މެދުމިނުގެ ޢީރަތްތެރިކަމަކީ އިސްލާމްދީން ބާރުއަޅާ މާތް ސިފަތަކުގެ ތެރެއިން ސިފައެކެވެ. އެއީ ރިވެތި އަޚްލާޤުގެ ބައެކެވެ. ކީރިތި ރަސޫލާ، މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި ބަސްފުޅެއްގައިވަނީ: [إِنَّمَا بُعِثْتُ لِأُتَمِّمَ مَكَارِمَ اْلأَخْـلاَقِ] މާނައަކީ "ތިމަންކަލޭގެފާނު ފޮނުއްވުނީ ރިވެތި އަޚްލާޤު ފުރިހަމަކުރެއްވުމަށެވެ"[1]
މިގޮތުން ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ރަސޫލުކަމައިގެން ވަޑައިގެންނެވި ދުވަސްވަރު ޢަރަބީންގެ ތެރޭގައި ރަނގަޅު އާދަތަކެއްވެސް ހުއްޓެވެ. ހަމަ އެ ފަދައިން ޖާހިލީ ޒަމާނުގެ ނުބައި އާދަތަކެއް ވެސް ހުއްޓެވެ. ދެންފަހެ އެ ކަލޭގެފާނު އެބައިމީހުންގެ ތެރޭގައި ހުރި ރަނގަޅު އާދަތައް ދަމަހައްޓަވައި ނުބައި އާދަތަކުގެ ބަދަލުގައި ރަނގަޅު އާދަތަކެއް އުނގަންނަވައިދެއްވި އެވެ. ޢަރަބީންގެ ތެރޭގައި އޭރު ހުރި ރަނގަޅު އާދަތަކުގެ ތެރޭގައި އެ މީހުންގެ އަހުލުވެރިންގެ މައްޗަށް އޮތް ޣީރަތްތެރިކަން ފާހަގަކުރެވެ އެވެ. އެ މީހުންގެ އަހުލުވެރިޔަކު ފާޙިޝު ޢަމަލަކަށް އަރައިގަތުމަކީ އެއީ ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވެ އެވެ. މި ކަން އޮތް މިންވަރު ބޮޑުވެގެން ގޮސް އެ މީހުންގެ އަންހެން ދަރީން ދިރިތިއްބައި މެރި އެއް ސަބަބަކީ ވެސް ހަމަ މި އެވެ.
ފަހެ އިސްލާމް ދީން އައިސް ނުޙައްޤުން ދަރިން މެރުން ޙަރާމް ކުރެއްވިއެވެ. ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި ބަސްފުޅެއްގައި ވެއެވެ. [لاَ أَحَدٌ أَغْيَرُ مِنَ اللهِ، وَلِذَلِكَ حَرَّمَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ] " މާނަ އަކީ ތިޔަބައިމީހުންކުރެ އެކަކު ވެސް ﷲ އަށް ވުރެ ޣީރަތްތެރިކަން ބޮޑެއްނުވާނެ އެވެ. ފާޅުގައި ކުރާ ފާޙިޝުކަންކަމާއި ސިއްރުގައި ކުރާ ފާޙިޝު ޢަމަލުތައް ﷲ ޙަރާމްކުރެއްވީ އެހެންވެގެންނެވެ. "[2] ހަމަ އެ ފަދައިން ސަޢުދު ބުނު ޢުބާދާގެ ޣީރަތްތެރި ބަސްފުޅުގެ ޖަވާބުގައި ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅަށް ބަލާލާއިރު ވެސް ފެންނަނީ އިސްލާމް ދީނުގައި ޣީރަތްތެރިކަމުގެ ސިފައަށް ދީފައިވާ އަހައްމިއްޔަތެވެ. سَعْدُ بْنُ عُبَا دَةُ ވިދާޅުވި އެވެ. [لَوْ رَأَيْتُ رَجُلاً مَعَ اِمْرَأَتِي لَضَرَبْتُهُ بِالسَّيْفِ غَيْرَ مُصْفِحٍ، قَالَ النَّبيُّ أَتَعْجَبُونَ مِنْ غِيرَةِ سَعْدٍ؟ فَوَاللهِ! لَأَنَا أَغْيَرُ مِنْهُ. وَالله أَغْيَرُ مِنيِّ] މާނައީ "ތިމަންކަލޭގެފާނުގެ އަނބިމީހާއާ އެކީގައި ހިލޭ ފިރިހެނަކު ވަނިކޮށް ފެނިއްޖެ ނަމަ އެ މީހެއްގެ ގައިގައިކަނޑީގެ މިޔައިން ޖަހައިފާހުށީމެވެ. (މި ވާހަކަ އައްސަވާފައި) ކީރިތި ރަސޫލާ ޙަދީޘްކުރެއްވި އެވެ. "ތިޔަބައިމީހުން ސަޢުދުގެ ޣީރަތްތެރިކަމާ ހުރެ ޙައިރާންވަމު ހެއްޔެވެ؟ ފަހެ އޭނާއަށްވުރެ ތިމަންކަލޭގެފާނުގެ ޣީރަތްތެރިކަން ބޮޑެވެ. އަދި ތިމަންކަލޭގެފާނަށް ވުރެ ﷲ ގެ ޣީރަތްތެރިކަން ބޮޑެވެ"[3]
ލަދުވެތިކަމަކީ އިސްލާމްދީނުގައި މުހިންމުކަން ދީފައިވާ އަނެއް ސިފަ އެވެ. އެއީ އިންސާނީ ފިޠުރަތުގައި ވެސް ލައްވާފައިވާ މާތް ސިފައެކެވެ. އެއީ އީމަންކަމުގެ ބައިކުޅަބައެކެވެ. އެއާ ނުލައި އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. ކީރިތި ރަސޫލާ ޙަދީޘްކުރެއްވި އެވެ. [ اَلإِيْمَانُ بِضْعٌ وَسِتُّونَ شُعْبَةً. فَأَفْضَلُهَا قَوْلُ لاَ إِلَهَ إِلاَّ الله وَأَدْنَاهَا إِمَاطَةُ اْلأَذَى عَنِ الطَّرِيقِ وَالْحَيَاءُ شُعْبَةٌ مِنَ اْلإِيْمَانِ] މާނައަކީ "އީމާންކަން ފަސްދޮޅަސް އެތައް ބަޔަކަށް ބެހިގެންވެ އެވެ. އޭގެތެރެއިން އީމާންކަމުގެ އެންމެ މާތީ ދަރަޖަ އަކީ لاَ إِلَهَ إِلاَّ الله ކިޔުމެވެ. އަދި އީމާންކަމުގެ އެންމެ ދަށުދަރަޖަ އަކީ މީހުންނަށް އުނދަގުވާ ފަދަ ތަކެތި މަގުމަތިން އެއްކިބާ ކުރުމެވެ. އަދި ލަދުވެތިކަމަކީ އީމާންކަމުގެ ބައެކެވެ."[4]
ލަދުވެތިވުމުގެ ތެރޭގައި ތިމާމެންގެ ޢައުރަ ނިވާ ކުރުން ހިމެނެ އެވެ. ފަހެ ފޭރާން އެޅުމަށް ކީރިތި ޤުރްއާނުގައި އަންގަވާފައި ވެ އެވެ. ﷲ ތަޢާލާ ވަޙީކުރެއްވި އެވެ.
يَا بَنِي آدَمَ قَدْ أَنْزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْآتِكُمْ وَرِيشًا ۖ وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ ۚ ذَٰلِكَ مِنْ آيَاتِ اللَّهِ لَعَلَّهُمْ يَذَّكَّرُونَ " މާނައަކީ "އޭ آدم ގެ ދަރިންނޭވެ! ތިޔަބައިމީހުންގެ عورة ތައް ނިވައިކުރަނިވިހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި تقوى ގެ ފޭރާން މާހެޔޮކަން ބޮޑެވެ.
އެކަންތައްތައްވަނީ، اللَّه ގެ آية ތަކުގެ ތެރެއިންނެވެ. (އެއީ) އެއުރެން ހަނދުމަ ކުރުމަށްޓަކައެވެ." [5] އެހެން އާޔަތެއްގައި ވަޙީކުރެއްވި އެވެ.
قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ "مؤمن ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، طاهر ކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." [6]
[1] . (رواه أحمد وصححه الألباني في " السلسلة الصحيحة " برقم (45)
[2] . متفق عليه
[3] . متفق عليه
[4] . رواه مسلم
[5] . الأعراف: 26
[6] . النور:30

ކިޔުންތެރިންގެ ހިޔާލު