީ.ޕީއަކީ 62 ޑޮލަރެވެ.

4. ޖޯޑަންގެ ދީނާރު

ޖޯޑަން ދީނާރަކީ ޖޯޑަންގެ ފައިސާއެވެ. މިއީ ޔޫއެސްޑީގެ ވަކި ރޭޓަކަށް ޕެގް ކުރެވިފައި ނުވަތަ ހިފެހެއްޓިފައިވާ ފައިސާއެކެވެ. ކޯޑަކީ ޖޭ.އޯ.ޑީއެވެ. 1 ޖޭ.އޯ.ޑީގެ އަގަކީ 1.41 ޑޮލަރެވެ. އެންމެ މައްޗަށް ޗާޕުކުރެވިފައިވަނީ 50ގެ ނޫޓެވެ. 50 ޖޭއޯޑީއަށް 71 އެމެރިކާ ޑޮލަރު ގަނެވޭނެއެވެ.

3. އޮމާންގެ ރިއާލް

1970 ވަނަ އަހަރުގެ ކުރިން އޮމާންގައި ބޭނުން ކުރަމުން އައީ އިންޑިއަން ރުޕީއެވެ. ނަމަވެސް މިއީ މިހާރު ދުނިޔޭގެ 3 ވަނައަށް އެންމެ ބާރުގަދަ ފައިސާއެވެ. ކޯޑަކީ އޯ.އެމް.އާރުއެވެ. 1 އޯ.އެމް.އާރުއަށް 2.60 ޑޮލަރު ގަނެވެއެވެ. އެންމެ މައްޗަށް ޗާޕުކުރެވިފައިވަނީ 50ގެ ނޫޓެވެ. 50 ރިޔާލަށް 130 ޑޮލަރު ލިބެއެވެ.

2. ބަހްރައިންގެ ދީނާރު



ބަހްރައިންއަކީ އެންމެ ފުރަތަމަ ތެޔޮ ވަޅުތައް ނުވަތަ އޮއިލް ރިޒާވް ހޯދި ޤައުމެއެވެ. އަދި މިއީ ދުނިޔޭގެ ނިސްބަތުން 2 ވަނައަށް އެންމެ ބާރުގަދަ ފައިސާއަށްވީއިރު މިއީވެސް ޔޫއެސްޑީގެ ވަކި ރޭޓަކަށް ޕެގް ކުރެވިފައި ނުވަތަ ހިފެހެއްޓިފައިވާ ފައިސާއެކެވެ. ކޯޑަކީ ބީ.އެޗް.ޑީއެވެ. 1 ބީ.އެޗްޑީއަށް 2.65 ޑޮލަރު ގަނެވެއެވެ. އެންމެ މައްޗަށް ޗާޕުކުރެވިފައިވަނީ 20 ގެ ނޫޓެވެ. 20 ބީ.އެޗް.ޑީއަށް 53 އެމެރިކާ ޑޮލަރު ގަނެވެއެވެ.

1. ކުވައިތުގެ ދީނާރު

މިއީ ދުނިޔޭގެ ހުރިހާ ފައިސާއަކަށް ވުރެވެސް އެންމެ ބާރުގަދަ ފައިސާއެވެ. ކޯޑަކީ ކޭ.ޑަބްލިއު ޑީއެވެ. އަދި އެންމެ މައްޗަށް ޗާޕުކުރެވިފައިވަނީ 20 ގެ ނޫޓެވެ. 1 ކޭ.ޑަބްލިއު.ޑީއަށް 3.25 ޑޮލަރު ލިބެއެވެ. 20 ދީނަރަށް 65 ޑޮލަރު ގަނެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން